އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައްލަކީ ތައްޔާރުކުރި ފަރާތް ނޭނގޭ ގޮތަށް ބަންދުކޮށްފަ ހުންނަ ކާބޯތަކެތި ވިއްކުން ހުއްޓުވުމާ ނުގަތުން! ޗެކްކުރުން ބޮޑުތަނުން ފޭލްވިތާ އެތައް އަހަރެއް!

ޙައްލަކީ ތައްޔާރުކުރި ފަރާތް ނޭނގޭ ގޮތަށް ބަންދުކޮށްފަ ހުންނަ ކާބޯތަކެތި ވިއްކުން ހުއްޓުވުމާ ނުގަތުން! ޗެކްކުރުން ބޮޑުތަނުން ފޭލްވިތާ އެތައް އަހަރެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

ކާބޯތަކެތި ތއްޔާރުކޮށް ބަންދުކޮށް ވިއްކުމުގެ ހުއްދަދެނީ ކަމާއިބެހޭ ސަރުކާރުގެ އިދާރާތަކުންނެވެ. އެކަމަށް ކަނޑައެޅިފައިވާ ޤަވާއިދުގައި އެއްޗަކާއި އަދި އެއްޗެއް ތައްޔާރުކުރި ފަރާތުގެ މަޢުލޫމާތު އެނގޭނެ ލޭބަލެއް އިނުން ޝަރުޠުކުރެއެވެ. އެެހންކަމަށްވާއިރު އެކަން ކުރޭތޯ ބަލަންޖެހޭ ފަރާތަކާއި ޤަވާއިދާއި ޚިލާފުވުމުން ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވެސް ވާނެކަން އެބަ އެނގެއެވެ. 

މާލޭގެ ކުދި ފިހާރަތަކުގައި ވިއްކަން ހުންނަ ކާބޯތަކެއްޗަށް ބައްލަވާށެވެ! ބަލާލާ ބެލުމަށް ވަރަށް ރީއްޗެވެ. ބަންދުކޮށް ރެޕްކޮށްފައިހުންނަނީ ކަސްޓަމަރުން ޝައުޤުވެރިވާނެ ގޮތަށެވެ! އެކަމަކު އެންމެ މުހިންމު ޝަރުޠު ފުރިހަމައެއް ނުވެއެވެ. ޤަވާޢިދުގައި ބުނާ ލޭބަލެއް ނުއިނދެއެވެ. އުފެއްދީ ކާކު ކޮންތަނެއްގައިކަން އެނގޭނެ ގޮތެއް ނުވެއެވެ. 

މިކަން ހިނގާ ގޮތަކީ މިކަމަކީ ޤަވާއިދާ ޚިލާފަށާއި އޯޕަންވިސާގައާއި އަދި އެނޫންވެސް ގޮތްގޮތަށް އުޅޭ ބިދޭސީންގެ ގިނަ ބައަކު ކުރާ މަސައްކަތެކެވެ. ގިނަ ފިހާރަތަކަކީވެސް ބިދޭސީންގެ ފިހާރަތަކެކެވެ. ފިހާރަތަކުގެ ސޭޓުންނަށް ތިބޭނީވެސް ބިދޭސީންނެވެ. އެމީހުންގެ އެކުވެރިން ގެންނަ ތަކެތި ވިއްކައިދެނީއެވެ. 

މިކަންކަން ބަލައި ޗެކުނުކުރެވޭތާ އެތައް އަހަރެއް ވެއްޖެއެވެ. ނަތީޖާއަކީ އެއީ ޢާންމު ވިޔަފާރިއަކަށްވީއެވެ. ކުރުން ހުއްދަ ކަމަކަށްވީއެވެ. މިވިޔަފާރި މިހައި ބޮޑަށް ކުރިއަރައި ފުޅައުވެގެން މިދިއައީ ތިމާމެން ކެއުމަށާއި ދަރިންނަށް ކާންދޭން އެފަދަ ތަކެތި ގަންނަ މީހުންވެސް އެކަމަށް ސަމާލުކަން ނުދޭތީއެވެ. ލޭބަލެއް އިންތޯ ބަލައި ނުލާތީއެވެ. 

މިފަދަ ވިޔަފާރިތައް މިހައި ބޮޑަށް ފުޅައުވެގެން މިދާ ދެވަނަ ސަބަބަކީ ދިވެހިންގެ ނަމުގައި ފިހާރަ ހުޅުވިނަމަވެސް ފިހާރައަކީ ދިވެއްސެއްގެ ފިހާރައަކަށްނުވާކަމެވެ. ފިހާރައިގެ ޙަޤީޤީ ވެރިފަރާތަކީ ކާކުކަން ޔަޤީން ކުރެވެނީ މަދުފިހާރައެއްގެ ކަމަށްވާތީއެވެ.

ދާދިފަހުން ހުޅުވި މޭވާއާއި ތަރުކާރީއާއި އެނޫންވެސް ކާބޯތަކެތި ވިއްކާ ފިހާރަ ހުރި ގޭގެ ވެރިފަރާތުން ބުނީ އޭނާ ފިހާރަ ކުއްޔަށް ދިނީ ދިވެއްސަކަށް ކަމަށެވެ. ނަމަވެސް ފިހާރަހުޅުވި ފަހުން ފިހާރަ ކުއްޔަށް ހިފި މީހާ ފިހާރައިން ނުފެންނަ ކަމަށެވެ. އަދި އޭނާ އާއި ބައްދަލުވެސް ނުވާކަމެވެ. 

އެފިހާރައިގައި މަޑުކޮށްލައިގެން ހުރީމެވެ. ކައުންޓަރުގައި އިނީ ބިދޭސީއެކެވެ. ކައުންޓަރު ކައިރީގައި ބޮސްހެދިގެން ހުރީ ބިދޭސީއެކެވެ. އިރުކޮޅަކުން ފިހާރައަށް ވަން ދޯޕައްޓާއެޅި އަންހެނަކު ރަށުބަހުން ކުރި ސުވާލުގެ ޖަވާބުގައި އެތަނުގައި ބޮސްހެދިގެން ހުރި މީހާ ބުނީ އެފިހާރައަކީ އޭނާ އަލަށް ހުޅުވި ފިހާރައެއް ކަމަށެވެ. (ކުރިން ހުޅުވާފައިވަނީ ކިތައް ފިހާރަކަމެއް ނުބުނެއެވެ.)

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް