އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލާ ކޮލެޖުގެ ފާރމަސީ ދަރިވަރުން ހުވާ ކުރުމާއި "ވައިޓް ކޯޓް" ޙަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ވިލާ ކޮލެޖުގެ ފާރމަސީ ދަރިވަރުން ހުވާ ކުރުމާއި "ވައިޓް ކޯޓް" ޙަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 46 ސިކުންތު

ވިލާ ކޮލެޖުގެ ބެޗްލަރ އޮފް ފާމަސީ ކިޔަވާ ދަރިވަރުން ހުވާ ކުރުމާއި އެ ދަރިވަރުންނަށް ވައިޓް ކޯޓު ޙަވާލުކުރުމުގެ ހަފްލާ މިއަދު ހެނދުނު 10:00 ގައި ވިލާ ކޮލެޖުގައި ހޯލުގައި ބާއްވައިފިއެވެ،

މި ހަފްލާގައި ޝަރަފުވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ހެލްތްގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސާރވިސަސް، ޑރ. އަހުމަދު އަޝްރަފުއެވެ

މި ހަފްލާ ފެށިގެން ދިޔައީ ކީރިތި ޤުރުޢާނުގެ ބަރަކާތުންނެވެ. އެއަށްފަހު މަރުޙަބާ ދެންނެވުމުގެ ގޮތުން ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ޑީން ޢައިޝަތު މާލާ ދެއްކެވި ވާހަކަފުޅުގައި ފާރމަސިސްޓުންގެ މުހިއްމުކަމާއި މުޖުތަމަޢުގައި އެމީހުންގެ ދައުރާ ބެހޭގޮތުން ވާހަކަދެއްކިއެވެ. އަދި ކުރިއަރާފައިވާ ޤައުމުތަކުގައި ފާރމަސިސްޓުންގެ ދައުރު ވަރަށް ފުޅާކަމަށާއި، ބޭސް އުފެއްދުމުގައި ވެސް ފާމަސިސްޓުންގެ އަދާ ކުރާ ދައުރު ފާހަގަކުރެއްވިއެވެ..

"ފާރމަސިސްޓުން ނަކީ ހަމަ އެކަނި، ބޭސް ސިޓީއަށް ބޭސް ވިއްކަން ތިބޭ ބައެއް ކަމަށް، ޒަމާނުއްސުރެން ހީވެފައި  އޮންނަ އޮތުން މިއަދު ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި، މިވަނީ ބަދަލުވެފައި!  އަދި މި ކުށްހީ ރާއްޖޭގައިވެސް މިހާރު މަޑުމަޑުން ބަދަލުވަމުން ދާކަމީ ވަރަށްވެސް ހިތްހަމަ ޖެހުން ލިއްބައިދޭ ކަމެއް "

މި ތަޢާރަފަށްފަހު ދެން އޮތީ ބެޗެލަރ އޮފް ފާރމަސީ ދަރިވަރުންނަށް ވައިޓް ކޯޓު ހަވާލުކުރުމެވެ. ވައިޓް ކޯޓް ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު، ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވިލާ ކޮލުގެ ފެކަލްޓީ އޮފް ހެލްތް ސައިންސް ގެ ޑީން އައިޝަތު މާލާ އަދި ޝަރަފުވެރި މެހެމާނު، ޑރ. އަހުމަދު އަޝްރަފުއެވެ.

ވައިޓްކޯޓް ހަވާލުކޮށްދެއްވުމަށް ފަހު ދެން އޮތީ ދަރިވަރުން ހުވާ ކުރުމެވެ. ހުވާ ލައި ދެއްވީ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ޑީން އައިޝަތު މާލާ އެވެ. އެއަށް ފަހު ވިލާ ކޮލެޖުގެ ފަރާތުން ހަނދާނީ ހަދިޔާއެއް ޝަރަފުވެރި މެހެމާނަށް އެރުވުނެވެ. މި ހަދިޔާ ހަވާލުކޮސް ދެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ.އަހުމަދު އަންވަރެވެ.

ވައިޓް ކޯޓު ހަވާލުކޮށްދެއްވުމަށްފަހު ހަފްލާގެ ބައިވެރިންނާއި މުހާތަބުކޮށް ޝަރަފުވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައި ސިއްޙީ ދާއިރާއިން ފަންނީ ބޭފުޅުން އުފެއްދުމަށް ވިލާ ކޮލެޖުން މަސައްކަތްކުރަމުންދާ ގޮތް ފާހަގަކުރައްވާފައިވެއެވެ.

"" ވިލާ ކޮލެޖުން މި ތަމްރީން ލިބުމުގެ ފުރުސަތު ހުޅުވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ދަތިވެފައި އޮންނަ އެއްކަމެއް ކަމުގައިވާ ޕްރޮފެޝަނަލުން ހޯދުމަށް ލިބުން ވަރަށް ބޮޑު ލުއި ފަސޭހަ ކަމެއް. ހެލްތު ސެކްޓަރަކީ އަޅުގަނޑުމެން ކޮންމެ މީހަކާވެސް ގުޅިފައިވާ ދާއިރާއެއް.""

މި ހަފްލާ ނިންމުމުގެ ރަސްމިއްޔާތުގައި ވައިސް ރެކްޓަރ ޑރ.ޢަލީ ނަޖީބު ވަނީ މި ރަސްމިއްޔާތުގެ މުހިންމުކަމާއި، ވިލާ ކޮލެޖަކީ ފާމަސީ ދަރިވަރުންނަށް ވައިޓް ކޯޓް ހަވާލު ކުރާ ފުރަތަމަ ތަޢުލީމީ މުއައްސަސާކަން ފާހަގަ ކުރެއްވިއެވެ. ދިވެހިރާއްޖޭގައި

އަދި މި ޕްރޮފެޝަންއަށް ވިލާ ކޮލެޖުން ނިކުމެގެން ދާ ކުދިންނަކީ ޕްރޮފެޝަނަލް މުޖުތަމަޢު ގަބޫލުކުރާ އެތިކަލް ސްޓޭންޑާރޑްސް ތަކަށް ފެތިގެން މަސައްކަތް ކުރާ ކުދިބަޔަކަށް ވުމުގެ މުހިއްމު ކަމާއި އަބަދުވެސް ދަސްކުރާ މީހަކަށްވުމުގެ އަޒުމް އޮންނަން ޖެހޭނެ ބަޔަކަށް ވުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި މި އަދު ހުވައިންނާއި ވައިޓް ކޯޓުންވެސް އެ ހަވާލުކުރެވުނީ ޒިންމާއެއްކަން ފާހަގަ ކުރެއްވިއެވެ.

މިއަދުގެ މިހަފްލާގައި ވިލާ ކޮލެޖުގެ ބެޗެލަރ އޮފް ފާމަސީ ކިޔަވަމުންދާ 22 ދަރިވަރުން ހުވާ ކުރިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު