އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭގައި ޑައިވް ސެންޓަރަކާއި މެދުފަންތީގެ ހޮޓެލް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

ހުޅުމާލޭގައި ޑައިވް ސެންޓަރަކާއި މެދުފަންތީގެ ހޮޓެލް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ހުޅުމާލޭ ފޭސް 2 އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި މެދުފަންތީގެ ތިން ހޮޓެލް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓު ކޯރޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

އެޗްޑީސީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަޝްރޫއު ދޫކުރުމުގައި އިސްކަންދޭނީ ލޭންޑް ލީސް މޮޑެލްއަށެވެ. ނަމަވެސް، އެހެން މޮޑެލްތަކަށްވެސް އީއޯއައި ހުށަހެޅުމުގެ ފުރުސަތު އޮތްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި އެއް ފަރާތަށްވުރެ ގިނަ ފަރާތުން މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށްފިނަމަ، އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކާ މަޝްރޫއު ހަވާލުކުރާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.



މީގެއިތުރުން ހުޅުމާލޭ ފޭސް އެކެއްގައި ޑައިވް ސެންޓަރެއް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ވެސް މިއަދު ވަނީ ހުޅުވާލާފައެވެ.

އެޗްޑީސީން ބުނެފައިވަނީ މިމަޝްރޫއު ދޫކުރުމުގައި އިސްކަންދޭނީ ލޭންޑް ލީސް މޮޑެލްއަށެވެ. ނަމަވެސް، މި ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެއެވެ. އީއޯއައިގައި ޑައިވް ސެންޓަރުގައި ހިމަނާނެ އިކުއިޕްމަންޓްސްއާއި، ޑައިވް ސެންޓަރުގެ ކްލާސްތައް އަދި ޕެކޭޖްތަކުގެ ތަފްސީލު ހިމަނަންވާނެ އެވެ. އަދި އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށެވެ.

އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ހިމެނޭކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

މި މަޝްރޫއުތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީއޯއައި ހުށަހަޅަންވާނެއެވެ. އަދި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ނުވަތަ 1516 ނަންބަރަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު