އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން އަހަރީ ދުވަހާ ގުޅުވައިގެން ހައި ސްޕީޑް ލޯންޗެއް ދޭ ޕްރޮމޯޝަނެއް ފަށައިފި

ދިރާގުން އަހަރީ ދުވަހާ ގުޅުވައިގެން ހައި ސްޕީޑް ލޯންޗެއް ދޭ ޕްރޮމޯޝަނެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ދިރާގުން އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ހައި ސްޕީޑް ލޯންޗެއް ދިނުމަށް ނިންމައި ޚާއްޞަ ޕްރޮމޯޝަނެއް މިއަދު ލޯންޗުކޮށްފިއެވެ.

މިކަމާ ގުޅިގެން ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ބްރޭންޑް އެންޑް މާކެޓިން ކޮމިޔުނިކޭޝަންސްގެ ޑިރެކްޓަރ މިރުޝާން ޙަސަން ވިދާޅުވީ މިއަހަރުގެ ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން ޚާއްޞަ 2 ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

"މި ޕްރޮމޯޝަންގައި ކޮންމެ މަހަކު އިނާމްތަކެއް ލިބޭ ޕްރޮމޯޝަނަކާއި ބޮޑު އަގުގެ އިނާމެއް ލިބޭ ޕްރޮމޯޝަނެއްގައި ބައިވެރިވުމަށް މިހާރު ހުޅުވާލާފައިވާނެ,"," މިރުޝާން ވިދާޅުވިއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ދިރާގުގެ 400 ރުފިޔާއިން މަތީގެ ޕޯސްޓްޕެއިޑް ޕެކޭޖު ގެންގުޅޭ ކަސްޓަމަރުންނާއި ފައިބާ 40އެމް ޕެކޭޖުން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނަށާއި 400 ރުފިޔާއިން މަތިން ރީޗާޖުކުރާ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ. އަދި އަލަށް ދިރާގު ނެޓްވޯކާ ގުޅި މި އަގުތަކުން މަތީގެ ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށް ވެސް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

މިރުޝާން އިތުރަށް ވިދާޅުވީ، ޕްރޮމޯޝަންތައް ކުރިއަށްދާނީ ކުރިއަށް އޮތް 3 މަހު ކަމަށެވެ. އަދި އެންމެ ބޮޑު އަގުގެ އިނާމު ހުށަހެޅިފައިވާ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައިކަމަށް ވިދާޅުވިއެވެ.

ބޮޑު އަގުގެ އިނާމަކަށް ދިރާގުން ކަނޑައަޅާފައިވަނީ އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކޮށްފައިވާ، މަޖެލަން 32 ސްޕީޑް ބޯޓެކެވެ. މި ބޯޓުގައި 175 ހޯސްޕަވަރުގެ ޔަމަހާ 2 އިންޖީނު އަޅާފައި ހުންނާނެކަމަށް ދިރާގުން ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު