އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ހަ މީހަން ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ހަ މީހަން ހޯދަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާ ހަ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދަން މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

 މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ، ޚަރީފީގެ، މުޙައްމަދު ނަޖްމީ (41އ) އާއި ބ. އޭދަފުށި، ނާދީ، މަޢުރޫފް ޢަލީ (35އ) އާއި ގދ .ތިނަދޫ، މިނާ، އިސްމާޢީލް ސިމާޙް ޖަލީލް (34އ) އާއި ގއ. ނިލަންދޫ،ފިނިހިޔާވިލާ، މުޙައްމަދު ވަޙީދު (46އ) އާއި ގދ. ތިނަދޫ، ސަންގަމް، ޢަހްމަދު ޖަލީލް (37އ) އާއި ގ. ސިކަންދަރުހިޔާ، މުޙައްމަދު ޝަރީފް (55އ)އެވެ.

މިމީހުންގެ ތެރެއިން މުޙައްމަދު ނަޖްމީ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ނޮވެމްބަރު 18ވަނަ ދުވަހުގެ 09:15ށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

މަޢުރޫފް ޢަލީ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާހޯދުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ނޮވެމްބަރު 18ވަނަ ދުވަހުގެ 11:15ށް ސިވިލް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

އިސްމާޢީލް ސިމާޙް ޖަލީލް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ނޮވެމްބަރު 18ވަނަ ދުވަހުގެ 11:40ށް ސިވިލް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

 މުޙައްމަދު ވަޙީދު އާއި  އަޙްމަދު ޖަލީލް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބައިތިއްބައިގެން ނޮވެމްބަރު 18ވަނަ ދުވަހުގެ 13:00ށް ސިވިލް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

މުޙައްމަދު ޝަރީފް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ނޮވެމްބަރު 18ވަނަ ދުވަހުގެ 13:30ށް ސިވިލް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ  މި ހަ މީހުންނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442ށް ގުޅާ ހިއްސާކުރުމަށް އެދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ