އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްޕަމެޖޯރިޓީ ލިބުނަސް އެމްޑީން ކުރިފަދަ ބިރުދެއްކުމާ އަނިޔާވެރި ކަންކަން ނުކުރާނެކަމަށް މެންބަރު ސަލީމް ވިދާޅުވެއްޖެ

ސްޕަމެޖޯރިޓީ ލިބުނަސް އެމްޑީން ކުރިފަދަ ބިރުދެއްކުމާ އަނިޔާވެރި ކަންކަން ނުކުރާނެކަމަށް މެންބަރު ސަލީމް ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ސްޕަމެޖޯރިޓީ ލިބުނަސް އެމްޑީން ކުރިފަދަ ބިރުދެއްކުމާ އަނިޔާވެރި ކަންކަން ނުކުރާނެކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.

މެމްބަރު ސަލީމް ވިދާޅުވީ، އާރާއި ބާރާއި ނުފޫޒަކީ އަބަދު އެއްބައެއްގެ އަތުގަ އޮންނާނެ އެއްޗެއް ނޫންކަމަށާއި، އެއީ ހާލަތު ބަދަލުވުމުން ބަދަލުވާ އެއްޗެއްކަމަށެވެ. އަދި އާރާއި ބާރުގެ ބޭނުންކޮށްގެން ނަފްސާނީ ގޮތުން ގެއްލުން ދިނުމުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށް ސަލީމް ވިދާޅުވިއެވެ. ސަމީލް ވިދާޅުވީ، އެމްޑީޕީގެ މެޖޯރިޓީއާއެކު ފެންނަ މަންޒަރަކީ އާރާއި ބާރު ލިބުމުން ނިކަމެތިންނަށް ފުރައްސާރަކޮށް، ނަފްސާނީ ގޮތުން ބަލިކަށިކޮށްލާ މަންޒަރު ކަމަށާއި ހިނގަމުންދާ 19 ވަނަ މަޖިލީހުގައިވެސް އެކަން ފެނުނު ކަމަށެވެ.

އެހެންނަމަވެސް ޕީއެންސީއަށް ލިބުނު ސުޕަ މެޖޯރިޓީއާއެކު އެކަން ބަދަލުވާނެކަމަށް ސަމީލް ވިދާޅުވިއެވެ. އެގޮތުން އެއްވެސް ބަޔަކަށް ބިރުނުދައްކާނެކަމަށާއި، ނަފުސާނީ ގޮތުން ގެއްލުންދީ ނުހަދާނެކަމަށް ސަލީމް ވިދާޅުވިއެވެ. އަދި މައިނޯރިޓީއަށް އިހުތިރާމުކުރާނެކަމަށް ސަލީމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރަމުންދާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ސަރުކާރުގެ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ކޮންގްރެސް ޕާޓީން ވަނީ 20 ވަނަ މަޖިލީހުގެ 66 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރި 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތާއީދު ކުރައްވައިގެން އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފަސް ކެންޑިޑޭޓަކުވެސް ވަނީ ގޮނޑި ކަށަވަރު ކުރައްވާފައެވެ. މި ފަސް ކެންޑިޑޭޓުންނާއެކު ސަރުކާރާއެކު މަސައްކަތް ކުރާ ޕާޓީތަކުގެ ލީޑަރުން ކާމިޔާބު ކުރެއްވި ގޮނޑިތައް ހިމެނޭހެން ޖުމްލަ 74 ގޮނޑި މި އިންތިޚާބުގައި ސަރުކާރަށް ވަނީ ކަށަވަރުކުރެވިފައެވެ. މިއީ މިހާތަނަށް ނަތީޖާ ދައްކާގޮތުން 20 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީއެވެ. ސުޕަރ މެޖޯރިޓީއަށް ބޭނުންވާނީ 63 ގޮނޑިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު