އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްވެސް މީހަކަށް ކުނި މޫނު ނުދައްކާށެވެ! އަނބިދަރިންނަށްވިޔަސް ކުނިމޫނުދައްކާމީހާ އެވަނީ ސުންނަތުން ބޭރުވެގެންނެވެ!

އެއްވެސް މީހަކަށް ކުނި މޫނު ނުދައްކާށެވެ! އަނބިދަރިންނަށްވިޔަސް ކުނިމޫނުދައްކާމީހާ އެވަނީ ސުންނަތުން ބޭރުވެގެންނެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ފުރަތަމަ ކަމަކީ ހިނުތުންވެލުމަކީވެސް ޞަދަޤާތެއް ކަމެވެ. އެހެން މީހުންނަށް އިޚްލާޞްތެރިކަމާއިއެކު ހިނިތުންވުން ގިނަކުރުމަކީ އެމީހަކަށް ޘަވާބު ދެއްވަވާނެ ކަމެކެވެ. ޞަދަޤާތަކަށްވާތީއެވެ. 

ރަސޫލް () ވަނީ ހިނިތުންވެވަޑައިގަތުމުގައިވެސް މީސްތަކުންނަށް ނަމޫނާ ދައްކަވައިދެއްވަވައިފައެވެ. ނަމަވެސް މިއަދު މިއުޅެނީ އަމިއްލަ އަނބިދަރިންނަށް ވެސް ހިނިތުންވެނުލެވިގެންނެވެ. ކުނިމޫނުދެއްކޭތީއެވެ. އެހެންކަމަށްވާއިރު އެމީހަކީ ސުންނަތަށް ޢަމަލުކުރާ މީހަކަށްވެވޭނީ ކިހިނަކުން ހެއްޔެވެ؟ 

There is great wisdom in the Prophet’s words: “When you smile to your brother’s face is charity.” 

And indeed, the Prophet (peace be upon him) followed this advice in his everyday life, so much so that `Abd Allah b. al-Harith said: “I have never seen anyone more in the habit of smiling than Allah’s Messenger.” [Sunan al-Tirmidhi (3574)]  

އަނބިދަރިންނާއި އަޚުންނާއި އުޚުތުންނާއި ބައްދަލުވެވޭހިނދު ހިނިތުންވެލުމަކީވެސް ޞަދަޤާތަކަށްވާއިރު ވީހައި ގިނައިން ހިނިތުންވުމަކީ ކިހައި ގިނަ ޘަވާބު ހޯދިދާނެ ކަމެއްތޯއެވެ؟ ކޮންމެ މުސްލިމަކީ ތިމާގެ އަޚެކެވެ. އަބަދު ހިނިތުން ވެވޭނަމަ ލިބޭނެ ސަވާބަށް ވިސްނައިލާށެވެ. 

އަހަރެމެންނަށް އަބަދުހެން އުޅެވެނީ ބޮޑެތި އަޅުކަން ނުކުރެވިގެންނެވެ. ބޮޑެތި އަޅުކަންވެސް ކުރަންވީއެވެ. ބޮޑެތި އަޅުކަންވެސް ވީހާގިނައިން ކުރެވޭތޯ މަސައްކަތްކުރަންވީއެވެ. އެހެންކަމާއިއެކުވެސް ފަސޭހައިން ކުރެވެންހުރި މިފަދަ ޢަމަލުތައްވެސް ކުރަމުން ގެންދާށެވެ. އެއިރުން އާޚިރަތް ދުވަހު ތިބާގެ ކޮޅަށް މީޒާން ބޮޑުތަނުން ބުރަވެގެންދާނެއެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް