އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު
ތިނަދޫ ސިޓީގައި ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމަށްޓަކައި އައު އާރުއޯ ޕްލާންޓެއް ބެހެއްޓުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.
މިހެން މިކަން ނިންމާފައިވަނީ މިހާރު ތިނަދޫ ސިޓީގައި ހުރި އެންމެ އާރުއޯ ޕްލާންޓުން ރައްޔިތުންގެ ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވަމުންދާތީއެވެ.
މިކަމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވީ، ތިނަދޫ ސިޓީގެ އާބާދީ އިތުރުވެފައިވާއިރު، މިހާރު ހުރި އާރުއޯ ޕްލާންޓަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް އަދިވެސް އެއްކޮށް ހައްލުކުރެވިފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މުޢާޒު އިތުރަށް ވިދާޅުވީ، މިކަމަށް އޮތް ހައްލަކީ އައު އާރުއޯ ޕްލާންޓެއް ބެހެއްޓުން ކަމަށާއި، މިހާރު އެ މަސައްކަތް ޕްރޮކިއުމަންޓު ސްޓޭޖުގައި އޮތް ކަމަށެވެ. އަދި ތިނަދޫ ސިޓީއަށް ބޭނުންވާ އާރުއޯ ޕްލާންޓު ވަރަށް އަވަހަށް ފޯރުކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކުޑަހުވަދޫ، ވިލިގިލި އަދި ހިންނަވަރު ފަދަ ބޮޑެތި ރަށްރަށަށްވެސް ވަރަށް އަވަހަށް ފެނުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް މުޢާޒު ވަނީ ވިދާޅުވެފައެވެ.
Advertisement
2 ސެޕްޓެމްބަރ 2024