އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އަމިއްލަ މަސައްކަތުން އަމިއްލަ ފައިމައްޗަށް ތެދުނުވެވެނީސް މިލިއަނަރަކު ލިބުނަސް ކައިވެނި ނުކުރަން ނިންމި އަނެހަނަކު ހޯދި ބޮޑު ކާމިޔާބީގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: އަމިއްލަ މަސައްކަތުން އަމިއްލަ ފައިމައްޗަށް ތެދުނުވެވެނީސް މިލިއަނަރަކު ލިބުނަސް ކައިވެނި ނުކުރަން ނިންމި އަނެހަނަކު ހޯދި ބޮޑު ކާމިޔާބީގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 4 ސިކުންތު

އޭނާގެ ފިރިމީހާ ނިޔާވިއިރު ދަރިފުޅުގެ ޢުމުރަކީ 14 އަހަރެވެ. އެއީ އަންހެން ކުއްޖެކެވެ. މަންމަ ދަރިފުޅަށް ކިޔަވައިދީ މޮޅު ކުއްޖަކަށް ހެދީ ވަރަށް ބުރަމަސައްކަތުންނެވެ. ދަރިފުޅު ބޮޑުވުމުން އާދަކާދައިގެމަތިން ކައިވެނިކުރާނެ ފިރިހެނަކު މަންމަ ހޯދިއެވެ. އެއީ ވަރަށް ރަނގަޅު މުސާރަ ލިބޭ އިންޖޭނެރެކެވެ. ދެމައިންގެ ހުރިހާ ކަންކަން ބަލަހައްޓައިގެން ގެންގުޅެވޭވަރުގެ ތަނަވަސްކަން ހުރި މީހެކެވެ.  

ނަމަވެސް ދަރިފުޅު ކައިވެންޏަށް ކުރީ އިންކާރެވެ. ދަރިފުޅު ބުނީ އޭނާ ކިޔެވީ ފިރިމީހާގެ އަޅަކަށްވާން ނޫން ކަމަށެވެ. ބޭނުންވަނީ އަމިއްލަ މަސައްކަތުން ދިރިއުޅެން ކަމަށެވެ. މިވަގުތު އޭނާއަށް ލިބޭ މުސާރައިން ގޭގެ ޚަރަދުތައްކޮށް މަންމަގެ ބޭނުންތައްވެސް ފުއްދައިދެވޭތީ އެވަރުން ފުދޭކަމަށެވެ.  

މަންމަ ވަރަށް ރުޅިގަދަވިއެވެ. އެއީ ދިރިއުޅެންވީ ގޮތް ނޫން ކަމަށާއި އަންހެނުން އުޅެން އޮތީ ފިރިންގެ މަދަދުންކަމަށް ބުންޏެވެ. ދަރިފުޅު ބުނީ އަންހެނުންނަށް ކުރިއަށް ނުދެވިގެން މިއުޅެނީ ތިއަ ގޮތަށް ވިސްނާތީ ކަމަށެވެ. އަބަދުވެސް ވަރިކޮށްލައިފާނެކަމަށް ބިރުން ތިބެންޖެހުމަކީ އަޅުވެތިވުން ކަމަށާއި އަޅުވެތިވެގެން ތިއްބައިވެސް ވަރިކޮށްލާކަމަށެވެ. އެހިސާބުން ދެން ޖެހެނީ ނާށިގަނޑު ހިފައިގެން ނުކުންނަން ކަމަށެވެ.  

އެވަރުންވެސް ދަރިފުޅު ދެއްކި ވާހަކަތައް ޤަބޫލުނުކޮށް ކައިވެނިކުރަން ހޯދިމީހާ ގެއަށް ގެނެސް ތަޢާރަފްކުރުމުން ދަރިފުޅުބުންޏެވެ. "އަހަރެންގެ ފުރާނައަށްވުރެވެސް ލޯބިވާ މަންމާއެވެ. އަހަރެންނަށް މިރޭ މިޖެހެނީ ޙަޔާތުގައި ފުރަތަމަ ފަހަރަށް މަންމަ އާއި ދެކޮޅަށް ވާހަކަދައްކަން ކަމަށްވުމުން ވަރަށް ދެރަވެސްވެއެވެ. ނަމަވެސް އަހަރެން މިހާމަކުރަނީ އަހަރެންގެ ވިސްނުމެވެ.  

އަހަރެންނަކީ އެއްވެސް މީހަކަށް ދެމޫނު ދައްކަން ބޭނުންވާ މީހެއް ނޫނެވެ. އަހަރެން ކައިވެނިކުރާނެ މީހަކު ނިންމަން އަދި މާއަވަހެވެ. އަހަރެން ބޭނުންވަނީ އަމިއްލަ މަސައްކަތުން ދިރިއުޅެވޭވަރަށް އަހަރެން ކުރިއަރާށެވެ. އެހިސާބަށް ކުރިއަށް ނުދެވެނީސް ކައިވެނިކުރާކަށް ބޭނުމެއް ނޫނެވެ. އެދުވަހުން މަންމަ ދެއްކި މީހަކާއިވެސް ކައިވެނިކޮށްފާނަމެވެ. ނަމަވެސް އެމީހަކީ އަހަރެންގެ ވިސްނުމުގައި އަހަރެން ބަލައިގަންނާނެ މީހަކު ނަމައެވެ.  

ލޯބިވާ މަންމާއެވެ! މަންމަ ރާއްޖޭގެ ހުރިހާ މިލިއަނަރުން އަހަރެންގެ ކުރިމައްޗަށް ގެނަޔަސް ކައިވެންޏެއް ނުކުރާނަމެވެ! ފިރިހެނުންގެ ތަނަވަސްކަމަށް އަންހެނުން ބަރޯސާވި ދުވަސް ނިމިއްޖެއެވެ! މާޒީ އާއި އެކުވެގެން ހިނގައްޖެއެވެ. އެއީ މަންމަމެން ކުޑައިރު އޮތް ޘަޤާފަތެކެވެ. މިހާރު އެޘަޤާފަތަށް ޢަމަލުކޮށްގެން އުފާވެރި ދިރިއުޅުމެއް އެއްވެސް އަންހެނަކަށް ނުލިބޭނެއެވެ."

މަންމަ ވަރަށް ދެރަވިއެވެ. ވަރަށް ރުޅިގަދަވެސްވިއެވެ. ނަމަވެސް ދަރިފުޅު ހުރީ އެއްގޮތަކަށްވެސް ގޮތް ދޫކުރަން ނޫންކަމަށްވުމުން ފިރިހެން މީހާގެ ކިބައިން މާފަށް އެދުމުން އޭނާ ބުންޏެވެ. "މަންމާއެވެ! ދަރިފުޅު އެދައްކަނީ އެއްވެސް ވަރަކަށް ރުޅިއަންނަން ޖެހެންވީ ވާހަކައެއް ނޫނެވެ. ކަމުގެ ޙަޤީޤަތް އޮތްގޮތްކަން ޤަބޫލުކުރަމެވެ. އަހަރެމެންގެ މެދުގައި އެކުވެރިކަން ބާއްވާނީއެވެ. ފަހަރެއްގައި ހަމަ ފަހުން ކައިވެނިވެސް ކުރެވިދާނެ ނޫންހެއްޔެވެ؟ ވީމާ ދެރަވެ މާފަށް އެދެންވީ އެއްވެސް ކަމެއް މިތަނަކު ނުހިނގައެވެ."  

ކޮންމެއަކަސް ދަރިފުޅު ވަޒީފާއަދާކުރަމުން އޮންލައިން ވިޔަފާރިއެއް ފެށިއެވެ. ލިބޭ ހުސްވަގުތުތަކުގައި ކުރަންފެށި ވިޔަފާރި ކާމިޔާބުވެ ކުރިއަރަމުން އައިސް ރަނގަޅަށް ވައިގަހިފުމުން ވަޒީފާ ދޫކޮށްލައި އަމިއްލަ މަސައްކަތަށް އެނބުރުނެވެ. ގޭގައި އިނދެގެން ކުރަންފެށި ވިޔަފާރި ފުޅައުވެ ބޮޑު އޮފީހަކަށް ބޭނުންވުމުން ގޯތީގައި އޮތް ހުސްބިންކޮޅުގައި ކުޑަވަރެއްގެ ޢިމާރާތެއް އަޅައި އެތަނުގައި އޮފީހެއް ހުޅުވައި މުވައްޒިފުން ލައިގެން މަސައްކަތްކުރަން ފެށިއެވެ. މިއަދު އޭނާގެ އޮފީހުގައި ޑެލިވަރީކުރާ މުވައްޒިފުންގެ އިތުރުން 12 މުވައްޒިފުން މަސައްކަތްކުރެއެވެ.  

އެހިސާބަށް މަސައްކަތް ފުޅައުވުމުން ދަރިފުޅު މަންމަ ގާތުގައި ބުންޏެވެ. "ލޯބިވާ މަންމާއެވެ! ކައިވެނިކުރަންވީ ވަގުތު ޖެހިއްޖެއެވެ. ކައިވެނިކުރަން އަހަރެން ކުރިންވެސް ބުނި ޝަރުޠު ހަމަވާ މީހަކު ދައްކާށެވެ!" މަންމަ ވަރަށް ލަދުންހުރެ ޖަވާބުދިނެވެ. "ލޯބިވާ ދަރިފުޅާއެވެ! ތިއައީ ފިސާރި ހިތްވަރުގަދަ ޢަޒުމްވަރުގަދަ ދަރިއެއްކަން މަންމަގެ ލޮލަށް ދައްކައިފީމުއެވެ. ދަރިފުޅު ބޭނުންވާ މީހަކާއި ކައިވެނިކުރާށެވެ! މަންމަގެ އެއްވެސް މައްސަލައެއް ނެތެވެ."  

ދަރިފުޅު ކައިވެނިކުރަން ނިންމީ އޭނާގެ މުވައްޒިފަކާއިއެވެ. އެއީ އޭނާގެ ކިބައިގައި ހުރި ރަނގަޅު އަޚްލާޤީ ސިފަތަކާއި ތެދުވެރިކަމަށް ބަލައިފައެވެ. ގޮތް ނުއެނގޭ މީހަކާއި ކައިވެނިކޮށް މައްސަލަ ޖެހެން ބޭނުންނުވާތީއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ވާހަކައެއް ގޮތަށް މިގެނެސްދިނީ އަޅުގަނޑުގެ އަމިއްލަ ޙަޔާތުގައި ކަންކަން ހިނގައިދިއަ ގޮތެވެ. އެހެން ގޮތަކަށް ބުނާނަމަ އެދަރިފުޅެވެ. އަޅުގަނޑުގެ އެޖެންސީ އޮފީހެއް މިހާރުވެސް ޔޫއޭއީގައި އެބަހުއްޓެވެ. މަސައްކަތްކުރަމުން މިދަނީ މިއަހަރު ނިމުމުގެކުރިން މަންމަވެސް ގޮވައިގެން ދިރިއުޅުން ޔޫއޭއީއަށް ބަދަލުކުރުމަށެވެ.  

އަޅުގަނޑު މިވާހަކަތައް މިކިޔައިދިނީ ސަޅިބައިސާ ކަނޑާކަށް ނޫނެވެ. ހަމަ އަޅުގަނޑުފަދަ އެހެން އަންހެނުންނަށް އަމިއްލަ މަސައްކަތުން ކުރިއަށްދާން ހިތްވަރުދޭން ބޭނުންވާތީއެވެ. ހުރިހާ ކަމަކަށް ފިރިންނަށް ބަރޯސާވެގެން މިހާރު ދިރިއުޅެވެން ނެތްވާހަކަ ބުނެލާށެވެ. ފިރިންގެ އަޅަކަށްވެ އަބަދު ގުދަށް އޮތަސް ފޫކޮޅުގައި ސައްޕު ނުޖެހޭނީ އެއިރުންނެވެ.

 

ހާމީމު / މިއަދުނޫހުގެ ކިޔުންތެރިއެއް 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް