އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނިޔާވެރިކަން ބޮޑުވުމުން ގޮތްހުސްވެ، ކަންބޮޑުވެ އެންމެ ގިނަބައަކަށް ސްޓްރޯކް ޖެހުނީ މިދިއަ 5 އަހަރު: ރެޑްވޭވް ސަލީމް

އަނިޔާވެރިކަން ބޮޑުވުމުން ގޮތްހުސްވެ، ކަންބޮޑުވެ އެންމެ ގިނަބައަކަށް ސްޓްރޯކް ޖެހުނީ މިދިއަ 5 އަހަރު: ރެޑްވޭވް ސަލީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 30 ސިކުންތު

އެހެންވީމާ، އަޅުގަނޑުމެންނަށް އަނިޔާވެރިޔޭ ކިޔައިގެން މިދައްކާ މީހުންގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅާ ދިޔުމުގެ ނަތީޖާއަކީ، އަޅުގަނޑުމެން މިދިޔަ 5 އަހަރުގެތެރޭގައި  ރާއްޖޭގައި ޙަޤީގަތުގައި ބުނާނަމަ އެންމެ ގިނަ ސްޓްރޯކް ޖެހިފަ ހުރީ މިދިޔަ 5 އަހަރުގެތެރޭގަ، އަޅުގަނޑު ބަލައިލިއިރު. އެންމެ ގިނަ ސްޓްރޯކް. ނަފްސާނީގޮތުން ރާއްޖޭގެ ދެބައިކުޅަ އެއްބައި މިހުން ތިބީ މިހާރު ނަފްސާނީ ބަލީގައޭ ބުންޏަސް ދޮގަކަށް ނުވާނެ. ނަތީޖާއަކީ ކޮބައިތޯ؟ ޙަޤީގަތުގައި މިދިޔަ 5 އަހަރުގެ ތެރޭގައި ރައްޔިތުންނަށް ދެއްކިބިރާ، އަނެއްކަ ރައްޔިތުންކުރި ނިކަމެތި ޙާލަތަށް ވިސްނާފަ އެމީހުން އެ ނިކަމެތި ވެގެން ދިޔުމުގެ ނަތީޖާއަކީ ދިރިއުޅުމަށް އަންނަ ކަންތައްތަކާ އެހެން ކަންތައްތަކާ ހުރެ ނަފްޞާނީ ގޮތުން މީހުން ބަލިކަށިވެގެން ދަނީ. 

އޭގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަށް މި ފެންނަނީ މިއަދު އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލް ޖުމްޙޫރިއްޔާ މެންޓަލް ހެލްތް ކެއަރ ހޮސްޕިޓަލެއް ހުޅުވުމުގެ ވާހަކަ މިހާރުވަނީ އިޢުލާނު ކުރައްވާފަ. އެކަންވެސް މި ކުރަން ޖެހުނީ އަޅުގަނޑުމެންނަށް. އެހެންވީމަ އިރާދަކުރެއްވިއްޔާ މާތް ﷲގެ ރަޙްމަތްފުޅާ އެކީގައި މާ ލަސްތަކެއް ނުވެ ރާއްޖޭގަ ތިބި މިފަދަ އެންމެންނަށް ފަރުވާދެވޭނެ އިންތިޒާމްވެސް ހަމަޖެހިގެން ދާނެ.  

ދެން، އަޅުގަނޑުމެން ދަންނަވާލަން އޮތީ ރާއްޖޭގަ އަޅުގަނޑުމެން މަޝްރޫއުތަކެއް، މިދިޔަ 4 މަސްދުވަހު ތެރޭގައި އެއްވެސް ކަމެއް ނުހިންގައޭ ބައެއް ބޭބޭފުޅުން އެބަ ވިދާޅުވޭ. ބައެއް ބޭފުޅުންނެއްނޫން، އިދިކޮޅު ފަރާތްތަކުންނާއި ދެން އަޅުގަނޑުމެންގެ ތެރޭގަތިބި ބައެއް އަޅުގަނޑުމެންނާ މިހާރު އިދިކޮޅު ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުން އަޅުގަނޑުމެންނަށް އިނގިގެންދަނީ ކޮބއިތޯ އޭގެ ޙަޤީގަތަކީ؟ އިހަށްރޭ ވަރަށް ތަފްޞީލްކޮށް ރައީސުލް ޖުމްޙޫރިއްޔާ އެވާހަކަ ވިދާޅުވެއްޖެ.  

ވިސްނާބަލާ، އަޅުގަނޑުމީ އެންމެ ފުރަތަމަ ސަރުކާރާ ހަވާލުވުމުގެ ކުރިން ރައީސުލް ޖުމްޙޫރިއްޔާއަށް އަޅުގަނޑު ދެންނެވިން ފައިސާ ޗާޕު ކުރައްވާށޭ. ޤައުމުގެ ޙާލަތު އޮތީ ވަރަށް ގޯސްކޮންނޭ، ފައިސާ ޗާޕުކުރައްވާށޭ. އެހެންނަމަވެސް އެމަނިކުފާނު އޭގާވެސް ވިދާޅުވީ ތިމަން މަނިކުފާނު ވެފައޮތް ވަޢުދު ފުއްދުމަށްޓަކައި ތިމަންމަނިކުފާނު ފައިސާ ޗާޕެއް ނުކުރައްވާނަމޭ. އެމަނިކުފާނު އެ މަސެއްކަތްޕުޅު ކުރެއްވީ ކޮންކަމަކާތޯ؟ މުޅި ރައްޔިތުންގެ ޙައްޤުގަ. މަނިކުފާނަށްވެސް ވަރަށް ފަސޭހަފުޅޭ ފައިސާ ޗާޕުކޮށްލައިގެން ހުރިހާ ބިލްތައް ދައްކާލަން. އެހެން ނަމަވެސް އެމަނިކުފާނު މަސެއްކަތްޕުޅު ކުރެއްވީ މުޅި ޤައުމުގެ ޙައްޤުގަ. މުޅި ރައްޔިތުންގެ ޙައްޤުގަ. އެކަން ހުއްޓާލުމުގެ ނަތީޖާއަކީ ޑޮލަރުގެ އަގު މިހާރު 50 ލާރި، 60 ލާރި، 70 ލާރި އަށް ތިރިވެގެން ހިނގައްޖެ. އިރާދުކުރެއްވިއްޔާ މާތް ﷲ ގެ ރަޙްމަތްފުޅާ އެކީގަ، މިދާގޮތަށް ރައީސްގެ ހިތްވަރާ އެކީގައި ތި މަސެއްކަތްޕުޅު ކުރައްވާ ކަމަށްވަންޏާ ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު ހަމަ އަގަށް އަންނާނެކަމީ ޝައްކެއް ހުރި ކަމެއް ނޫން.

އަޅުގަނޑު މަނިކުފާނު ތިކުރައްވާ މިބާވަތުގެ ހިތްވަރާއެކީ ތިޔަ ކުރައްވާ މަސައްކަތްތަކަށް ހަމަ އައްސަރިބަހާ ސާބަސް ދަންނަވަން. މަޝްރޫއުތައް އެބަ ހިނގާ. ކުރިއަށް އޮތްތަނުގަ އަދި މާބޮޑަށް ހިނގާނެ. ރާއްޖޭގެ ރައްޔިތުން ހިތްހަމަ ޖެހޭވަރަށް ރާއްޖޭގެ ހުރިހާ ދިމާއެއްގައި މަޝްރޫއުތައް ހިނގާނެ. އެއަކީ ޝައްކެއް ހުރިކަމެއް ނޫން. އަޅުގަނޑުމެން ރައީސުލް ޖުމްޙޫރިއްޔާއާ އެކީގައި މި ހޭދަކޮށްލި މަދު ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ރައީސުލް ޖުމްޙޫރިއްޔާ ޤައުމަށްޓަކާ އެމަނިކުފާނުގެ ކިބައިގައި ހުރި އިޚްލާސްތެރިކަން ހުދު އަޅުގަނޑަށް ވަނީ ތަޖުރިބާ ކުރެވިފަ. ވެރިއެއްގެ ކިބައިން ފެންނަންވާ ހުރިހާކަމެއް އެމަނިކުފާނު ކިބައިން ދަނީ ފެންނަމުން.

 

- އަހްމަދު ސަލީމްގެ ވާހަކަފުޅުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް