އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފ. އަތޮޅު ހޮސްޕިޓަލްގެ މަސައްކަތް މިއަހަރު ފަށާނަން: ހެލްތް މިނިސްޓަރު

ފ. އަތޮޅު ހޮސްޕިޓަލްގެ މަސައްކަތް މިއަހަރު ފަށާނަން: ހެލްތް މިނިސްޓަރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ފ. އަތޮޅު ހޮސްޕިޓަލްގެ މަސައްކަތް މިއަހަރު ފަށާނެކަމަށް ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ރަށުގެ ސިއްހީ ނިޒާމު، ތަރައްޤީ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އެގޮތުން އައު އިމާރާތް އެޅުމަށް ސޮއިކޮށްފައިވާ ކަމަށާއި ޑިޒައިން ކުރުމާއި ޤާއިމުކުރަންޖެހޭ ހިދުމަތްތަކުގެ މަސައްކަތުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި އެ ހޮސްޕިޓަލްގެ މަސައްކަތް ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަތޮޅު ވެރިކަން ކުރާ ހުރިހާ ރަށެއްގައި ޑަޔަލިސިސް ޚިދުމަތް ފެށުމަށް އަދުގެ ސަރުކާރުން ނިންމަވާފައިވާ ނިންމެވުމާއެއްގޮތަށް އަވަސް މުސްތަގުބަލެއްގައި ނިލަންދޫގައި ވެސް އެޚިދުމަތް ފެށިގެންދާނެކަމަށާއި ހޮސްޕިޓަލުގެ އައު އިމާރާތާއެކު ޚިދުމަތްދޭ އެނދުގެ އަދަދު އިތުރު ކުރެވިގެންދާނެކަމަށެވެ.

"ރައީސް މި އަތޮޅުގެ ރައްޔިތުންނާމެދު އޮތް ލޯބި ފެނޭ، ރާއްޖޭގެ ސިއްހީ ނިޒާމުގައި ރައީސް އެންމެ ބޮޑަށް އިސްކަން ދެއްވަނީ ޕްރައިމަރީ ހެލްތް ކެއަރގެ ނިޒާމު ހަރުދަނާ ކުރެއްވުމަށް، 10 އަތޮޅެއްގައި ރައީސް ވަނީ އެކަން ނިންމާފައި، ދެވަނަ މަރުހަލާގެ މަސައްކަތް މިހާރު ޏ. ފުވައްމުލަކުގައި ފަށާފައި" ވަޒީރު ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު