އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާފަކުރުންމަތީގަ ދެމިހުއްޓާ ތިބާ މަރުވެދާނެކަމަށް ބިރުނުގަނެ ނަރަކައިން ސަލާމަތްވެވިދާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟

ފާފަކުރުންމަތީގަ ދެމިހުއްޓާ ތިބާ މަރުވެދާނެކަމަށް ބިރުނުގަނެ ނަރަކައިން ސަލާމަތްވެވިދާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 57 ސިކުންތު

ފުރަތަމަ ކަމަކަށްވެސް ބުނެލަން އޮތީ ފާފަކުރުމަށް ބިރުވެތިވާށެވެ! ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަންނާށެވެ. އެހެނީ މަރު އައިސް ތިބާއާއި ބައްދަލުކުރާނީ ކޮން ވަޤުތަކުކަން ހަމައެކަކަށްވެސް ނުއެނގޭނެތީއެވެ.  

މިހާރަކަށް  އައިސް މީހަކު މަރުވުމުން އެމީހާގެ ޖަނާޒާގެ ކަންކަން ފުރިހަމަކުރުމަށްފަހު މިކުރެވުނު ކަމަކާއިމެދު ވިސްނައިލަނީވަރަށް މަދުބައެކެވެ. ވަޅުލައިނިމެންދެން ވަރަށް ބޮޑަށް ކަންބޮޑުވެފައި ތިބެއެވެ. ވަޅުލައި ނިމި ސަހަރާއިން ބޭރަށް ދެވުމާއިއެކު ކަމެއްވެގެން އުޅުނުހެންވެސް ހިއެއް ނުވެއެވެ. މިބުނަނީ މީހުންގެ މޫނުމަތިން ކަންބޮޑުވުން ނުފެންނަވާހަކައެވެ.

ވިސްނައިލާށެވެ.! ހިތުގެ ހިނގުން ހުއްޓުމާއިއެކު މީހާ މަރުވީއެވެ. އެހިސާބުން އެމީހެއްގެ ހުރިހާ ކަމެއް ނިމުނީއެވެ. މަރުވުމަށް ވަކި ވަގުތެއް ނެތެވެ. ވަކި އުމުރެއްވެސް ނެތެވެ. ވަކިތަނެއްވެސް ނެތެވެ. އެހެންކަމާއިއެކު ވެސް ގިނަ ބައކަށް، ޚާއްޞަކޮށް ގިނަ ޒުވާނުންނަށް ހީވެފައި އޮންނަނީ އުމުރުގައި ވަރަށް ގިނަ ދުވަސްތައް ބާކީ އަދިވެސް އެބަ އޮތް ކަމަށެވެ. މިވެނި އެވެނި އުފާތަކެއް ޙާޞިލުކޮށްލަން ވަގުތު އެބައޮތް ކަމަށެވެ.  

އުފާކުރަން ގޮސް އެކުގައި ތަންތަނުގައި ތިބެ އުފާކުރަމުން ދަނިކޮށް ތަފާތު ހާދިސާތަކުގައި މަރުވަނީ ކިތައް ޒުވާނުން ހެއްޔެވެ؟ އެއްވެސް ހާދިސާއެއް ކުރިމަތި ނުވެވެސް މަރުވަނީ ކިތައް މީހުން ހެއްޔެވެ؟ އެކުގައި ތިބޭ އެކުވެރިން މަރުވި އެކުވެރިޔާ ހޮސްޕިޓަލަށް ގެންދެއެވެ. ޖަނާޒާގައިވެސް ބައިވެރިވެއެވެ.  

އަނެއް ދުވަހުވެސް އަނެއް ރޭ ވެސް ގޮސް ތިބެނީ ހަމަ އެތަންތަނުގައެވެ. ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންތައްތައް ކުރުމަށެވެ. ހިނގައި ދިއަ ހާދިސާއިން ހާޞިލުވީ ކޮން ޢިބްރަތެއް ހެއްޔެވެ؟ ޢިލްމު ދެއްވަވައި ކަންކަމަށް ވިސްނުމުގެ ބާރު ދެއްވެވުމުން އަމަލުކުރަން އޮތް ގޮތަކީ މިއީ ކަމަށްވާނަމަ ލިބިފައިވާ ޢިލްމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

މީސްތަކުންނޭވެ! ޚާއްޞަކޮށް ޒުވާނުންނޭވެ! ހޭލުންތެރިވާށެވެ! މަރުވުމާއި ކުރިމަތިލާން ޖެހޭނީ ކޮން ވަގުތަކުކަން އެނގޭނެ ހަމަ އެކަކުވެސް ނެތެވެ. އެކަން އެނގިތިބެމެ އެކަމަށް ތައްޔާރު ނުވާމީހާއަށްވުރެ ބޮޑު މޮޔައަކީ ކާކު ހެއްޔެވެ؟ ސިކުނޑި ދެއްވަވައި މީސްތަކުން އެންމެ މާތް ކުރެއްވެވުމުން އެ ސިކުނޑިން ނުވިސްނާނަމަ އެމީހަކީ ފުރިހަމަ އިންސާނަކަށް ވާނެ ހެއްޔެވެ؟ ޖަނަވާރުންނާއި ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟  

އެކުގައި ތިބެ ޙަރާމް ކަމެއް ކުރަނިކޮށް މަރުވި އަޚާ ވަޅުލާފައި ގޮސް ހަމަ އެކަން ކުރާނަމަ އެއީ އަމިއްލައަށް ނަރަކައަށް ދާ މީހެކެވެ. އެހެން ނުހަދާށެވެ! ނަރަކައަށް ދާން ޖެހިދާނެ އެންމެހައި ކަންކަމުން ދުރުހެލިވާށެވެ! ވިސްނުމުގެ ބޭނުންކޮށް ނަރަކައިން ސަލާމަތްވެވޭނެ ގޮތްތައް ހޯދާށެވެ! 

އެމީހާގެ ކަންކަން ވަނީ އެމީހާ އެންމެފަހުން ކުރި ޢަމަލގެމަތީގައިކަމަށް އޮތް ޙަދީޘް ބަސްފުޅަށް ބިރުވެތިވާށެވެ.ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއް ކުރުންމަތީގައި ހުއްޓައި ތިބާގެ ފުރާނަ ގެންދަވައިފިނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ ތިބާ ނަރަކައިން ސަލާމަތްކޮށްދެވޭނީ ކާކަށްހެއްޔެވެ؟  

The Prophet (peace be upon him) said,

“A man may do the deeds of the people of the Fire while in fact he is one of the people of Paradise, and he may do the deeds of the people of Paradise while in fact he belongs to the people of Fire.” Then he mentioned the rule which we should always keep in mind and that is the saying of the Prophet (peace  be upon him) “and verily, (the rewards of) the deeds are decided by the last actions (deeds)".

[Sahih al-Bukhari (6607)] 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް