އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއެމްޕީއާރުސީއިން ޗައިނާގެ މާކެޓުގައި ޑެސްޓިނޭޝަން ޕްރެޒެންސް ވަރުގަދަކުރުމަށް ފްލިގީ އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމްއެމްޕީއާރުސީއިން ޗައިނާގެ މާކެޓުގައި ޑެސްޓިނޭޝަން ޕްރެޒެންސް ވަރުގަދަކުރުމަށް ފްލިގީ އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 43 ސިކުންތު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) ޗައިނާ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، ޑެސްޓިނޭޝަން ޕްރެޒެންސް ވަރުގަދަކުރުމަށް ގޮތުން އަލީބާބާ ކުންފުނީގެ ދަށުން ހިންގާ ޗައިނާގެ އެންމެ މަޝްހޫރު އެއް އޮންލައިން ޓްރެވަލް ޕްލެޓްފޯމް ކަމަށްވާ ފްލިގީއާ އެކީ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

ވިލާ ނޯޓިކާ ރިސޯޓުގައި އޮގަސްޓު މަހުގެ 18ގައި ބޭއްވި މި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ. ފްލިގީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ޓޮންގް ޓެންގް އެވެ. ފްލިގީ އާއި އެމްއެމްޕީއާރުސީއާ ދެމެދު ސޮއިކުރި މި މުހިންމު އެއްބަސްވުމުގެ ސަބަބުން ޗައިނާގެ މާކެޓުގައި ރާއްޖެ އަކީ އެންމެ މަޝްހޫރު މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް ދެމެހެއްޓުމަށް މަގުފަހިވާނެއެވެ.

"އަޅުގަނޑު ވަރަށް އިޚުލާޞްތެރިކަމާއެކު، ފްލިގީގެ ޕާޓްނަރޝިޕަށްޓަކައި، އަދި ހުރިހާ ސްޓޭކްހޯލްޑަރުންނަށް ޝުކުރު ދަންނަވަން. ޝައްކެއްނެތް ގޮތުގައި، އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކާމިޔާބު އަހަރަކަށް މިއަހަރު ވެގެންދާނެ."  އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.

ފްލިގީ އަކީ ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުމުގެ އިތުރުން، ޗުއްޓީ ހޭދަކުރަން ހިތްގައިމު ޤުދުރަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށް، މުހިއްމު މާކެޓެއްގެ ގޮތުގައި ރާއްޖޭގެ މާކެޓް ޕޮޒިޝަން ދެމެހެއްޓުމަށް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވާނެއެވެ.

ވިލާ ރިސޯޓްސްއާ ގުޅިގެން ވިޒިޓް މޯލްޑިވްސް އިން ބޭއްވި މި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ސަބަބުން ރާއްޖެއަކީ މައިސް ފަތުރުވެރިކަމަށް ވެސް ފުރުސަތުތަކެއް ހުރި މަންޒިލެއްކަން އެނގިގެންދާނެއެވެ. އެގޮތުން ވިޔަފާރި ބައްދަލުވުންތަކާއި ކޮންފަރެންސްތަކާއި ހަފްލާތައް ބޭއްވުމަށް އެންމެފުރިހަމަ މަންޒިލްގެ ގޮތުގައި ރާއްޖެ ދުނިޔެއަށް ދައްކާލެވޭނެއެވެ.

"ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި ޗައިނާ ރައްޔިތުންގެ ހިތުގައި ރާއްޖެއާ މެދު އޮތް ލޯތްބަށް ޝުކުރު އަދާކުރަން. މި ޕާޓްނާޝިޕަކީ މި ގުޅުން ހަރުދަނާކޮށް، ބިނާކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް" ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީއިން ދަނީ ދުނިޔޭގެ މުހިންމު ފަތުރުވެރިކަމުގެ މާކެޓުތަކުގެ ރާއްޖޭއާ މެދު ޝައުގުވެރިކަން ދެމެހެއްޓުމަށާއި މަޤުބޫލުކަން އިތުރުކުރުމަށް ކަމާބެހޭ ފަރާތްތަކާއި، ޕާޓްނަރުންނާއި ގުޅިގެން ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ މާކެޓް ރީޗް ފުޅާކޮށް، ފަތުރުވެރިކަމުގެ ސެގްމެންޓްތައް ޑައިވާސިފައިކޮށް، ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ފަރާތްތަކާއި ގުޅިގެން، ފަތުރުވެރިން ގެނައުމުގައި ކުރިއެރުންތަކެއް ހޯދުމެވެ. ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންނަށް އަބަދުވެސް ވަރަށް ހާއްސަ މަންޒިލެކެވެ.  ވިޒިޓް މޯލްޑިވްސް ގެ އަމާޒަކީ ރާއްޖެ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ދެމެހެއްޓުމާއި ސަނީ ސައިޑް އޮފް ލައިފްގެ އެންމެ ފަހުގެ ޚަބަރުތައް ޗައިނާގެ މާކެޓަށް ފޯރުކޮށްދިނުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު