އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންތިހާބާ ދިމާކޮށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން އެންޓި ކެމްޕެއިން ކުރަމުންދާ ކަމަށް ޕީއެންސީގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި

އިންތިހާބާ ދިމާކޮށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން އެންޓި ކެމްޕެއިން ކުރަމުންދާ ކަމަށް ޕީއެންސީގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން އެންޓި ކެމްޕެއިން ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ޕީޕީއެމް/ޕީއެންސީގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ އެމްޑީޕީން އެންޓި ކެމްޕެއިން ވަރަށް ބޮޑަށް ކުރަމުންދާ ކަމަށާއި އެމްޑީޕީން އެންޓި ކެމްޕޭނަށް މަގުފަހިވާ އެތައް އެތައް ކަމެއް މާލޭގެ މަގުތަކުގައ ބެނާތަކާއި ޕޯސްޓަރުތަކުން ފެނިގެން ދިޔަކަމަށެވެ. އެހެންކަމުން އެ މައްސަލަ އީސީއަށް ހުށަހަޅާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހީނާ ވިދާޅުވީ އެޕާޓީގެ ކެމްޕެއިން ހަރަކާތްތައް ވަރަށް ފޯރިއާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަަށް ދާކަމަށާއި ވަަރަށް ބާރު ސްޕީޑްގައި ފޯރިއާއެކު އެކި ކަންކޮޅުތަކުގައި އެޕާޓީގެ ޓީމްތައް ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

މީގެ އިތުރުން ހީނާ ވަނީ ރައްޔިތުންނަށް، އޭރުގެ ސަރުކާރުން ކަންކަންތައް ކޮށްފައިވާ ގޮތުގެ ހަނދާންތައް އާ ކޮށްދީފައެވެ.

އެހަނދާންތައް އައުކޮށްދެއްވަމުން ހީނާ ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގަ ގާނޫނު އަސާސީ ބަދަލުކުރުމުގެ މެޖޯރިޓީ އެ ބޭފުޅުންނަށް އޮތް ކަމަށާއި އެހެންނަމަވެސް ކަންތައްތައް ކުރި ގޮތް ރައްޔިތުންނަށް ފެނިފައިވާނެ ކަމަށެވެ.

ހީނާ ވިދާޅުވީ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ފެނިގެން ދިޔައީ 37 ޖަލްސާއެއްގައި އެމްޑީޕީ މެންބަރުން މާރާމާރީ ހިންގައި މަޖިލީހުގެ ތަކެއްޗަށް ގެއްލުންދީ ތަޅުމުގައި އަނިޔާވެރި އަމަލުތައް ހިންގި މަންޒަރުކަަމަށެވެ. އަދި މިކަހަލަ އެތައް ކަންތައްތަކެއް ފެނިގެންދިޔަ ކަމަށާއި އެތައް މިލިއަން ރުފިޔާގެ ގެއްލުންތަކެއް މިކަމުގެ ސަބަބުން ލިބިގެން ދިޔަކަމަށްވެސް ހީނާ ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު