އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލާ ކޮލެޖްގެ 8 ވަނަ އައިސީއެސްއާރުއައި ކޮންފަރެންސް ފަށައިފި

ވިލާ ކޮލެޖްގެ 8 ވަނަ އައިސީއެސްއާރުއައި ކޮންފަރެންސް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 40 ސިކުންތު

މިގޮތުން 2024 ވަނަ އަހަރު ބާއްވާ 8 ވަނަ އިންޓަރނެޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަން މިއަދު ވަނީ ފަށައިފިއެވެ.

އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައިސީއެސްއާރްއައި) އަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޮ ރިސާޗް އެންޑް އިނޮވޭޝަން (އައިއާރްއައި) އިން ކުރިއަށް ގެންދާ ރިސާޗް ކޮންފަރެންސެކެވެ.

މި ކޮންފަރެންސް ކުރިއަށް ގެންދާނީ މި ޖޫން މަހުގެ 8 އަދި 9 ވަނަ ދުވަހުއެވެ. 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގެ ބޭނުމަކީ ދިރާސާކުރާ ފަރާތްތަކާއި، ދަރިވަރުންނާއި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނަށް އެމީހުންގެ ދިރާސާގެ ހޯދުންތައް ހުށަހަޅައި އެކި ކަންކަމާ މެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެ ޕްލެޓްފޯމެއް ފަހިކޮށްދިނުމެވެ. މިއަހަރުގެ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައިސީއެސްއާރްއައި) ޝަރަފްވެރިކޮށްދެއްވާނީ ރާއްޖޭގައި ހުންނަވާ ޔޫއެން ރެޒިޑެންޑް ކޯޑިނޭޓަރ ބްރޭޑްލީ ޖ. ބުސެޓޯ އެވެ. 

މި ކޮންފަރަންސް ހުޅުވުމުގެ ރަސްމީޔާތުގައި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރ - ރިސާރޗް އެންޑް އިނޮވޭޝަން ޑރ. މުހައްމަދް އާދިލް، ގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވީ މިފަދަ ކޮންފަރަންސްއެއްގެ މަޤްޞަދަކީ ދިރާސާކުރާ ފަރާތްތަކާއި، ލެކްޗަރާއިންނާއި، ދަރިވަރުންނާއި، ސިނާޢަތުގެ ތަޖުރިބާކާރުންގެ މެދުގައި ވަރުގަދަ ނެޓްވަރކެއް ގާއިމުކުރުމެވެ. މީގެ ސަބަބުން އައު މިސްރާބުތަކާ ބެހޭގޮތުން ހަރުދަނާ މަޝްވަރާތަކާއި، އިޖްތިމާޢީ ޢިލްމާއި ތަރައްޤީގެ ދާއިރާތަކުގައި އާ އުސޫލުތައް އުފެއްދުމުގެ ފުރުޞަތު ލިބިގެންދެއެވެ. ކޮންމެ އަހަރަކުވެސް ވިލާ ކޮލެޖްގެ އައިއާރްއައި ކޮންފަރެންސް ބިނާވެފައިވަނީ ތީމެއްގެ މައްޗަށެވެ. އަބަދުވެސް އޮތީ ތަރައްޤީގެ ފޯކަސްއެއްގައެވެ. މިއަހަރުގެ ތީމްއަކީ "އިނޮވޭޝަންސް ފޮ ސަސްޓެއިނެބިލިޓީ: ފޯޖިންގ ދަ ޕާތު އަހެޑް" އެވެ. މިއަހަރުގެ ތީމް" އިނޮވޭޝަންސް ފޮ ސަސްޓެއިނެބިލިޓީ: ފޯޖިންގ ދަ ޕާތު އަހެޑް'ގެ ދަށުން 53 ޕޭޕަރެއް މި ކޮންފަރެންސްގައި ހުށަހަޅާނެއެވެ. މި ޕޭޕަރުތައް ހުށަހަޅާނީ 8 ދާއިރާއަކަށް ބަހާލައިގެންނެވެ. އެއީ ޕޮލިސީ، ލޯ އެންޑް ގަވަނަންސް، އެންޓްރަޕްރެނާޝިޕް، ފައިނޭންސް އެންޑް އިންޑަސްޓްރީ، އެންވަޔަރަމަންޓް، ސަސްޓެއިނެބިލިޓީ އެންޑް ޑިވެލޮޕްމަންޓް، ހިޔުމަން ރައިޓްސް، ޖެންޑަރ އެންޑް ސޮސައިޓީ، އެޑިޔުކޭޝަން، ލެންގުއޭޖް އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ހެލްތު، ނަރސިން އެންޑް ސޯޝަލް ވޯކް، ސައިކޮލޮޖީ، ލައިފްސްޓައިލް އެންޑް ވެލް ބީންގ އަދި އިންޖިނިއަރިން، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން އެވެ. ހުޅުވުމުގެ ރަސްމީޔާތުގެ ވާހަކަ ދެއްކުމަށްފަހު ކޮންފަރެންސް ޗެއަރ އަދި ޑެޕިއުޓީ ވައިސް ރެކްޓަރ - ރިސާރޗް އެންޑް އިނޮވޭޝަން އޮފް ވިލާ ކޮލެޖް، ޑރ.މުޙައްމަދު އަދީލް އައިސީއެސްއާރުއައިގެ "ރިސާޗް މެތޮޑްސް" ފޮތް ލޯންޗުކޮށްދެއްވިއެވެ. 

ކޮންފަރެންސްގެ ބައިވެރިންނަން މަރުހަބާ ދެއްނެވުމުގެ ވާހަކަ ފުޅުގައި ވިލާ ކޮލެޖްގެ ރެކްޓާރ، ޑރ. އަހްމަދް އަންވަރު ފާހަގަ ކުރެއްވީ، އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން އަކީ ވިލާ ކޮލެޖުގެ ކަލަންޑަރުގައި ބާއްވާ މުހިންމު އެއް އިވެންޓް ކަމަށާއި، މިއީ މިހާރު ދިވެހި ރާއްކޭގެ އެކަޑަމިކްދާއިރާގައި އުޅުއްވާ ބޭފުޅުން ނާއި، ދިރާސާވެރިންގެ މެދުގައި އަހަރަކު އެއްފަހަރު ބާއްވާ ވަރަށް ފާހަގަކޮށްލެވޭ އިވެންޓެކެވެ. އަދި މިއަހަރުގެ ތީމް،"އިނޮވޭޝަންސް ފޮ ސަސްޓެއިނެބިލިޓީ: ފޯޖިންގ ދަ ޕާތު އަހެޑް" އަކީ ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔެގެ ކުރިއަރަމުންދާ ސައިންސާއި ޓެކްނޮލޮޖީ، މުޖުތަމަޢު، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޫސުމީ ނިޒާމް އަށް އަންނަ ބަދަލު ދެނެގަނެ ކުރިމަތިލާން ޖެހޭ ގޮތްތައް ހޯދައި ދަސްކުރުމަށް އެހީތެރިވެދޭނެއެވެ.

ކޮންފަރަސްގައި ހުށަހެޅި 53 ޕޭޕަރެއްގެ އިތުރުން "އިނޮވޭޝަންސް ފޮ ސަސްޓެއިނެބިލިޓީ: ފޯޖިންގ ދަ ޕާތު އަހެޑް" މި ތީމާ ގުޅޭ 5 ޕެނަލް ޑިސްކަޝަންގެ އަދި 4 ބޭފުޅަކު ކީ ނޯޓް ސްޕީޗް ވެސް ދެއްވާނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު