އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެންނަ ފެނުމުން މަޖިލީހުގެ ސްޕަމެޖޯރިޓީ ސަރުކާރަށް! އެންމެ ފަހު ވަޤުތުވެސް ﷲ ގެ ޙަޟްރަތުން ވާގިއެދިވަޑައިގެން ވަކީލް ކުރެއްވެވުމުގެ ނަތީޖާ! އިން ޝާ ﷲ

ފެންނަ ފެނުމުން މަޖިލީހުގެ ސްޕަމެޖޯރިޓީ ސަރުކާރަށް! އެންމެ ފަހު ވަޤުތުވެސް ﷲ ގެ ޙަޟްރަތުން ވާގިއެދިވަޑައިގެން ވަކީލް ކުރެއްވެވުމުގެ ނަތީޖާ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

މަޖިލިސް އިންތިޚާބުގެ ކެންޕޭން ނިންމާލަން އިއްޔެ ބޭއްވި ހިނގާލުން ނިންމައިލި ވަޤުތު ފަހު ބަހަކަށްވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދޫފުޅުން ވިދާޅުވީ ނަޞްރު އެދިވަޑައިގަންނަވަނީވެސް އަދި ވާގިއެދިވަޑައިގަންނަވަނީވެސް ﷲ ތަޢާލާގެ ޙަޟްރަތުން ކަމަށެވެ. 

މީގެ ހަމަ ކުޑަދުވަސްކޮޅެއް ރާއްޖޭގެ ސިޔާސީ "ދެބަނދިހާރެއް" ބުނެފައިވަނީ ރައީސް ޑރ. މުޢިއްޒު ގިނިކަންޏާވެވަޑައިގެންފިކަމަށެވެ. އެއީ އޭނާއަށް ވިސްނުނު ގޮތެވެ. ﷲ ތަޢާލާއަށް އިޚްލާޞްތެރިންނާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަން އޭނާއަށް ޤަބޫލުނުކުރެވެނީއެވެ. އެފަދަ ކަންކަން ޤަބޫލުކުރެވޭނީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވާ އަޅުންނަށެވެ. 

ރައީސް ޑރ. މުޢިއްޒު ގެ އިސްތަށިފުޅުގައި ދޮގު އިލްޒާމްތައް އަޅުވައި ސަރުކާރަށް ދޮގު ތުހުމަތުތައްކޮށް ރައްޔިތުންގެ ބޯތަކަށް ޝައިޠޯނީ ޗިޕްތައް ޖަހަމުން ގެންދިއައިރު އެކަންކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަންވެސް ނުއެނގުނުކަން ވެގެންދިއައީ މިއަދު މިލިބުނު ނަޞްރު ލިބެން މެދުވެރިވި ސަބަބަށެވެ. 

ރައީސް ޑރ. މުޢިއްޒުގެ ޘާބިތުކަން އެންމެ ބޮޑަށް ފެނިގެން ދިއައީ އެމަނިކުފާނާއިމެދު އަދި ސަރުކާރާއިމެދު ކަނޑައެޅިގެން ދޮގު ވާހަކަތައް ލިޔެ މަގުތަކުގައި ފޮތިތައް ދަމަން ހުއްދަ ދެއްވެވުމުންނެވެ. ކަނޑައެޅިގެން ބޮޑެތި ދޮގުތައް ލިޔުމުންވެސް އެކަމަށް އަޅައި ނުލެއްވެވުމުންނެވެ. 

މިހައިތަނަށް ފެންނަންހުރި ނަތީޖާތަކަށްބަލާއިރު މަޖިލީހުގެ ސްޕަމެޖޯރިޓީ ސަރުކާރަށް ލިބިގެންދާނެއެވެ. އިން ޝާ ﷲ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް