އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

2322 މީހުންނަށް ސަލްމާން ރަސްގެފާނުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ދެނީ

2322 މީހުންނަށް ސަލްމާން ރަސްގެފާނުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ދެނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

2322 މީހުންނަށްސައުދީ އަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ދިނުމަށް ނިންމައިފިއެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު ސަލްމާން ރަސްގެފާނުގެ ޚަރަދުގައި ދިނުމަށް މިއަހަރު ނިންމަވާފައިވަނީ 88 ޤައުމެއްގެ 1300 ހައްޖުވެރިންނަށާއި ޔަހޫދީން ފަލަސްޠީންއަށް ދެމުންދާ ހަމަލަތަކުގައި ޝަހީދުވެފައިވާ ފަލަސްޠީނުގެ އާއިލާތަކުގެ ތެރެއިން 1000 މީހަކަށެވެ. މީގެ އިތުރުން އުފެދުމުގައި ގުނަވަންތައް ގުޅިފައި ހުރި ކުދިންގެ ތެރެއިން ސަޢުދީޢަރަބިއްޔާގައި ކާމިޔާބުކަމާއެކު އޮޕަރޭޝަންކޮށްފައިވާ ކުދިންގެ އާއިލާތަކުގެ 22 މީހަކަށް ޙައްޖުވުމުގެ ފުރުޞަތު ދިނުމަށްވެސް ނިންމާފައިވެއެވެ.

ސަލްމާން ރަސްގެފާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގައި ނުވަތަ ރަސްގެފާނުގެ ޚަރަދުގައި ޙައްޖާއި އުމުރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދިނުމުގެ ޕްރޮގްރާމްއަކީ އެ ޤައުމުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ކޯލް އެންޑް ގައިޑެންސްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު