އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ގެ ޙަޟްރަތަށް ގޮސް ހުއްޓިހުންނަން ޖެހޭ ދުވަހު އެންމެ ކާމިޔާބު ފިރިހެނުން-

ﷲ ގެ ޙަޟްރަތަށް ގޮސް ހުއްޓިހުންނަން ޖެހޭ ދުވަހު އެންމެ ކާމިޔާބު ފިރިހެނުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު

ހަށިގަނޑުގެ ބާރުގަދަވުމާއި ހިތްވަރުގަދަވުމާއި މިއީ މުޅިން ދެކަމެކެވެ. ކިތަންމެ ބަލިކަށި މީހަކަށްވެސް ހިތްވަރުގަދަ މީހަކަށްވެވިދާނެއެވެ. އަދި ކިތަންމެ ބާރަގަދަ މީހާއަށްވެސް އެންމެ ހިތްވަރުގަދަ މީހާއަށްވެސް ވެވިދާނެއެވެ. އެހެނީ ހިތްވަރުގަދަކަމަކީ މީހާގެ ޘާބިތުކަމެވެ.

ހިތްވަރުގަދަކަން އެކި މީހުން މާނަކުރާނީ އެކި ގޮތަށެވެ. ކޮންމެ މީހަކީވެސް އެންމެ ހިތްވަރުގަދަ މީހާއަށް ވުމަށް ބޭނުންވާނެއެވެ. އަދި އެކަމަށް މުބާރާތެއް ބާއްވާނަމަ ބައިވެރިވާންވެސް ގިނަބައަކު ބޭނުންވާނެއެވެ.

ގިނަ ބައެއްގެ މިހާރުގެ ޙާލަތުގައި އީމާންކަމުގެ ގޮތުން ބަލައިފިނަމަ އެންމެ ހިތްވަރުގަދަ މީހާއަކީ އަހަރެންގެ ނަޒަރުގައި ޝަޙުވަތްތެރިކަމުގައި އެންމެ ކެތް ގަދަ މީހާއެވެ. ފެންނަ އަންހެނުންނާއި މަންޒަރުތަކުގެ ކުރިމަތީގައި އީމާންކަން ކުރިއަށް ނެރެ ތިމާގެ އިސް ތިރިކުރާމީހާއެވެ. ރީތި، ޗާލު އަންހެނުންގެ ކުރިމަތީގައި އީމާންކަން ކުރިއަށް ނެރެ ނޫނެކެވެ ބުނާ މީހާއެވެ.

މިހެން ބުނަން މިޖެހޭ ސަބަބަކީ މިހައިތަނަށް ކުރެވުނު ދިރާސާތަކުން އެނގޭ ގޮތުގައި އެމީހެއްގެ ހިތް އެދޭ ފަދަ އަންހެނެއްގެ ކުރިމަތީގައި ﷲ ތާޢާލާއަށް ބިރުން ނޫނެކެވެ ބުނަން ކެރޭ ފިރިހެނުންގެ ކުރިމަތީގައި ޝައިޠާނާއަށް ޖެހެނީ ހަމަ ހުރިހާ ކަންކަމުގައިވެސް ބަލިވާށެވެ. އެފަދަ މީހުންގެ ޢަޤީދާ ކަސިޔާރުކޮށްލުމަކީ ޝައިޠާނާއަށް ކުރެވޭނެ ކަމެއް ނޫނެވެ.

ފިރިހެނުންނަކީ ހަށިގަނޑުގެ ބާރު ގަދަ ބައެއް ނަމަވެސް އެކަމުގައި ޢާންމުގޮތެއްގައި އަންހެނުންނަށްވުރެ މާ ބަލިކަށި ބައެކެވެ. މިސާލަކަށް ފިރިހެނުންނަކީ ވެސް މޭމަތި ދައްކައިގެން އުޅެން ހުއްދަ ބައެއް ނޫނެވެ. ނަމަވެސް ފިރިހެނަކު މޭމަތި ދައްކައިގެން މަގުމަތީގައި އުޅުނު ނަމަވެސް އެމީހަކަށް ސަމާލުކަން ދޭނީ މަދު އަންހެނެކެވެ. ނަމަވެސް އަންހެނަކު އެފަދަ ގޮތަކަށް ނިކަން އުޅެބަލާށެވެ. އެއީ ކޮންމެ ސިފައަކަށް ހުރި އަންހެނަކު ނަމަވެސް އެ އަންހެނަކަށް ސަމާލުކަން ނުދީ ހުންނާނީ ވަރަށް މަދު ފިރިހެނެކެވެ.

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއިއެކު އަންހެނުންގެ ކެތްތެރިކަމާއި އަޚްލާޤަށްވެސް ދަނީ ބަދަލުތަކެއް އަންނަމުންނެވެ. ތަފާތު މުހުތާދުތައް ފުއްދުމަށްޓަކައި އަމިއްލައަށް ފިރިހެނުންނަށް ދައުވަތުދޭ އަންހެނުން ވެސް ދަނީ އިތުރުވަމުންނެވެ. އެހެންކަމާއިއެކުވެސް އަދިވެސް ކެތްތެރިވުމުގައި ފިރިހެނުން ތިބީ މާބޮޑަށްވެސް ފަހަތުގައެވެ. ވީމާ އެންމެ ބާރުގަދަ މީހާއަށް ވުމަށްޓަކައި މިބުނި ކަންކަމުގައި ކެތްތެރިއަކަށްވާން އެބަޖެހެއެވެ. ނޫން ނަމަ އެމީހާގެ ހަށިގަނޑުގައި ﷲ ތަޢާލާ ލައްވަވާފައިވާ ބާރުގެ އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟

ފެންނަ މަންޒަރަކާއި ގުޅިގެން އެމީހާގެ ޢަޤީދާ ފުނޑުފުނޑުވެގެންދާނަމަ އެމީހާގެ ކިބައިގައި ހުރީ ކޮން ތަޤްވާވެރިކަމެއް ހެއްޔެވެ؟ މިފަދަ ވާހަކަތައް ދައްކަން މިޖެހެނީ ހަށިގަނޑުން ކިތަންމެ ބިޔަވެފައި ވަރުގަދަ ނަމަވެސް އެއްވެސް ހިތްވަރެއް ނެތް މީހުން އިތުރުވަމުންދާތީއެވެ. ނަރަކައިގެ އަލިފާނަށް ބިރުވެތި ނުވެވޭ މީހުން ގިނަވަމުންދާތީއެވެ. ޝައިޠާނާ މަންޒަރެއް ދައްކައިލާއިރަށް އަވާގައި ޖެހި މަގުފުރެދޭ މީހުން ގިނަވަމުންދާތީއެވެ.

ވީމާ އަހަރެންގެ އެދުމަކީ ފިރިހެނުންވެސް އަދި އަންހެނުންވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމެވެ. ޚާއްޞަކޮށް ފިރިހެނުންގެ ސަމާލުކަން އިތުރުކުރުމެވެ. ނަރަކައަށް ބިރުވެތިވެ އެންމެހައި ފާހިޝް އަމަލުތަކުން ދުރުހެލިވުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް