އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޑޫ ސިޓީއަކީ ފަތުރުވެރިކަން ކާމިޔާބު ކުރުމަށް ބޭނުންވާ ހުރިހާ ސިފަތަކެއް ލިބިފައިވާ ސަރަހައްދެއް: އާދަމް ޝަރީފް

އައްޑޫ ސިޓީއަކީ ފަތުރުވެރިކަން ކާމިޔާބު ކުރުމަށް ބޭނުންވާ ހުރިހާ ސިފަތަކެއް ލިބިފައިވާ ސަރަހައްދެއް: އާދަމް ޝަރީފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

އައްޑޫ ސިޓީއަކީ ފަތުރުވެރިކަން ކާމިޔާބު ކުރުމަށް ބޭނުންވާ ހުރިހާ ސިފަތަކެއް ލިބިފައިވާ ސަރަހައްދެއްކަމަށް ސިޓީތަކާއި، އިދާރީތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން، އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް ހުރި ހުރަސްތަކާއި ދަތިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބާއްވާ "ޑެސްޓިނޭޝަން އައްޑޫ ސަމިޓް" ގައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި އައްޑޫ ސިޓީއަކީ ގުދުރަތީ ގޮތުންނާއި ތާރީޚީގޮތުން ވެސް ޚާއްޞަ ސިފަތަކެއް ލިބިފައިވާ ސަރަހައްދެކެވެ. "އެހެންތަންތަނުގައި ނެތް ޚާއްޞަ ސިފަތަކެއް އައްޑޫ ސިޓީގައި އެބަހުރި، ޚާއްޞަ ބަހުރުވައެއް އެބައޮތް، ބޭރުގެ އެކި ޤައުމުތަކާއި ގުޅުވާލައިގެން ކިޔާދެވޭނެ ވާހަކަތަކެއް އެބައޮތް، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމުގެ ފުރުސަތު އެބައޮތްކަމަށް ޤަބޫލުކުރެވޭ،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އައްޑޫ ސިޓީގެ ރައްޔިތުންނެވެ. "ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ރިސޯޓުތަކުގައިވެސް އެންމެ ގިނަވާނީ އައްޑޫ ސިޓީގެ ބޭފުޅުން، މިކަމަށް ބޭނުންވާ ސްކިލްސެޓް ވަރަށް ރަނގަޅަށް އައްޑޫ ސިޓީގައި އެބައޮތް," ވަޒީރު ވިދާޅުވިއެވެ.

އިންވެސްޓްމަންޓްގެ ދާއިރާއިން ވެސް އައްޑޫ ސިޓީ ކުރިއަރާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. "އައްޑޫގެ އެންމެ ރަށެއްގައި އެބަތިބި ރާއްޖޭގެ 14 ރިސޯޓުގެ އޯނަރުން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމާއި އެއްބާރުލުމެއް ސަރުކާރުން ދެއްވާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު