އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލާ ކޮލެޖުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޖިނިއަރިން މައުރަޒެއް ބާއްވައިފި

ވިލާ ކޮލެޖުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޖިނިއަރިން މައުރަޒެއް ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

ދިވެހިރާއްޖޭގެ ފުރަތަމަ އިންޖިނއަރިން މަޢުރަޒު ވިލާ ކޮލެޖުގައި މިއަދު ކާމިޔާބީއާއިއެކު ބާއްވައިފިއެވެ.

މިއަދުގެ މެންދުރު 1:30 އިން 03:00 އަށް ވިލާ ކޮލެޖުގެ ހޯލުގައި އާންމުކޮށް ހުޅުވާލެވިގެން ޒިޔާރަތްކުރެވޭ ގޮތަށް ބޭއްވުން މި މަޢުރަޒުގައި އިންޖިނިއަރިންގ ދާއިރާގެ 40 ޕްރޮޖެކްޓު ވަނީ ދައްކާލެވިފައެވެ. މި ޕްރޮޖެކްޓު ތަކަކީ ވިލާ ކޮލެޖުން ހިންގާ އިންޖިނިއަރިންގ ޑިގްރީ ޕްރޮގްރާމްތައް ކަމަށްވާ މެކަޓްރޮނިކްސް، މެކޭނިކަލް އަދި އެލެކްޓްރިކަލް އާއި އެލެކްޓްރޮނިކްސް ކޯސްތަކުގެ ދަރިވަރުންގެ ފަހު އަހަރުގެ ޕްރޮޖެކްޓްތަކެވެ. 

މި ހަރަކާތް ތައާރަފްކޮށްދެއްވީ ފެކަލްޓީ އޮފް އިންޖިނިއަރިންގެ ހެޑް އޮފް ސްކޫލް، ޢުދުމާ އަބދުލް ލަތީފްއެވެ. މި ހަފުލާއާއި ބެހޭ ގޮތުން ކުޑަ ތަފްސީލެއް ދެއްވައި، އިނޮވޭޓިވް އިންޖިނިއަރިންގެ ދާއިރާއިން ކޮލެޖުގެ ދަރިވަރުން ކުރިއަށް ދިއުމަށް މަގު ފަހިކޮށްދެއްވަމުން ގެންދަވާ ގޮތުގެ މައްޗަށް ޢުދުމާ އަލިއަޅުއްވާލައްވާފައެވެ. 

"މި މައުރަޒަކީ ހަމައެކަނި ހަރަކާތެއް ނޫން.މިއީ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް، މެކޭނިކަލް އަދި މެކަޓްރޯނިކްސް އިންޖިނިއަރިންގެ ދާއިރާއިން ދަރިވަރުން ވޭތުވެ ދިޔަ އަހަރު ތަކުގައި ދެއްކި ހިތްވަރާއި ހުނަރާއި އުފެއްދުންތެރިކަމާއި ބުރަ މަސައްކަތުގެ ހެކި".  

މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތު ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޢާޒު  މުހައްމަދު ރަޝީދެވެ. "ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޔުނިވަރސިޓީތަކުގެ ދަރިވަރުން އިނޮވޭޓިވް އިންޖިނިއަރިންގ ޚިޔާލުތައް ގެންނަމުންދާ ގޮތާއި، ރާއްޖޭގައި ވެސް މިގޮތަށް ރާއްޖޭގެ ލޭންޑްސްކޭޕަށް ފެތޭ އިންޖިނިއަރިންގ ސޮލިއުޝަންތަކަށް މަސައްކަތްކުރަންވާނެ". އަދި މުޢާޒު ވިދާޅުވީ، ރާއްޖޭގެ ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް އެހީތެރިކަން ބޭނުންވާނަމަ، އެހީތެރިކަން ފޯރުކޮށްދިނުމަކީ އުފާކުރާނެ ކަމެއް ކަމަށެވެ. 

މި މަޢުރަޒުގެ ތެރެއިން ސޯލާ ހަކަތައާއި، ވޮއިސް ކޮންޓްރޯލް ކޮމްޕިއުޓަރު މެޝިން އާއި އެހެނިހެން އިނޮވޭޓިވް ޕްރޮޖެކްޓްސް ހިމެނުނެވެ.    

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު