އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އެންމެ ގާތް އެކުވެރިޔާ ކަމަށްވީނަމަވެސް ފިރިމީހާއާ އެކަހެރިވާނެ ފުރުޞަތުދޭން ހެޔޮނުވާނެ!

ޢިބްރަތްތެރި ވާހަކަ: އެންމެ ގާތް އެކުވެރިޔާ ކަމަށްވީނަމަވެސް ފިރިމީހާއާ އެކަހެރިވާނެ ފުރުޞަތުދޭން ހެޔޮނުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 38 ސިކުންތު

ބައެއް ޙާލަތްތަކުގައި މައްސަލަޖެހެނީ އެކުވފެރިޔާގެ ސަބަބުންނެވެ. އަނެއްބައި ފަހަރު ފިރިމީހާގެ ސަބަބުންނެވެ. އަނެއްބައި ފަހަރު އެކުވެރިޔާ އާއި ފިރިމީހާ އާއި ދެމީހުންގެ ސަބަބުންނެވެ. މި 3 ބާވަތަށް ބެލިނަމަވެސް ކުރިމަތިވަނީ އެއް މައްސަލައެކެވެ. ބޭވަފާތެރިވުމުގެ މައްސަލައެވެ.

މިކަންކަން ވަރަށް ޢާންމު ކަމަކަށްވެފައިވާއިރު އެންމެ ބޮޑަށް ސަމާލުކަންދޭންވީ އެއްކަމަކީ އިތުބާރުކުރުމުގައި އިންތަކެއް ހިފެހެއްޓުމެވެ. އެކުވެރިންނާއި ފިރިމީހާ ނުވަތަ އަނބިމީހާ ވިޔަސް އެކަހެރިވުމުގެ ފުރުޞަތު ހަމަ އެއްގޮތަކަށްވެސް ނުދިނުމަކީ އެންމެ ރައްކައުތެރިގޮތްކަން ތިރީގައިވާ ވާހަކައިން އެނގިލައްވާނެއެވެ! އިން ޝާ ﷲ 

އަޅުގަނޑަކީ އައިޖީއެމްއެޗްގެ ނަރުހެކެވެ. މަސައްކަތްކުރަނީ އޮޕަރޭޝަން ތިއޭޓަރުގައެވެ. ފިރިމީހާއަކީ އަޅުގަނޑާއި ކައިވެނިކުރިއިރު އޮފީހެއްގެ އާދައިގެ މުވައްޒިފެކެވެ. ނަމަވެސް ދެމީހުން ގުޅިގެން ކުރަމުން އައި މަސައްކަތުން މިހާރު އޭނާއަކީ އަމިއްލަ ފިހާރައެއް ހިންގާ ވިޔަފާރިވެރިއެކެވެ. ދެމީހުން ދިރިއުޅެނީ އަޅުގަނޑުގެ މައިންބަފައިންގެ ފަރާތުން ލިބިފައިވާ އެޕާޓްމަންޓެއްގައެވެ. 

ނަރީމާއަކީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާވެސް ކައިވެނިކުރިއެވެ. ނަމަވެސް ކޮންމެވެސް ސަބަބުތަކެއް މެދުވެރިވެގެން ކައިވެނި ވަނީ ރޫޅިފައެވެ. އެހެންވެ ވަރަށް ގިނައިން އަޅުގަނޑުމެންގެ ގާތަށް އައިސް ވަގުތު ހޭދަކުރެއެވެ. އަޅުގަނޑު އޭނާ އާއިމެދު ދެކެނީ ހަމަ އުޚުތެއްގެ ގޮތުގައެވެ. 

އެއީ ނަރީމާގެ 27 ވަނަ އުފަންދުވަހެވެ. އުފަންދުވަސް ފާހަގަކުރަން އެރޭ ގޭގައި ކުޑަ ހަފްލާއެއް ބާއްވަން އިސްނެގީވެސް އަޅުގަނޑެވެ. ކެއްކީވެސް އަޅުގަނޑެވެ. ކޭކެއް ބޭރުން ގެނުވީއެވެ. ފިރިމީހާ ފިހާރަ ބަންދުކޮށްފައި އައި ވަގުތެވެ. ކާންފެށިތަނާ ހޮސްޕިޓަލުން ގުޅާފައި ބުނީ އެއްފަހަރާ ދެމީހެއްގެ  ގައަށް ވަޅިހަރައިގެން އިމަރޖެންސީކޮށް އެއްފަހަރާ 2 އޮޕަރޭޝަން ކުރަންޖެހިގެން ބަލައި ވެހިކަލް ފޮނުވާކަމަށާއި އަވަހަށް ހޮސްޕިޓަލަށް އައުމަށެވެ. 

އަޅުގަނޑަށް ޖެހުނީ ވަގުތުން ހޮސްޕިޓަލަށްދާށެވެ. އެކުވެރިޔާއަށް ހެޔޮދުޢާކުރަމުން ކެއުން ކުރިއަށް ގެންދަން ބުނެފައި އަޅުގަނޑު ނުކުމެގެން ދިއައީއެވެ. ގެއަށް އެނބުރި ދެވުނީ ފަތިހު 4 ޖެހިއިރުއެވެ. 

ގެއަށް ގޮސް ކޮޓަރީގެ ދޮރުހުޅުވުމުން ފެނުނީ "ނަރަކަ"އެވެ. އެހެން މިބުނީ ހިތަށް ކުރި އަސަރު ބޮޑުކަމުންނެވެ. ފިރިމީހާ އާއި އެކުވެރިޔާ ތިބީ ގައިގައި އެއްވެސް ފޭރާމެއް ނެތި ނިދާފައެވެ. އިންތިހާއަށް ރުޅި ގަދަވިއެވެ. ދެރަވެސްވިއެވެ. ނަމަވެސް އެޙާލަތުގައި ތިބި ބައަކު ހޭލެއްވުމުގެ ބަދަލުގައި ތިބެން ދޫކޮށްލާފައި އަނެއްކޮޓަރިއަށްވަދެ ނިދޭތޯ މަސައްކަތްކުރީއެވެ. ނަމަވެސް ނިންޖެއް ނައެވެ. ނިދިޖެހިލާއިރަށް ސިއްސައިގެންގޮސް ހޭލެވެއެވެ. އެޙާލެއްގައި އުޅެނިކޮށް ހެނދުނު 8 ޖެހިތަނާ އެކުވެރިޔާ އައިސް ކޮޓަރީގެ ދޮރުހުޅުވާފައި ރޯންފަށައިފިއެވެ. 

ކަންތައްވީގޮތް ކިޔައިދޭން ފަށައިފިއެވެ. "ކާން ތިބެފައި ފާޚާނާއަކަށް ދާންބޭނުންވެގެން މިކޮޓަރިއަށް ވަދެ ފާޚާނާކޮށްގެން ގޮސް ޖޫސްތަށީގެ ރަހަ ބެލުމުން ރަހަ ތަފާތުވެފައި ހުރިހެން ހީވިއެވެ. ނަމަވެސް ނުބައި ކަމަކަށް ޝައްކުނުކުރެވޭތީ ބޯލެވުނީއެވެ. ބޯލެވުނުތަނުން ބޮލަށް އެނބުރުން އަރަން ފަށައިފިއެވެ. ބޮލަށް ގޮތެއްވާކަމަށްބުނުމުން ބުނީ ކޮޓަރިއަށް ގޮސް ނިދާލުމަށެވެ. ރަޙީއަށް ގެއަށް އާދެވުނީމާ ހޭލައިގެން ކޭކުފަޅާނީ ކަމަށެވެ. އެހެން ބުނީމާ ކޮޓަރިއަށް ގޮސް އެނދުގައި އޮށޯވެވުނުކަން އެނގުނެވެ. ދެންވީގޮތެއް ނުއެނގުނެވެ. މިހޭލެވުނީ ދެންމެއެވެ. އަދިވެސް ބޮލުގައި ހަމަ ވަރުގަދައަށް އެބަ ރިއްސައެވެ." 

ނަރީމާ ދެއްކި ވާހަކަތައް އެކުގައި ޤަބޫލުނުކުރެވުނު ނަމަވެސް ދެކޮޅަކަށް ބަހެއް ނުބުނަމެވެ. ޝައްކު އުފެދުނު އެއް ސަބަބަކީ ފިރިމީހާއަކީ އެބާވަތުގެ އެއްޗެއް ބޭނުންކުރާ މީހެއްކަން ކުރިން އެނގިފައި ނެތުމުންނެވެ. އެފަދަ ޝައްކެއްވެސް ވެފައިނެތުމުންނެވެ. އެހެންވެ ފެންވަރާލައިގެން ސައިބޯން ހިނގާށޭ ބުނީމެވެ. ދެމީހުން އެކުގައި ސައިބޮއިގެން ފިރިމީހާ ހޭލަންދެން ތިބީއެވެ. އޭނާ ހޭލީ މެންދުރުވާން ކައިރިވެފައި ހުއްޓައެވެ. 

ކޮޓަރިން ނުކުތީވެސް ފެންވަރައި ރީތިވެގެންނެވެ. ކަމެއްވީކަމަށްވެސް ނުހެދުމުން ގެއަށް އައުމުން ކޮޓަރިން ފެނުނު މަންޒަރުގެ ފޮޓޯކޮޅެއް ފިރިމީހާގެ ފޯނަށް ފޮނުވައިލީމެވެ. ޖަވާބުގައި މެސެޖްކުރީ ކުށެއް ކުރެވިއްޖެ ކަމަށް ޤަބޫލުކުރާ ކަމަށާއި ތަކުރާރުނުކުރާނެ ކަމަށެވެ. މާފުކުރުމަށް އެދޭ ކަމަށެވެ. ޖަވާބުގައި މެސެޖްކުރީމެވެ. ވަރިކޮށްފައި ގެއިން ނުކުމެގެންދާށެވެ. ދާނެތަނަކަށް ދިއުމަށްފަހު މާފަށް އެދުމުން މާފުކުރާނެ ކަމަށެވެ. ކުރިމަތީގައި ނުހުރުމަށާއި ހުންނަނަމަ ރުޅިގަދަވެ އަތްފައިން ގޯސްހެދިދާނެ ކަމަށްވެސް ބުނީމެވެ. 

އެހެން ބުނުމުން ވަރިކުރިކަމަށް މެސެޖްކޮށްފައި ނުކުމެގެން ހިނގައްޖެއެވެ. ނަރީމާ ގާތު ގޭގައި މަޑުކޮށްދޭން އެދުނީމެވެ. އެއީ ފިރިމީހާގެ ހަޤީޤަތް އޮޅުންފިލުވުމުގެ ބޭނުމުގައެވެ. އަހަރެމެން ދެއަންހެނުން އެކުގައި 2 ދުވަސްވަންދެން ގޭގައި ތިބީމެވެ. ފިރިމީހާ އޭނާއަށް މެސެޖެއްވެސް ނުކުރެއެވެ. ފޯނެއްވެސް ނުކުރެއެވެ. އެހެންކަމުން ނަރީ ދެއްކި ވާހަކަތައް އެއީ ތެދުކަން ޤަބޫލުކުރެވުނެވެ. އެންމެ ބޮޑަށް ޔަޤީންކަން ލިބުނީ ނަރީގެ އަމަލުތަކުންނެވެ. ކުށްވެރިއެއްގެ ކިބައިން ފެންނާނެ އެއްވެސް ޢަލާމާތެއް ނަރީގެ ކިބައިން ނުފެނުމުންނެވެ. 

3 ދުވަސް ފަހުން ފިރިމީހާ ގުޅައި މާފަށް އެދެން ދެއްކި ވާހަކަތަކުންވެސް އެނގުނީ ނަރީގެ ކުށެއް ނެތްކަމެވެ. އަޅުގަނޑު ފިރިމީހާއަށް މާފުކުރީމެވެ. ނަމަވެސް ދުވަހަކުވެސް އަލުން ކައިވެނި ނުކުރާނެ ކަމަށް ބުނީމެވެ. 

އެހެންވެ އެއިގެ ފަހުންވެސް ދެމީހުން އެކުގައި އުޅެމުން މިއަންނަނީ ހަމަ ކުރިއެކޭ އެއްފަދައިން އުޚުތުންގެ ގޮތުގައެވެ. ދެމީހުން ވެސް މިތިބީ ދެވަނަ ކައިވެނީގައެވެ. ދިރިއުޅެނީވެސް ހަމަ އުފަލުގައެވެ. ﷲ ގެ ރަޙްމަތްފުޅުން ދެމީހުންގެ ފިރިންނަކީވެސް މުއްސަނދިން ނޫންނަމަވެސް ޢާއިލާ ބެލެހެއްޓޭވަރަށް އާމްދަނީ ލިބޭ ތަނަވަސް 2 މީހުންނެވެ. އެންމެ ބޮޑަށް އުފާކުރަނީ 2 މީހުންގެ ފިރިންނަކީވެސް ވަރަށް އަޚްލާޤް ރަނގަޅު ހެޔޮލަފާ މީހުންކަމުގައިވާތީއެވެ. 

އަޅުގަނޑު މިކިޔައިދިނީ މީގެ 10 ވަރަކަށް އަހަރު ކުރީގައި އަޅުގަނޑަށް ކަންތައް ދިމާވިގޮތުގެ ވާހަކައެވެ. މިއަދުނޫހގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ނުބައި އެކުވެރިން ގިނަ ނަމަވެސް ކޮންމެ އެކުވެރިއަކާއިމެދު ނުބައިކޮށް ހީނުކުރާށެވެ. ހަމަ އެއާއިއެކު ކިތަންމެ އިތުބާރުކުރިނަމަވެސް ފިރިމީހާ އާއިއެކު އަންހެނަކު އެކަނިވިއަ ނުދޭށެވެ. ގިނަ ފިރިހެނުން، އެމީހުންގެ ވިސްނުމަށް ޝައިޠޯނާގެ ވަސްވާސްތައް ވައްދައިލުމުން އެމީހުންގެ އުޚުތުންވެސް ޝިކާރަކޮށްލަން މިހާރު ފަހެއް ނުޖެހޭނެއެވެ. 

- ޢާއިޝާ: މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް