އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިސަރުކާރުން އެއްވެސް ފަރާތަކަށް ބަދަލުގެގޮތުގައި ފައިސާ ދޫކުރުމަށް ނިންމާފައިނުވާކަމަށް މާލީ ވަޒީރު ވިދާޅުވެއްޖެ

މިސަރުކާރުން އެއްވެސް ފަރާތަކަށް ބަދަލުގެގޮތުގައި ފައިސާ ދޫކުރުމަށް ނިންމާފައިނުވާކަމަށް މާލީ ވަޒީރު ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

މިސަރުކާރުން އަލަށް އެއްވެސް ފަރާތަކަށް ބަދަލުގެގޮތުގައި ފައިސާ ދޫކުރުމަށް ނިންމާފައިނުވާކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ، މިސަރުކާރު އައިސް ސެޓްލްމަންޓް ކޮމެޓީ އުވާލި ފަހުން އެއްވެސް އައު ބަޔަކަށް ބަދަލު ދީފައިނުވާނެކަމަށާއި މިހާރު ބަދަލު ދެމުން އަންނަނީ، ކުރީ ސަރުކާރުގެ ސެޓުލްމެންޓް ކޮމިޓީން ބައެއް ޕޭމެންޓްތައް ދޫކޮށްފައި ހުރި ފަރާތްތަކަށް ކަމަށެވެ.

އެފަރާތްތަކަށް އެ ފައިސާ ދެމުން އަންނަނީ، އެ ފައިސާ ނުދީފިނަމަ ނުވަތަ ލަސްކޮށްފި އިތުރު ޖޫރިމަނާތަކެއް ދައްކަން ޖެހޭގޮތަށް ހުރި އެއްބަސްވުންތަކަށް ކަމަށާއި މިފަރާތްތަކަށް ބަދަލުދެމުން ދަނީ ބަންޑާރަ ނައިބުގެ ލަފާގެ މަތިންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ބަދަލުގެ ގޮތުގައި ގިނަ ފަރާތްތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާ ދޫކޮށްފައިވާކަން މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް