އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލައިސަންސް ޚިދުމަތުގެ ފީ ކައުންސިލްތަކުން ބަލައިގަންނަ ގޮތަށް ހަދަނީ

ލައިސަންސް ޚިދުމަތުގެ ފީ ކައުންސިލްތަކުން ބަލައިގަންނަ ގޮތަށް ހަދަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ލައިސަންސް ދޫކުރުމުގެ ޚިދުމަތުންނަގާ އިދާރީ ފީ ސީދާ ކައުންސިލްތަކަށް ލިބޭގޮތަށް ސަރުކާރުން ނިންމަވައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރަށްރަށުގެ ކައުންސިލުތައް މެދުވެރިކޮށް ނެގޭ ލައިސަންސްތަކަށް ދައްކަން ޖެހޭ ފީ އަންނަ މަހުން ފެށިގެން ސީދާ ކައުންސިލުތަކުން ބަލައިގަންނަ ގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

އަމީން ވިދާޅުވީ މި ސަރުކާރަކީ ކައުންސިލުތައް ބާރުވެރިކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރަމުން އަންނަ ސަރުކާރެއް ކަމަށާއި ކައުންސިލުތަކަށް ދެވެން އޮތް އެންމެ ބޮޑު ބަޖެޓެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒު ކަމަށެވެ. ކައުންސިލުތަކަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ނަމަ، އޭގައި ގިނަ ދަތިތަކެއް ވެސް ހުންނާނެ ކަމަށް ވިދާޅުވެ، އެކަމަށް ލުޔެއް ދިނުމުގެ ގޮތުން މިހާރު ނިންމާފައި ވަނީ ސީދާ ކައުންސިލުތަކުން ލައިސެންސް ފީ ބަލައިގަންނަ ގޮތަށް ހެދުމަށް ކަމަށް އަމީން ވިދާޅުވި އެވެ.

މީގެއިތުރުން ކަނޑުދަތުރުކުރާ އުޅަނދުތަކުން އަހަރަކު އެއްފަހަރު ހައްދަންޖެހޭ ސަލާމަތީ ސެޓްފިކެޓް އައު ކުރަންޖެހޭ މުއްދަތު އިތުރުކުރަން ނިންމާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މި މުއްދަތު 5 އަހަރަށް އިތުރުކުރަން ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެއެވެ.

މިކަމާގުޅިގެން މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ނިންމެވުމަކީ ކައުންސިލްތައް ބާރުވެރިކުރުވާ، ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމުމެއް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ