އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޑީޕީގެ މަޖިލިހުގެ މެޖޯރިޓީން އިސްލާމް ދީނަށާއި އިސްލާމީ ކަންކަމަށް އިހުމާލުވެ ފުރައްސާކުރި އެތައް މަންޒަރު ފެނިގެންދިޔަ: ހީނާ

އެމްޑީޕީގެ މަޖިލިހުގެ މެޖޯރިޓީން އިސްލާމް ދީނަށާއި އިސްލާމީ ކަންކަމަށް އިހުމާލުވެ ފުރައްސާކުރި އެތައް މަންޒަރު ފެނިގެންދިޔަ: ހީނާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

އިސްލާމް ދީނަށާއި އިސްލާމީ ކަންކަމަށް އެމްޑީޕީން އިހުމާލުވެ ފުރައްސާކުރި އެތައް މަންޒަރު ފެނިގެން ދިޔަކަމަށާއި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީން މި އުންމަތުގެ މާތް ނަބިއްޔާއަށް ފުރައްސާރަކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ގަރާރުތަކާއި ރިޕޯޓުތަކާއި މައްސަލަތައް މަޖިލިހުން ބޭރުކޮށްލީ ކަމަށް ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލިހުން އިސްލާމްދީނަށާއި އިސްލާމީކަންކަމަށް އިހުމާލުވި ގޮތްތައް ހާމަކުރައްވާފައެވެ.

އެގޮތުން ހީނާ ވިދާޅުވީ، ނިމިގެން ދިޔަ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލިހުން ނަބިއްޔާއަށް ފުރައްސާރަކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ގަރާރުތަކާއި ރިޕޯޓުތަކާއި މައްސަލަތައް އެމްޑީޕީގެ މެޖޯރިޓީ މަޖިލިހުން އެތަކެތި ބޭރުކޮށްލި ކަމަށެވެ. ހީނާ ވިދާޅުވީ އެމްޑީއެންގެ ރިޕޯޓެއްގައިވެސް ނަބިއްޔާއަށާއި ކީރިތި ޤުރުއާނަށް ފުރައްސާރަ ކުރި ވާހަކަ ހުރި ކަމަށާއި އެހެންނަމަވެސް އެ ރިޕޯޓުވެސް އަދި އެކަންކަމާ ގުޅިގެން ކޮމިޓީތަކަށް ހުށަހެޅުުނު މައްސަލަތައްވެސް އެމްޑީޕީގެ މެޖޯރިޓީ މަޖިލިހުން ބޭރުކޮށްލި ކަމަށެވެ.

އަދި އިންޑިޔާއިން، ކީރިތި ނަބިއްޔާއަށް ފުރައްސާރަ ކުރި މައްސަލަވެސް މަޖިިލިހަށް ހުށަހެޅިކަމަށާއި އެމައްސަަލަތައްވެސް މަޖިލިހުން އެމްޑީޕީގެ މެޖޯރިޓީ އޮވެގެން ބޭރުކޮށްލީކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ދީނީ އިލްމު ފަތުރާ ޖަމިއްޔާ ސަލަފް ބޭން ކުރުމަށް ހުށަހެޅި ތަން ފެނިގެންދިޔަކަމަށް ހީނާ ވިދާޅުވިއެވެ، އަދި ދިވެހި ރާއްޖެގެ ބޮޑެތި ދީނީ އިލްމުުވެރިންނަށް ދީނީ އިލްމު ފެތުރުމުގެ ހުއްދަ ބާތިލު ކުރިކަމަށާއި އޭގެ ތެރެއިން އެއ ބޭފުޅަކު އަވަހާރަވީވެސް އެހުއްދަ ބާތިިލުކޮށްފައިވަނިކޮށް ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު