އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

70 ގޮނޑި ކަށަވަރުކޮށް ސަރުކާރުގެ މައި ޕާޓީ ޕީއެންސީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދައި

70 ގޮނޑި ކަށަވަރުކޮށް ސަރުކާރުގެ މައި ޕާޓީ ޕީއެންސީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

މިއަދު ކުރިއަށް ގެންދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ 70 ގޮނޑި ކަށަވަރުކޮށް، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއިން ކާމިޔާބު ކޮށްފިއެވެ.

މިހާތަނަށް ގުނި ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޕީއެންސީއިން 70 ގޮނޑި ކަށަވަރުކޮށް، ސުޕާ މެޖޯރިޓީ ކާމިޔާބުކޮށްފައި ވާއިރު އެ ޕާޓީއިން ވަނީ މަޖިލީހުގެ 90 ދާއިރާއަކަށް ވާދަކޮށްފައެވެ.

މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 05:30 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ނިމި ވަގުތީ ނަތީޖާ ވަނީ އިއުލާން ކުރަން ފަށާފައިވާއިރު ވަގުތީ ނަތީޖާ ދައްކާގޮތުން މިހާތަނަށް ޕީއެންސީއިން ވަނީ 62 ގޮނޑި ކާމިޔާބުކޮށްފައެވެ.

އަބަދުވެސް އެމްޑީޕީއިން މެޖޯރިޓީ ހޯދަމުން އަންނަ އައްޑޫ ސިޓީގެ މެޖޯރިޓީ ވެސް މި އިންތިހާބުގައި ވަނީ އެ ޕާޓީއަށް ގެއްލިފައެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ވަނީ އައްޑޫގެ އެންމެ ގޮނޑިއެކެވެ. އަދި ޕީއެންސީއިން އައްޑޫގެ 5 ގޮނޑި ކާމިޔާބު ކޮށްފައި ވާއިރު އަމިއްލަ ކެންޑިޑޭޓަކު ވަނީ އައްޑޫ ސިޓީގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކޮށްފައެވެ.

އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީއިން ވެސް މެޖޯރިޓީ ހޯދާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދުމަށް އެއް ޕާޓީއަކުން 47 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރަން ޖެހެއެވެ.

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތީ އޭރުގެ ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ މެޖޯރިޓީއެވެ. ނަމަވެސް މި އިންތިހާބުގައި ޕީއެންސީއިން މެޖޯރިޓީ ހޯދާފައި ވަނީ ޒަމާނުއްސުރެ އިދިކޮޅު އެމްޑީޕީއިން ކާމިޔާބު ކުރަމުން އަންނަ ގޮނޑިތައް ކާމިޔާބު ކޮށްގެންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު