އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަކްބީރުގެ އަޑުން މާލެ ފުރާލުން!- އެއްވެސް ވެރިކަމެއްގަ ރައްޔިތުންނަށް މިހާތަނަށް ފެނުނު ކަމެއް ނޫން!

ތަކްބީރުގެ އަޑުން މާލެ ފުރާލުން!- އެއްވެސް ވެރިކަމެއްގަ ރައްޔިތުންނަށް މިހާތަނަށް ފެނުނު ކަމެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

މިއަަހަރުގެ ބަރަކާތްތެރި ފިޠުރު ޢީދު މިވަނީ ރައްޔިތުން ސިއްސުވާލައިފައެވެ. އަޑުގަދަވުމަކުން ނޫނެވެ. އަޑު މަޑުނަމަވެސް މާލޭގެ އެކި ސަރަޙައްދުތަކުން ޢީދުވިލޭރެއިން ފެށިގެން އިވެމުން އައި ތަކްބީރުގެ އަޑުންނެވެ. މިއީ ހަމަޤައިމުވެސް ފާއިތުވި 60 އަހަރު ފެނިފައިވާ ކަމެއް ނޫނެވެ. 

ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ 4 ވަރަކަށް މަސްދުވަސްތެރޭގައި އައި މިޢީދުގައި މިފަދަ ކަމެއް ފެނިގެންދިއުމުން ޤަބޫލުކުރަންޖެހޭނީ ކުރިއަށް އޮތްތަނުގައި މިއަށްވުރެ މާފުރިހަމައަށް އިންތިޒާމުކުރެވިގެން މާފުރިހަމައަށް މިފަދަ ކަންކަން ސަރުކާރުން ކުރައްވާނެކަމެވެ. 

ނިމިގެން ދިއަ 5 އަހަރުގެ ވެރިކަމުގައި އިސްލާމް ދީން މަތިވެރިކުރުމާއި އިސްލާމީ ތަރުބިއްޔަތު ދަރިންނަށް ދިނުމުގެ ވާހަކަތަކުގެ އަޑު ވަރަށް ގިނައިން އިވުނެވެ. ނަމަވެސް 5 އަހަރުފާއިތުވެގެންދިއައިރުވެސް ޢަމަލީ ގޮތުން އެއިން އެއްވެސް ތަންފީޒުކުރަން އެއްވެސް ކަމެއް ނުކުރެއެވެ. އަދި އެވާހަކަތައް ވެފައި އޮތީ އިސްލާމް ދީން ބަލިކަށިކޮށް ނިކަމެތިކުރަން ސަރުކާރުން ކުރި ނުބައި ޢަމަލުތަކުގެ މަތިއަޅައި ފޮރުވަން ދެއްކި ވާހަކަތަކަކަށެވެ. 

ﷲ ތަޢާލާއަށާއި އެކަލާނގެ ދީނަށް ނަޞްރުދޭ ވެރިއަކަށް ﷲ ތަޢާލާ ނަޞްރުދެއްވަވާނެތެވެ. އިން ޝާ ﷲ. ރައްޔިތުންނަށް އޮތީ އެފަދަ ވެރިންނަށް ނަޞްރުދިނުމެވެ. ހިތުގެ އެންމެ އަޑިން ޝުކުރުވެރިވުމެވެ. ވެރިކަމަށް ފުރިހަމައަށް އެއްބާރުލުންދިނުމެވެ. އެގޮތުން އަންނަ މަޖިލިސް އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ވޯޓުދިނުމަކީ ރާއްޖޭގައި އިސްލާމް ދީން މަތިވެރިކުރަން ދެވޭނެ އެންމެ ބޮޑު އެއްބާރުލުންކަމުގައި ޤަބޫލުކުރަން މިވަނީ ޖެހިފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު