އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޑރ. މުޢިއްޒު އަނިޔާވެރިވެވަޑައިގެންފިކަމަށް ބުނެ ދޮގުހަދަނީ ރައްޔިތުންނަށް އަނިޔާވެރިވީ މީހުން، އެމީހުންނަށް އިންޞާފުގެ ކުރިމައްޗަށް ދާންޖެހިދާނެތީ: ރެޑްވޭވް ސަލީމް

ރައީސް ޑރ. މުޢިއްޒު އަނިޔާވެރިވެވަޑައިގެންފިކަމަށް ބުނެ ދޮގުހަދަނީ ރައްޔިތުންނަށް އަނިޔާވެރިވީ މީހުން، އެމީހުންނަށް އިންޞާފުގެ ކުރިމައްޗަށް ދާންޖެހިދާނެތީ: ރެޑްވޭވް ސަލީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 15 ސިކުންތު

އާދެ، އަޅުގަނޑުމެންނަށް ބައެއް ފަރާތްތަކުން އިދިކޮޅު ފަރާތްތަކުން އެބައާދެ ބައެއްބަސްތައް އަޅުގަނޑުމެންގެ ރައީސުލް ޖުމްޙޫރިއްޔާ އަނިޔާވެރި ވެއްޖޭ. ކޮން އަނިޔާއެއްތޯ ވީ؟ މިވީ 4 މަސްދުވަހު ތެރޭގަ ކޮން އަނިޔާއެއްތޯވީ؟ ކޮން އަނިޔާއެއްތޯ ކުރީ؟ ކޯންޗެއްތޯއޭ ތަފްޞީލް ދެއްވަބަލާ. ހަމަ އެހެން ކިޔަނީ. މިއިން އެނގޭ އެއްޗަކީ ތިމާ މީހުން އނިޔާވެރިވެފަ ހުރީމާ، އޭގެ ބަދަލު ކޮންމެސްވަރަކަށް އަތުވެދާނެތީ، އޭގެ ބިރުން އެކަމަށްޓަކާ ކުރިން އެވާހަކަ މި ދައްކަން މިފަށަނީ. އަނިޔާވެރިންނަށް ޙަޤީގަތުގަ އޮތީ އަނިޔާ. އެހެން އެއްޗެއް ނެތް.  

ޢުމަރުގެފާނު ޚަލީފާކަމުގައި އެކަލޭގެފާނު ދެއްވި ކުޑަކުޑަ ތަޤްރީރުގައި ޢުމަރުގެފާނު، އެކަލޭގެފާނަށް ދެން ޚަލީފާކަން ލިބުނީމާ ބައެއް ބޭފުޅުން ވިދާޅުވަނީ ވަރަށް ހަރުކަށި ބޭފުޅެކޭ، ވަރަށް އަނިޔާވެރި ވާނެއޭ، އަނެކައްޗެކޭ، މިކަހަލަ ވާހަކަތައްފެތުރެންހެދީމަ އަކަލޭގެފާނު ދެއްވި އެންމެ ފުރަތަމަ ތަޤްރީރުގައި ޚަލީފާކަމާއި ހަވާލުވެގެން ވަރަށް ކުޑަކުޑަ ވާހަކައެއް ވިދާޅުވީ، ތިމަން ކަލޭގެފާނު އަނިޔާ ކުރާ ހުށީމޭ އަނިޔަވެރިންނަށް. ވައަތުކޮޅު ބިމުގައި ޖައްސަވާ ބަހައްޓާފަ ކަނައަތުކޮޅު މައްޗަށް ފައިން އަރާހުރި. މިއީ ކަންހިނގަން ޖެހޭނެގޮތް. އަނިޔާވެރިންނަށް އޮތީ ހާޤީގަތުގަ އަނިޔާ. އެޔަކަށް ނުކިޔާނެ އަނިޔާއެކޭ، އެއީ ޙައްޤު. 

އެހެންވީމާ، މިކަމަށްޓަކާ ދޮގު ތުހުމަތުތައް ޢިއްޒަތްތެރި ރައީސުލް ޖުމްޙޫރިއްޔާގެ އިސްތަށިފުޅުގަ، އިދިކޮޅު ފަރާތްތަކުން މި އަޅުވަމުންދަނީ، މި މިހުން ކޮށްފަ ހުރި ނުބައި ކަންތައްތަކާއި ނުބައި ޖަރީމާތައް ފޫބެއްދުމަށްޓަކާ. އެކަމެއް އެހެންނެއް ނުކުރެވޭނެ. ކުންފުނިތައް އޮތީ ދަވާލާފަ. ކުންފުނިތައް އޮތީ ދަވާލާފަ، ކުންފުނިތަކަށް ހަމައެކަނި (ނުވަބިލިޔަން ރުފިޔާ) އެބަޖެހޭ އެކިއެކި ފަރާތްތަކުން ކުންފުނިތަކުން ދައްކަން. އިންފޯ ދައްކާށޭ. ހުރީ މަސެއްކަތްތައް ހުއްޓިފައޭ. މަސެއްކަތްތައް މިސަރުކާރަކުން ނޫން ހުއްޓާލިއްޔަކީއެއް. ރައީސުލް ޖުމްޙޫރިއްޔާ އެ ތަފްޞީލް ވަރަށް ތަފްޞީލްކޮށް ދެއްވައިފި. އަޅުގަނޑުމެން އެބަޖެހޭ މި ވާހަކަތއް މެދު ނުކެނޑި ރައްޔިތުންނަށް ހާމަ ކޮށްދޭން. 

އަޅުގަނޑުމެން ކެމްޕެއިނުގަ ރަށްރަށަށް ދަތުރު ކުރިއިރުގައި، ހުރިހާ މަޝްރޫއުތަކެއް ކަހަލަގޮތަކަށް ހުރީ ރާއްޖެތެރޭގަ ހުއްޓިފަ. ގާތްގަނޑަކަށް ހުރިހާ މާޝްރޫޢުތަކެއް. ކޮންމެ ރަށަކަށް ދިޔަޔަސްބުނީ 2019 ވަނަ އަހަރުގަ،2021 ވަނަ އަހަރުގަ، 2020 ވަނަ އަހަރުގަ ފެށި މަސައްކަތްތަކޭ، މިހާރު މިހުރީ ހުއްޓިފައޭ. މަގުތައް ހުރީ ހަލާކުކޮށްލާފަ، އެއިން މަގަކުން ދަތުރު ކުރެވޭކަށް ނެތް. ހުރިހާމަގެއްވަނީ ކުރިއަށްވުރެން ޙާލަތު ގޯސްކޮށްލާފަ. މީ ކީއްވެގެން. މަސައްކަތެއް ފަށާފަ އެ މަސެއްކަތް ނުނިންމަ މީ ކުރަމުން ގެންދިއުމުގެ ނަތީޖާއަކީ، ރާއްޖޭގެ ހުރިހާ ރަށެއްގެ މަޤުތަކާއި، ހުރިހާ ތަނެއް ހުރީ ހަލާކު ކޮށްލާފަ. ހަމަ ނަމެއްގަ ފަށާފައޮތީ، މަސެއްކަތެއް ކުރިއަކަށްނުދޭ. އެނެއްކަ އެހެން ހަވާލުކުރަމުން ތިން ހަތަރު ބައި މީހުންނާ ހުރީ ހަވާލުކޮށްފަ. 

އެ ހަވާލު ކުރުމުގެ ނަތީޖާއަކީ އެތަނަށް ދާންޖެހޭ ޚަރަދުގެ ތިންގުނަ، ހަތަރުގުނަ ޚަރަދު ދަޢުލަތުގެ ބަޖެޓުން ދިއުން. މީ ޙަޤީގަތުގައި ހަމަ ރާވައިގެން ހިންގި ބޮޑު ވައްކަމެއް. 

އަޅުގަނޑު ރައީސުލް ޖުމްޙޫރިއްޔާއަށް ދެންނެވިން ސަރުކާރާ ހަވާލުވުމުގެ ކުރިންވެސް އަޅުގަނޑުމެން ޖެހޭނެއޭ މި ތަފްޞީލްތައް ރައްޔިތުންނަށް ވަރަށް ސާފުކޮށް ހާމަ ކޮށްދޭން. މި ކޮށްފަހުރި ވައްކަންތަކާ، މި ކޮށްފަހުރި ނުބައި ޢަމަލްތައް އަޅުގަނޑުމެން ރައްޔިތުންނަށް ހާމަކޮށްދީފާ ނޫނީ އަޅުގަނޑުމެން ނުޖެހޭނެއޭ، ހަވާލުވެގެން ނުވާނެއޭ ސަރުކާރަކާ. އެހެންނަމަވެސް، އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް މީހުން ފަޞީހަތް ކުރުމުގެ ކަންތައްތައް އެމަނިކުފާނު އެކަން ނުކުރުމަށްޓަކައި، އެމަނިކުފާނު ނިންމެވީ އަދި އެހާ އަވަހަށް އެކަންތައްތަކާއިގެން ކުރިއަށް ނުދާން. 

އެހެންނަމަވެސް، އަޅުގަނޑުމެންގެ ބޮލުގަ އެކަން އަޅުވާ ހިސާބުންފެށިގެން ދެން އަޅުގަނޑުމެންނަށް ޖެހޭނީ އެޔަށް ޖަވާބުދާރީވާން. އެހިސާބުންފެށިގެން ރައްޔިތުންނަށް ރައީސުލް ޖުމްޙޫރިއްޔާ އެބަޖެހޭ ޙަޤީގަތުގައި ކަންހިނގާ ގޮތްގޮތް ހާމަކޮށްދޭން. އޭގެ ނަތީޖާއެއްގެ ގޮތުން ދާދިފަހުން އިހަކަށްރެއަކު ބޭއްވި ޖަލްސާއެއްގަ އެމަނިކުފާނު ވަނީ ވަރަށް ގިނަ ތަފްޞީލްތައް ދެއްވާފަ. އަދި އެޔަށްވުރެ މާގިނަ ވައްކަންތަކާއި، ހިންގާފަހުރި ޖަރީމާތައް ވަރަށްބޮޑު، ވަރަށްބޮޑު.

މީޙުން ފަޞީޙަތް ނުކުރުމަށް އެމަނިކުފާނު އެ ވިސްނިވިސްނުން، އެމަނިކުފާނަކީ ޢިލްމުވެރިއެއްގެ ދަރިއެއް، އަނބިކަނބަލުންނަކީ، އަޅުގަނޑުމެން މެޑަމް އަކީ ޢިލްމުވެރިއެއްގެ ދަރިކަނބަލެއް. އެބޭފުޅުން މަސެއްކަތްޕުޅު ކުރެއްވީ ވީހާވެސް ބޮޑަށް މީހުން ފަޞީހަތް ނުކޮށް މިކަން ކުރިއަށް ގެންދެވޭނެ ގޮތަކަށް. މީޙުން ފަޞީޙަތްކުރުމާ ބެހޭގޮތުންވެސް އަޅުގަނޑު ކުޑައެއްޗެއް ދަންނަވާލާނަން ތާރީޚުން. 

މޫސާޢަލައިހިއް ސަލާމް އެކަލޭގެފާނު ވާރޭ ނުވެހިގެން ވާރޭ ވެހުމަށްއެދި ދުޢާ ކުރެއްވި. ދުޢާކުރެއްވިއިރުގަ ކޮންމެއަކަސް ވާރެއެއް ނުވެހުނު. ރަސޫލުބޭކަލަކު ދުޢާ ކުރެއްވީމާ ވާރެ ނުވެހުމަކީ އެއީ ވެގެން ވާނެ ގޮތެއް ނޫން. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދެންނެވީ، ކިހިނެއްތޯއޭ މިވީ؟ މާތްﷲ ވަޙީބާވައިލެއްވީ، ތިތަނުގަ އެބައިނޭ 40 އަހަރުވަންދެން ތިމަން ﷲ އަށް މުގުފުރެދިފަ އުރެދިފަ ހުރި މީހަކު، އެހެންވެގެންނޭ. އެމީހާ އެތަނުން ނެރޭށޭ. ކޮންމެއަކަސް ކަންތައް ބޮޑުވެއްޖެ. މީހަކު މާބޮޑަކަށް ދެނެގަންނާކަށް ނޭންގޭނެތާ، އެމީހާއަށްވެސް އެމީހާ އަމިއްލައަށް ނުކުންނާކަށް ނުކެރޭނެ. އެޙާލަތުގަ މިއޮތީ. އެހެން އޮއްވާ ކުޑައިރުކޮޅެއްނުވެ ވާރޭ ވެހެން ފަށައިފި. ފެށުމާއެކީގަ މޫސާޢަލައިހިއްސަލާމް މި ދަންނަވަނީ ﷲ ގެ ޙަޟްރަތުގައި ކިހިނެއްހޭ މިވީ؟ ﷲ ވަޙީކުރައްވަނީ މިހާރު އެމީހަކު ތަޢުބާ ވެއްޖެއޭ. ދެން މޫސާ ޢަލައިހިއް ސަލާމް މި ދަންނަވަނީ އެމީހަކު ތިމަންކަލޭގެފާނަށް އަންގާލަދެއްވާށޭ. ވާޙީކުރައްވަނީ އެކަން އެގޮތަކަށް ވާންނެތޭ، އެއީ ﷲގެ ޙަޟްރަތުގައި އެކަން އޮތްގޮތް ނޫންކަމަށް. ދެވަހަނަ ފަހަރަށްވެސް މޫސާގެފާނަކީ ތަކުރާރުކޮށް ކަންކަމުގެ ވާހަކަ ދަންނަވާ ބޭކަލެއް. އެހެންމަ ދެވަނަ ފަހަރަށްވެސް ތަކުރާރުކޮށް ހަމަ ދެންނެވީ ހަމައެކަނި ގިނިކަންޏާ ތިމަންކަލޭގެފާނަށް އެކަން އަންގަވާލަދެއްވާށޭ. އެހެންނަމަވެސް މިއަށް މީތްﷲ ވަޙީކުރެއްވީ ތިޔަކީ ތިމަން ﷲގެ ޙަޟްރަތުގައި ލިޔެވިފައި އޮތްގޮތް ނޫންކަމަށް. މިއިން އަޅުގަނޑުމެންނަށް ދޭހަވެގެންދަނީ މީހުން ފަޟީޙަތް ކުރުމަކީ އަޅުގަނޑުމެންނަށް އެ އޮތްކަމެއް ނޫންކަމަށް. އެހެންނަމަވެސް އެހާލަތަށް ދިޔާމާ، އަނިޔާވެރިންގެ ޢަމަލްތައް ހުންނަގޮތުން، އަނިޔާވެރިންގެ ޢަމަލްތައް ބޭޒާރު ކުރައްވާނެކަމަށް މާތްﷲ ވަނީ އަންގަވާފަ.

 

- އަހްމަދު ސަލީމްގެ ވާހަކަފުޅުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް