އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާޅޭގައި ބަހުގެ ޚިދުމަތްދޭ ދޭން ފަށާ ގަޑި އަވަސްކުރަން ނިންމައިފި

މާޅޭގައި ބަހުގެ ޚިދުމަތްދޭ ދޭން ފަށާ ގަޑި އަވަސްކުރަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

މާލެ ސަރަހައްދުގެ 8 ރޫޓެއްގައި ބަހުގެ ޚިދުމަތް ފެށޭ ގަޑި އަވަސްކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

މިގޮތުން، ކުރިން ހެނދުނު 6:00 ގައި ފަށަމުންދިޔަ ބަހުގެ ޚިދުމަތް މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން  ފަތިހު 5:00 އަށް ބަދަލުކޮށްފައިވާކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.

ބަދަލު ގެނެވުނު ރޫޓުތަކުގެ ތެރޭގައި ވެސްޓްޕާކު އާކު އަދި ކަނިވާ ސަރަޙައްދުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސަށްދާ ބަސް ރޫޓާއި، ހުޅުމާލޭ ދެވަނަ ފިޔަވަހިން ފުރަތަމަ ފިޔަވައްސަށްދާ ހިޔާ ފްލެޓް ސަރަޙައްދުގެ ރޫޓު ހިމެނެއެވެ. މީގެ އިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހިން މާލޭ ވެސްޓްޕާކަށް އަދި ކާނިވާ ސަރަޙައްދަށްދާ ރޫޓާއި، ދަރުމަވަންތަ ހޮސްޕިޓަލު ހުޅަނގު ސަރަޙައްދު އޯކިޑް ރޫޓު، ރާޅުގަނޑު އަމީނީ ރޫޓު، އަދި އެމްޓީސީސީ ސޮމިލް ސޯސަން ރޫޓަށްވެސް މި ބަދަލު ގެނެވިފައިވެއެވެ.

މި ބަދަލު ގެނެވިފައިވަނީ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު