އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ ރައީސް ޑރ.މުޢިއްޒު ހުޅުވައިދެއްވައިފި

މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ ރައީސް ޑރ.މުޢިއްޒު ހުޅުވައިދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތަށް ފަހު ހުޅުވައިފިއެވެ.

މިއަދހު މި މިސްކިތާއި ސަހަރާ ހުޅުވައި ދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުހުރިޔާ އަދި މާލެ ސިޓީގެ ކުރީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރ، އާދަމް ޢާޒިމާއި ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި މިނިސްޓްރީ އޮފް ލޯކަލް ގަވަރމެންޓް އެންޑް ސިޓީސް މިނިސްޓަރ އާދަމް ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ. މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތުކުރުމަށް ބަންދުކުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މި މަސައްކަތް ކުރިޔަށް ގެންދިއުމުގައި ވަރަށް ގިނަ ގިންޖެހުންތަކެއް ކުރިމަތިވެފައި ވަނިކޮށް، މާލެސިޓީގެ މޭޔަރ އާދަމް ޢާޒިމް، މި މަސައްކަތް ނިންމެވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ފެއްޓެވީ، 2024 ޖެނުއަރީ މަހުގައެވެ. މި މަސައްކަތާ، ކުރިން ހަވާލުވި ދެ ކޮންޓަކްޓަރުންނަށް، ފައިސާ ދިން ނަމަވެސް މަސައްކަތް، އެދެވޭ ގޮތެއްގައި ކުރިޔަށް ނުދިއުމުގެ ސަބަބުން ކޮންޓެކްޓް ބާޠިލްކޮށް އާ ކޮންޓްރެކްޓަރަކާ މަސައްކަތް ޙަވާލުކުރެއްވިއެވެ.

މީގެ އިތުރުން މޭޔަރ އާދަމް ޢަޒިމްގެ އިސްނެގުވުމާއި، މަސައްކަތްޕުޅުން، ވަރަށް ގިނަ ފަރާތްތަކުގެ ދީލަތި އެހީފުޅުތައް، މި މަސައްކަތަށް ހޯއްދެވިއެވެ. މި ގޮތުން މި މަސައްކަތަށް އެހީ ދެއްވި ފަރާތްތަކަކީ، އެލިއާ އިންވެސްޓްމެންޓް، އެޕޯލޯ އިންވެސްޓްމެންޓް، ހައިމަން ކޮންސްޓްރަކްޝަން، ބީ6 ކޮންސްޓްރަކްޝަން، ޕްރޯ އޭސީ އިންޖިނިއަރިންއެވެ.

އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތަށް ފަހު، އަލުން ހުޅުވުމުން، މަލެ ސިޓީގެ، މާލެ އާއި ވިލިމާލޭގައި ނިޔާވާ މީހުންގެ ޖަނާޒާ ބޭއްވުމަށް، ހުޅުމާލެއަށް ގެންދިއުމަށް، އުފުލަން ޖެހުނު ތަކުލީފުތަކަށް ނިމުމެއް އަންނާނެއެވެ.

ރަސްމިއްޔާތަށްފަހު މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް މިއަދު މާލޭގައި މަރުވާމީހުން މިއަދުން ފެށިގެން ވަޅުލާނީ މާލޭ ސަހަރާ މިސްކިތުގައި ކަމަށެވެ. އަދި ހުޅުމާލޭގައި މަރުވާ މީހުން ވަޅުލާނީ ހުޅުމާލޭގައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ތަކްލީފްތަކަށް މިއަދުން ފެށިގެން ޙައްލު ލިބިގެންދާނެ ކަމަށެވެ. 

މާލޭ ސަހަރާ މިސްކިތައް އަލުން ބިނާކޮށްފައިވަނީ އަންހެނުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ފަސޭހައިން ނަމާދުކުރެވޭނެ ގޮތަށް އަންހެނުންނަށް ޚާއްޞަ ބައިތަކާއި އެކުގައެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު