އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

50 އަށްވުރެ ގިނަ ދިވެހި ނަރުހުން ހޯދަން އިޢުލާންކޮށްފި

50 އަށްވުރެ ގިނަ ދިވެހި ނަރުހުން ހޯދަން އިޢުލާންކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ހއ. އަތޮޅު ހޮސްޕިޓަލުން 50 އަށްވުރެ ގިނަ ދިވެހި ނަރުހުން ހޯދަން އިޢުލާންކޮށްފިއެވެ.

އެ ހޮސްޕިޓަލުގެ އިޢުލާނުގައި ވަނީ އެ ހޮސްޕިޓަލަށާއި އަތޮޅުގެ ބައެއް ޞިއްޙީ މަރުކަޒުތަކަށް ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ބޭނުންވާ ކަމަށާއި ޖުމަލަ 52 ނަރުހުން ބޭނުންވާކަމަށެވެ.

ނަރުހުން ހޯދަން އިޢުލާންކޮށްފައިވަނީ ރެޖިސްޓަރޑް ނަރުހުންގެ ޕަބްލިކް ސަރވިސް ރޭންކް 5 އަދި 7 އަށެވެ. އެގޮތުން ޕަބްލިކް ސަރވިސް ރޭންކު 5 އަށް ނަގާ ނަރުހުން ވާން ޖެހޭނީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ، ނަރސިންގ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވާ މީހުންނަށެވެ. ރޭންކް 5 ގެ ނަރުހުންނަށް އަސާސީ މުސާރައިގެ ގޮތުގައި 11428 ރުފިޔާ އާއި 5333 ރުފިޔާގެ އެލަވަންސްގެ އިތުރުން ހާޒިރީ އިނާޔަތްވެސް ލިބިގެންދާނެއެވެ. އަދި ޕަބްލިކް ސަރވިސް ރޭންކު 7އަށް ނަގާ ނަރުހުން ވާން ޖެހޭނ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ، ނަރސިންގ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެކައުންސިލުގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވާ މީހަކަށެވެ. ރޭންކް 7ގެ ނަރުހުންނަށް އަސާސީ މުސާރައެއްގެ ގޮތުގައި 13057 ރުފިޔާ އާއި 6094 ރުފިޔާގެ އެލަަވަންސެއްގެ އިތުރުން ހާޒިރީ އިނާޔާތްވެސް ލިބޭނެއެވެ.

މިކަމަށް އެދި ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ހއ. އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ހުށައަޅަންޖެހޭއިރު އެ ހޮސްޕިޓަލުގެ އީމެއިލް، [email protected] އަށްވެސް ލިޔެކިޔުން ހުށައެޅޭނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލް ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު