އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިވެރިޔާ ރުޅިގަދަވެގެން އުޅޭ ވަޤުތު ވާހަކަދެއްކުން މަދުކޮށް ފަހުން ފުރުޞަތު ހޯދައިގެން ކިޔައިދިނުމުން ކުރާ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

ބައިވެރިޔާ ރުޅިގަދަވެގެން އުޅޭ ވަޤުތު ވާހަކަދެއްކުން މަދުކޮށް ފަހުން ފުރުޞަތު ހޯދައިގެން ކިޔައިދިނުމުން ކުރާ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

އެއްވެސް ކަމަކާއިހުރެ ބައިވެރިޔާ ރުޅިގަދަވެފައި ހުއްޓައި އެކަން އޮޅުން ފިލުވައިދޭންވެސް އެވަޤުތު ވާހަކަ ނުދައްކައި ކެތްތެރިވެލާށެވެ! އެކަމަށް ފުޜުޞަތު ފަހުން ލިބޭނެއެވެ. ފުރުޞަތު ލިބުމުން ކިޔައިދޭށެވެ. އެއިރުން ކުރާ ފައިދާ މާބޮޑުވާނެއެވެ.  

އެއްވެސް ޙާލެއްގައި މީގެ މާނައަކީ ރުޅި އައިސްގެން ހުރެ ނަމަވެސް ސުވާލެއް ކޮށްފިނަމަ ޖަވާބު ނުދިނުމެއް ނޫނެވެ. ސުވާލުކުރުމުން ޖަވާބު ނުދީހުރުމަކީ އިތުރަށް ރުޅިގަދަވާނެ ކަމަކަށްވާތީއެވެ.  

ޒަވާޖީ ޙަޔާތުގެ ކާމިޔާބީ އެންމެ ބޮޑަށް ގުޅިފައިވަނީ ތެދުބުނުމާއިއެވެ. ވީމާ ޖަވާބުދޭންވާނި ތެދުވެރިކަމާއިއެކުގައެވެ. ދޮގެއް ހަދައިގެން މައްސަލަ ޙައްލުކުރަން ނުވެސް ވިސްނާށެވެ. އެކަމުގެ ޙަޤީޤަތް އެނގުމުން ކުރިމަތިލާންޖެހޭ މައްސަލަތައް މާގިނަވާނެއެވެ.  

ހަމަ އެއާއިއެކު އެކަކު އަނެކަކަށް އިޙްތިރާމްކުރާށެވެ! ބައިވެރިޔާއަށް އިހްތިރާމް ނުކުރެވޭ ހިށާބު އެނގޭހެއްޔެވެ؟ ތިބާ އަނެކާއަށް އިޙްތިރާމް ނުކުރާކަމަށް އަނެކާއަށް ޤަބޫލުކުރެވުނަސް އެއޮތީ އިޙްތިރާމް ނުކުރެވިފައެވެ. މާނައަކީ އެހައިވެސް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ބައިވެރިޔާއަށް އެފަދަ އިޙްޞާޞެއްވެސް ކުރެވުނަ ނުދޭށެވެ.  

ކައިވެންޏެއް އުފަލުގައި ދެމެހެއްޓުމަކީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ކާށމިޔާބުކުރެވޭ ކަމެކެވެ. މިއީވެސް މުހިންމު ބައެއް ކަންތައްތަކެވެ. 

- މަޢުލޫމާތު: ހީނާ ޚާން މުޚްތާރުގެ ވާހަކަފުޅަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް