އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަނަކައިގެ މުސްތަޤްބަލަށް ބޮޑު ޔަޤީްކަމެއް! ޗެއާމަނަކށް އެސްޓީއޯގެ އެމްޑީ ޝިމާދު!

ފަނަކައިގެ މުސްތަޤްބަލަށް ބޮޑު ޔަޤީްކަމެއް! ޗެއާމަނަކށް އެސްޓީއޯގެ އެމްޑީ ޝިމާދު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ފެނަކަ ކޯޕަރޭޝަންގެ ޗެއަރމަނަކަށް އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް، ހަމަޖައްސަވައިފިއެވެ.

މިކަމާގުޅިގެން ފެނަކަ ކޯޕަރޭޝަނުން ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ ޝިމާދު އިބްރާހިމް، ފެނަކަ ކޯޕަރޭޝަންގެ ޗެއަރމަނަކަށް ހަމަޖައްސާފައިވާކަމަށެވެ.

ދިގު މުއްދަތެއް ވަންދެން ވިލާ ގްރޫޕުގައި މަސައްކަތްކުރައްވައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި އެސްޓީއޯ ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތްކުރެއްވުމަށާއި އެސްޓީއޯއަކީ ކާމިޔާބު ކުންފުންޏަކަށް ހެއްދެވުމަށް ހަރުދަނާ ދިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ޝިމާދު ފެނަކައިގެ ޗެއާމަންކަމުގެ މަޤާމަށް ހަމަޖެއްސެވުމަކީ ހުރިހާ ގޮތަކުންވެސް ފެނަކައަށް ބޮޑު ކުރިއެރުމަކާއި ޔަޤީްކަމެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެވެއެވެ.

ފެނަކަ ކޯޕަރޭޝަނަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރުމަށް ސަރުކާރުން  ނިންމަވާފައިވާއިރު އެކޯޕަރޭޝަންގެ ބޯޑަށް އިތުރު ދެމެންބަރަކުވެސް ވަނީ އައްޔަންކޮށްފައެވެ. މިދެ މެންބަރުންނަކީ އަޙްމަދު މާޒިންއާއި މުޙައްމަދު ނިޒާމެވެ. މި ދެ ބޭފުޅުންގެ ތެރެއިން މުޙައްމަދު ނިޒާމަކީ އެސްޓީއޯގެ ޗީފް ފައިނެންޝައަލް އޮފިސަރެވެ. އަދި އަޙްމަދު މާޒިންއަކީ މާލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރެކެވެ.

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް