އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިޔަފާރީގެ ބޭނުމަށް ގޭގޭގައި ކާބޯތަކެތި އުފެއްދޭނީ އެގެއެއްގައި ދިރިއުޅޭ މީހުންނަށް އެކަނި!

ވިޔަފާރީގެ ބޭނުމަށް ގޭގޭގައި ކާބޯތަކެތި އުފެއްދޭނީ އެގެއެއްގައި ދިރިއުޅޭ މީހުންނަށް އެކަނި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު

ވިޔަފާރީގެ ބޭނުމަށް ގޭގޭގައި ކާބޯތަކެތި އުފެއްދޭނީ އެގެއެއްގައި ދިރިއުޅޭ މީހުންނަށް އެކަނި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އުސޫލުގައި ހިމަނައިފިއެވެ.

"އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި ޢަމަލުކުރަންވީ ގޮތުގެ މިންގަނޑު" އަދި "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމުގެ އުސޫލު" އެމްއެފްޑީއޭ ޕޯޓަލް އަދި ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި ޢާންމުކޮށްފައިވާއިރު ކާބޯތަކެތި އުފައްދާ ފަރާތްތަކުން ދަފްތަރުގައި ހިމެނުމަށްޓަކައި، އީފާސް މެދުވެރިކޮށް ކާބޯތަކެތި އުފައްދާ ތަނާއި އުފައްދާ ތަކެއްޗާ ބެހޭ މަޢުލޫމާތު އެމްއެފްޑީއޭގެ "ދިރިތި" ޕޯޓަލަށް ހުށަހަޅަންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، އެ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށް ތަންތަން ޗެކުކުރެވިދާނެ ކަމަށާއި، ހުށަހަޅަންޖެހޭ ޗެކްލިސްޓާއި އިޤްރާރުތައް އަހަރަކު އެއްފަހަރު އެމްއެފްޑީއޭއަށް ހުށަހަޅަންޖެހޭނެކަމަށްވެސް އައު އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ކާބޯތަކެތި އުފެއްދުމުގައި އަމަލު ކުރަން ޖެހޭ މިންގަނޑުތައް:

• ކާބޯތަކެތި ރައްކާކޮށް ބަހައްޓާފައި ހުންނަ އައިސްލަމާރި ޤަވާޢިދުން ސާފުކޮށް ބެލެހެއްޓުން

• ވަހާއ،ި ދުމާއ،ި ކުނި އަދި ގަދަ އަޑުގެ ސަބަބުން އާންމުންގެ ޞިއްޙަތަށް ނުރައްކާ ވެދާނެ ފަދަ މަސައްކަތަކަށް ނުވުން

• ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މުވައްޒަފުންނާއި މަސައްކަތު މީހުން ބޭނުން ނުކުރުން

• ކާބޯތަކެތި ތައްޔާރުކުރާ ވަގުތުތަކުގައި ކަމާ ނުގުޅޭ މީހުން ބަދިގެއަށް ނުވެއްދުން

• ކާބޯތަކެތި ވިއްކަން ބަހައްޓާއިރު، އެ ތަކެތި "ބަންދުކުރި ކާބޯތަކެތި ލޭބަލް ކުރުމުގެ ގައުމީ މިންގަޑު"ގައިވާ ގޮތަށް ލޭބަލް ކުރުން

• ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އުފައްދަން ގެންގުޅޭ ފަދަ ބޮޑެތި އާލާތްތައް ބޭނުން ނުކުރުން

• ކާބޯތަކެތި ތައްޔާރު ކުރެވޭނީ "ބޭސިކް ފުޑް ސޭފްޓީ ކޯސް" ނުވަތަ އެމްއެފްޑީއޭ އިން ހިންގާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށްގެން

• މެހ،ި ކުރަފ،ި ހޯނ،ު މީދ،ާ ފަދަ ދިރޭ ޖަނަވާރާއި ސޫފާސޫފިން ކާބޯތަކެތީގެ މަސައްކަތްކުރާތަން ރައްކާތެރިކުރުން އަދި އެފަދަ ތަކެތި އާލާނުވާގޮތަށް ތަންހުރުން

• މުއްދަތު ހަމަވާ ތާރީޚު 24 ގަޑިއިރަށްވުރެ އިތުރުނުވާ ކާބޯތަކެތީގެ ތެރެއިން ވަކި އުފެއްދުމެއްގައި ލޭބަލް ނުކުރެވޭފަދަ އުފެއްދުންތައް (ހެދިކާ) ވިއްކަން ބަހައްޓާއިރު، އެ ތަކެތި އަޅާފައިވާ ކޮންޓެއިނަރުގައި އުފެއްދި ތަނުގެ ނަމާއި ކާބޯތަކެތި ތައްޔާރު ކުރުމަށް ހުއްދަދޭ ފަރާތުން ތަނަށް ދޫކޮށްފައިވާ ރެޖިސްޓްރީ ނަންބަރު ލޭބަލްކުރުން

ކާބޯތަކެތި ތައްޔާރުކުރާ ބަދިގޭގައި ހުންނަންޖެހޭ ޝަރުތުތައް:

• ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ގެންގުޅޭ ތަކެތި އަބަދުވެސް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން
• އާމްދަނީ ހޯދުމުގެ ބޭނުމުގައި ކާބޯތަކެތި ތައްޔާރު ކުރުމަށް ވަކި ޚާއްސަ ގަޑިއެއް ކަނޑައަޅައެޅުން
• އަތް ދޮވުމާއި ހިފައިގެންގުޅޭ ސާމާނު ދޮވެ ސާފުކުރުމަށް ބޭނުންވާ އިންތިޒާމު ބަދިގޭގައި ހަމަޖެހިފައި ހުރުން
• ބޯން އެކަށީގެންވާ ފެން ލިބޭނެ ފެންއިސްކުރެއް ހަރުކޮށްފައިވާ ސިންކެއް ހުރުން
• ފިނިކުރި ކާބޯތަކެތީގެ ފިނިހޫނުމިން 5 ޑިގްރީ އަށް ވުރެ ދަށުގައި ބެހެއްޓުން
• ކާބޯތަކެތި ހޫނުކޮށް ބަހައްޓާނަމަ 60 ޑިގްރީ އަށް ވުރެ މަތީގައި ފިނިހޫނުމިން ދެމެހެއްޓުން
• ތެލި ތަށި އަދި ހިފާގެންގުޅޭ ސާމާނު ދޮންނަން ބޭނުންކުރާ ސްޕޮންޖު އަދި މިނޫންވެސް ސާފުކުރަން ބޭނުންކުރާ އާލާތްތައް ތަނުގައި ލިބެން ހުރުން އަދި ބޭނުންކުރަން ކަމުދާ ހާލަތުގައި މިތަކެތި ހުރުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު