އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު
ތިރީގައި އެވަނީ މިއަހަރުގެ ޙައްޖުދަތުރާއި ގުޅޭގޮތުން އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢާންމުކުރައްވާފައިވާ ބަޔާނެކެވެ.
ﷲ ގެ ރަޙުމަތުން ޙައްޖު އޮޕްރޭޝަން ކާމިޔާބުކަމަށް އުފަލާއެކު ފާހަގަކުރަން.
މިފަހަރު ހައްޖުގައި ދިވެހި ޙާޖީންނަށް:
ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކު ކާނާ ފޯރުކޮށްދެއްވުނު..
ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދެވުނު. ޑައިލެލިސް ހަދާ ފަރާތަކާއި، ކެންސަރު ފަރުވާ ނަގާ ބައެއް ބޭފުޅުން، ހިތުގެ ބަލި ހުންނަ ބައެއް ބޭފުޅުން ހާޖީންގެ ތެރޭގައި ތިބި. އެންމެނަށް އޯގާތެރިކަން ފޯރުކޮށްދެވުނު.
އެޑްމިޓްކުރެވުނު ފަރާތްތަކަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދެއްވުނު.
މަގު އޮޅުނު 100 އެއް ހާ ހާޖީން ޑިވައިޒްގެ އެހީގައި ލޮކޭޓްކޮށްގެން ގެނެވުނު.
ޢަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް. ބަލި މީހުން ވެސް އަރަފަރާތަށް ގެންދެވުނު.
ވީލްޗެއާެގައި ގިނަ އަދަދެއްގެ ހާޖީން އުޅުނު. އެންމެނަށް އެހީތެރިކަން ދެވުނު.
އަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަ.
މިނާގެ ފޭލިގޭގެ ތާށިކަމެއް ހުރި. އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓާއި މުރާލި މުވައްޒަފުންނާއި ހިއްވަރުގަދަ އެހީތެރިންނަށް ޙައްޤު ޝުކުރު ރައްދުކުރަން.ހައްޖު މިޝަންއަށްޝުކުރު ދަންނަވަން. ހާޖީންނަށް އެހީވި މަދީނާގެ ކިޔަވާ ކުދިންނަށް ޝުކުރު ދަންނަވަން. އަދި ޚާއްޞަ ކޮށް ބޮޑު ކައްކާ ވަހީދުބެ އަށް ޝުކުރު ދަންނަވަން.
ޑރ އާދަމް ޝަމީމާއި އިލްމުވެރި އެންމެހައި މުރުޝިދުންނަށް ޝުކުރު ދަންނަވަން.
ރަނގަޅުކުރަންޖެހޭ ކަންތަށްތަކެއް ވަނީ ފާހަގަކުރެވިފަ. އިންޝާ ﷲ އަންނަ އަހަރަށް އެކަންކަން ރަނގަޅުކުރާނެ. މިއީ ޙައްޖު ކޯޕަރޭޝަންގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް ހާޖީން ގެނެވުނު ދެވަނަ ފަހަރު، ﷲ ގެ ރަޙުމަތުން ޙައްޖު އޮޕްރޭޝަން ކާމިޔާބުކަމަށް އުފަލާއެކު ފާހަގަކުރަން. އަމިއްލަ ކޮންޓްރޯލުން ބޭރުން އެތައް މިލިއަން މީހުންގެ ތެރޭގައި ހިނގާ މިވަރުގެ ކަމެއްގައި ކިތައްމެ ފުރިހަމަކުރަން އުޅުނަސް އުނިކަން ހުންނާނެ. އިންސާނުންނަކީ އުނިބައެއް. އެންމެ ބޮޑު އިސްކަމެއް ދިނީ ހޫނު ގަދަ މާޙައުލެއްގައި ހާޖީންގެ ސަލާމަތާއި ޞިއްޙަތާއި ރައްކާތެރިކަމަށް.
ހާޖީއަކު ޠަބީއީ މަރަކުން މަރުވި. މައްޔިތާއަށް ރަޙުމަތް ލައްވާށި. އެންމެހައި ހާޖީންނަށް މަބްރޫރު ހައްޖަކަށް އެދެން. އާމީން.
Advertisement
20 ޖޫން 2024