އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުއާޒު ވިދާޅުވީ، ކުންފުނީގެ ޚަރަދުތައް ކުޑަކޮށް، ގެންނަން ފެށި ހެޔޮ ބަދަލުތަކުގެ ނަތީޖާ ކުންފުނީގެ މާލީ ރިޕޯޓްތަކުންވެސް ފެންނަން ފަށާފައިވާ ކަމަށެވެ.
މުއާޒު ވިދާޅުވީ، މެނޭޖްމަންޓުން ކުރި ބުރަ މަސައްކަތާއެކު މިއަހަރުގެ ދެ ކުއާޓަރުގައި އޮޕަރޭޝަނަލް ޚަރަދުތައް ކުޑަކޮށް، ކުންފުންޏަށް ފައިދާ ލިބިފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 7.7 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައިވާއިރު، އެއީ އޭގެ ކުރީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 77 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި 4.2 މިލިއަން ރުފިޔާގެ ފައިދާއެއް ފެނަކައަށް ވެފައިވާ ކަމަށާއި، އެއީ 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 117 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.
ނަމަވެސް ނިމުނު އަހަރުގެ ފަހު ކުއާޓަރުގައި ކުންފުނީގެ ހިންގުމުގެ ޚަރަދު އޮތީ 24.7 މިލިއަން ރުފިޔާގެ ގެއްލުމުގައި ކަމަށް މުއާޒު ފާހަގަކުރެއްވިއެވެ.
Advertisement
1 އޮގަސްޓް 2024