އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑިއުޓީ މާފުވާ މިންވަރު 10،000ރ. އަށް ކަސްޓަމުން މަތިކޮށްފި

ޑިއުޓީ މާފުވާ މިންވަރު 10،000ރ. އަށް ކަސްޓަމުން މަތިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މާފުވާ މިންވަރު މިއަދުން ފެށިގެން 10،000ރ. އަށް ކަސްޓަމްސް އިން މަތިކޮށްފިއެވެ.

ދަތުރުވެރިން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މަޢާފްވާ މިންވަރަކީ 6,000 ރުފިޔާ ކަމަށް މީގެ ކުރިން ކަސްޓަމްސްއިން ކަނޑައަޅާފައެވެ. އެހެންނަމަވެސް ޑިއުޓީ މަޢާފްވާ މިންވަރު އިތުރުކުރުމާ ގުޅޭ ގޮތުން ކަސްޓަމްސްއިން ޢާންމުކޮށްފައިވާ އުޞޫލްގައި ވަނީ ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މަޢާފުވާ މިންވަރު މިއަދުން ފެށިގެން 10،000 ރުފިޔާކަމަށް ކަނޑައަޅާފައިވާކަމަށެވެ. އަދި ކަސްޓަމްސްއިން ކަނޑައަޅާ ފްރީ އޮން ބޯޑް ނުވަތަ އެފްއޯބީ އަގު 10،000 ރުފިޔާއަށްވުރެ ބޮޑުނަމަ ރާއްޖެއިން ބޭރުން ގެންނަ މުދަލަށް ގުޑްސް ޑިކްލެރޭޝަން ފޯމު ހުށަހަޅަން ޖެހޭނެކަމަށެވެ.

އެފްއޯބީގެ އަގު 10،000ރ. އަށް ވުރެ ދަށް ނަމަވެސް، އެއީ ކޮމާޝަލް ކުއެންޓިޓީއެއް ކަމަށް ކަސްޓަމްސް އަށް ގަބޫލުކުރެވޭ ނަމަ، ގުޑްސް ޑެކްލެރޭޝަން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށާއި އޭގެ ޑިއުޓީ ވެސް ނަގާނެ ކަމަށް އުސޫލުގައި ބުންޏެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު