އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވެބްސައިޓް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައުފިއެވެ. މި މައުރަޒަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން އަންނަ އަހަރުގެ މެއި މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތެކެވެ.
އައު ވެބްސައިޓް މެދުވެރިކޮށް މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން، މައުރަޒާ ގުޅޭ އެންމެހާ މަޢުލޫމާތު ވެސް މި ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި މައުރަޒުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ފުޅާކުރުމަށް މަގުފަހިކޮށްދިނުމެވެ.
ސަރުކާރުން މި މައުރަޒާ ގުޅޭ ގޮތުން ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއީ ދިވެހިންގެ އުފެއްދުންތެރިކަން ދުނިޔެއަށް ދެއްކުމުގެ މުހިންމު ފުރުޞަތެއް ކަމަށެވެ. މި މައުރަޒުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ތަމްސީލުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް ސަރުކާރުން އުންމީދުކުރައްވައެވެ.
މި މައުރަޒަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާނެ ހަރަކާތެއްގެ ގޮތުގައި ބެލެވެއެވެ. އަދި މި މައުރަޒުގެ ސަބަބުން ދިވެހި އުފެއްދުންތެރިންގެ ހުނަރާއި ޤާބިލުކަން އިތުރަށް ފާހަގަކުރެވި، އެ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް ބެލެވެއެވެ.
Advertisement
2 ނޮވެމްބަރ 2024