އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދެއްކެނީ އާދައިގެ ވާހަކައެއް ނޫން! އދ ވެސް ބުނަނީ 3 ވަނަ ބޮޑުހަނގުރާމަ ފެށިދާނެކަމުގެ ބިރު ބޮޑުވާކަމަށް!

މިދެއްކެނީ އާދައިގެ ވާހަކައެއް ނޫން! އދ ވެސް ބުނަނީ 3 ވަނަ ބޮޑުހަނގުރާމަ ފެށިދާނެކަމުގެ ބިރު ބޮޑުވާކަމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

އީރާނަށް އެކި ގޮތްގޮތުން ޔަހޫދީން ދެމުން ގެންދާ ޙަމަލާތަކާއި ސީރިޔާގައި ހުންނަ އީރާނުގެ އެމްބަސީއަށް ޔަހޫދީން ހަމަލާދީ 12 މީހުން މަރާލުމާއި ގުޅިގެން ރައްދުގައި އީރާނުން އިޒްރޭލަށް ފޮނުވާލި 300 ޑްރޯނުގެ މައްސަލައިގައި އދ އިން ބުނެފައިވަނީ 3 ވަނަ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވަމުން އަންނަ ކަމަށެވެ. ހަނގުރާމަތައް ފެށޭ ގޮތާއި ނިމިގެންދާގޮތާއި އެކަމުން ނުކުންނަ ނަތީޖާތައް އެންމެންނަށްވެސް އެނގޭކަމަށެވެ.  

އދގެ މިބަސްތަކުން އެނގިގެންދަނީ 3 ވަނަ ބޮޑުހަނގުރާމައެއް ފެށުމުގެ ކޮޅުމަތި ފެންނަމުން އަންނަ ކަމަށެވެ. މަޝްރަޙް މިހާރު ބަދަލުވަމުން މިދަނީ 3 ވަނަ ބޮޑު ހަނގުރާމައެއް ފެށުމާއި ދިމާއަށް ކަމެވެ. އަދި 3 ވަނަ ބޮޑު ހަނގުރާމައެއް ފެށިއްޖެނަމަ 2 ވަނަ ބޮޑުހަނގުރާމައިން ލިބުނު ގެއްލުންތަކަށްވުރެ މާބޮޑެތި ގެއްލުންތައް ދުނިޔެއަށް ލިބިގެންދާނެ ކަމެވެ. 

ކޮންމެ ގޮތަކަށް ވާހަކަތައް ހުރިނަމަވެސް އެނގިގެންދަނީ އެމެރިކާގެ އެހީތެރިކަމާއިއެކު ޔަހޫދީން ކުރިއަށް ގެންދާ ޢުދުވާނީ ޓެރަރިސްޓް ޙަމަލާތައް ހުއްޓުވަން ކުރެވޭނެ އެއްވެސް ކަމެއް އދއަށް ނެތްކަމެވެ. މާނައަކީ ޓެރަރިސްޓް ހަމަލާތައް ދިގުލައި ގޮސް 3 ވަނަ ބޮޑު ހަނގުރާމައަކަށް ބަދަލުވުން ހުއްޓުވަން އދ ގެ އެއްވެސް ބާރެއް ނެތްކަމެވެ.  

ރޭގެ ޙަމަލާތަކާއި ގުޅިގެން ހައްދަުފަހަނައަޅާފައިވާ ޔަހޫދީން ބުނަނީ މާބޮޑު ގެއްލުމެއް ނުލިބޭކަމަށެވެ. ނަމަވެސް ލިބުނު ގެއްލުން ހާމަކުރަން ވަނީ ނުކުޅެދިފައެވެ.  

އީރާނުން ދިން ޙަމަލާތަކާއި ގުޅިގެން އެންމެ ބޮޑަށް ލަދުގަންނަން ޖެހެނީ ސަޢުދިޢަރަބިޔާ އާއި މިޞްރުން ބުނާ ބަހަށެވެ. އަދިވެސް ޙައްލު ހޯދޭނީ ސިޔާސީ ގޮތުން ކަމަށް ބުނާތީއެވެ. ފާއިތުވި 5 މަސްދުވަހު ކުރެވުނު މަސައްކަތްތަކުން އެއްވެސް ޙައްލެއް ނުލިބުނުތަނުގައި ޔަހޫދީންގެ ޙަމަލާތައް އިތުރަށް ފުޅައުކޮށް ވަރުގަދަކުރަމުން އަންނައިރު ސިޔާސީ ޙައްލެއްގެ ވާހަކަ ދެއްކުން މިހާރު މިވަނީ ލަދުވެތި ކަމަކަށްވެފައިކަން ޤަބޫލުކުރަން ޖެހެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް