އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީންވެރިކަމުގެ ގޮތުން ކުރިއަރަން ބޭނުންނަމަ އަޚްލާޤީ ގޮތުން ކުރިއަރާށެވެ!: އިޔާޟް

ދީންވެރިކަމުގެ ގޮތުން ކުރިއަރަން ބޭނުންނަމަ އަޚްލާޤީ ގޮތުން ކުރިއަރާށެވެ!: އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

"ދީންވެރިކަމަކީ ތިމާގެ ކިބައިގައިވާ އަޚްލާޤެވެ. މީހަކު ތިބާއަށްވުރެ އަޚްލާޤްގެ ގޮތުން ކުރިއަރައިފި ނަމަ އެމީހަކު އެވަނީ ދީންވެރިކަމުގެ ގޮތުން ތިބާއަށްވުރެ ކުރި ހޯދާފައިކަން ދަންނާށެވެ!" މިއީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ބަސްފުޅެކެވެ.

މިބަސްފުޅުގެ މާނައަށް ބަލައިފިނަމަ ދީންވެރިކަމުގައި ކުރިއަރައިދާނި އަޅުކަންކުރުމާއިއެކު ތިމާގެ ކިބައިގައި ހުންނަން ޖެހޭ ރިވެތި އަޚްލާޤް ވެސް ހުރެގެންނެވެ. އެހެނީ އިސްލާމް ދީނުގެ އެންމެ މުހިންމު އެއް އަސާސަކީ ރިވެކި އަޚްލާޤް ކަމުގައި ވާތީއެވެ.

މިސާލަކަށް ބައެއް މީހުން މިސްކިތަށް ދާން ގެއިން ނުކުންނަނީ އަނބިދަރިންނާއި ނުވަތަ މައިން ބަފައިންނާއި ޒުވާބު ކުރަމުންނެވެ. މައިންބަފައިންނަށް އެއްޗެތި ގޮވަމުންނެވެ. ވުޟޫ ކުރަން ބަލައިލާއިރު ފާޚާނާގައި މީހަކު އުޅުނު ނަމަވެސް ލަސްވެގެން އެއްޗެތި ގޮވަންވީއެވެ.

އަދި އެވަރަކުން ވެސް ނުފުދެއެވެ. މިސްކިތަށް ދާ މަގުމަތީގައި މީހުންނާއި އެބަ ޒުވާބުކުރެއެވެ. މިސްކިތުގައި މީހެއްގެ ކިބައިން ކުޑަ އުނދަގުލެއްވީނަމަވެސް ރުޅި އައިސް އެބަ އެއްޗެތި ގޮވައެވެ.

ކީރިތި ޤްރްއާން ކިޔާ އަޑު މާގަދަ ކަމަށްބުނެ ރުޅިއައިސް އެއްޗެތި ގޮވައެވެ. އެކި މީހުންގެ ކިޔެވުން ހުންނާނީ އެކިވަރަށެވެ. މީހަކު ތިމާއަށް އުނދަގޫވާވަރަށް ބާރަށް ކިޔަވާނަމަ އަޑުމަޑުކޮށްލް ދިނުމަށް ރިވެތި ގޮތުގައި އެދުމަކީ ކުރަން އޮތް ކަމެކެވެ.

ނަމަވެސް ފުރަތަމަވެސް އެމީހަކު ދެކެ ރުޅި އައިސް އެއްޗެތި ގޮވާ އުޞޫލުން ބަސްތައް ބުނެ ހެދުމަކީ އަޚްލާޤީ މިންގަނޑުން ބޭރުގައިވާ ކަމެކެވެ. ވީމާ ދީނީ ގޮތުން ކުރިއަރައިދާން އެދޭނަމަ އޮތީ އަޚްލާޤީ ގޮތުން ވެސް ކުރިއަރައި ދިއުމެވެ. ހަމަ އެކަނި އަޅުކަން ކުރުމުގައެއް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް މެއެވެ. ވަޒީފާ އަދާކުރުމުގެ މަސައްކަތްތަކުގައިވެސް މެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް