އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓާއި ބީޗް ސައިޑުން 16 ބިން ވިއްކުމަށް އެޗްޑީސީން ހުޅުވާލައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓާއި ބީޗް ސައިޑުން 16 ބިން ވިއްކުމަށް އެޗްޑީސީން ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓާއި ބީޗް ސައިޑުން 16 ބިން ވިއްކުމަށް ހުޅުވާލައިފިއެވެ. މިގޮތުން ބީޗް ފްރަންޓުން ވިއްކަނީ 1،095.98 އަކަފޫޓާއި 3،252.00 އަކަފޫޓާ ދެމެދުގެ ބިންތަކެވެ. އަދި ބީޗް ސައިޑުން ވިއްކަނީ 1،440.80 އަކަފޫޓާއި 3،380.00 އަކަފޫޓާ ދެމެދުގެ ބިންތަކެއްކަމަށް އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވެއެވެ.

މި ބިންތައް ގަތުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ހަމައެކަނި ދިވެހިންނަށެވެ. އެގޮތުން އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބީލަން ހުށަހެޅޭނެއެވެ. އަދި ކުންފުނިތަކަށް ބީލަން ހުށަހެޅޭނީ އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100% ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާނަމައެވެ.

ބިން ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަންޖެހޭނެއެވެ. ދެވަނަ މަރުހަލާގައި، އެއް ބިމަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ، ބިޑް ކުރުން ކުރިއަށް ގެންދެވޭނެއެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،500 ރުފިޔާއެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،000 ރުފިޔާއެވެ. އަދި ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅިދާނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މި ބިންތައް ވިއްކުމަށް ހުޅުވާލުމާއެކު، ހުޅުމާލޭގެ ތަރައްޤީއަށް އިތުރު ބާރެއް ލިބި، އާ ވިޔަފާރިތަކާއި ދިރިއުޅުމުގެ ފުރުޞަތުތައް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު