އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގެ އައިސީޔޫގަ އޮވެ ފަރުވާ ހޯދަމުން އަންނަ 7 އަހަރުގެ އަޒްޔާންގެ މަންމަ ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދި ކުރާއާދޭސް!

ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގެ އައިސީޔޫގަ އޮވެ ފަރުވާ ހޯދަމުން އަންނަ 7 އަހަރުގެ އަޒްޔާންގެ މަންމަ ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދި ކުރާއާދޭސް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 51 ސިކުންތު

އަޅުގަނޑު ޢާއިޝަތު ސުޒާނާއަކީ ޢުމުރުން 7 އަހަރުގެ ވަރަށް ބަލި ދަރިފުޅަކު ބަލަމުން އަންނަ އެކަނިވެރި މައަކީމެވެ.  

މީގެ 4 އަހަރު ކުރިން އަޅުގަނޑުގެ ދަރިފުޅު ބޮލުގަ އިން ޓިއުމަރ، އެކި ދުވަސްތަކަކަށް ބަހާލައިގެން ކަހަމުން އައީ ކީމޯތެރަޕީ އާއި ރޭޑިއޭޝަން ދީގެންނެވެ. މިހާރު ވަނީ ޓިއުމަރ ވަރަށް ކުޑަވެފައެވެ. ނަމަވެސް އަދިވެސް ނުނެގެއެވެ. ޓިއުމަރ އިންނަތަނުން ހަށިގަނޑުގަ ސޮޑިއަމް ( ލޮނު) އުފައްދައިނުދެއެވެ. އެހެންވެގެން ކޮންމެ ފަހަރަކުވެސް ޖެހެނީ، އޮޕަރޭޝަން އަކަށް ދިޔަސް، އެމް.އާރް.އައި އަކަށް ދިޔަސް ސޮޑިއަމް ގުޅައިގެން ނޫނީ ބޭސް ދީގެން ސޮޑިއަމް މަތިކުރާށެވެ! އެހެންވެގެން މިފަހަރުވެސް މި އެމް.އާރް.އައި ނުހެދި ގިނަ ދުވަސްތަކެއް ވީ ސޮޑިއަމް ދަށްވެގެންނެވެ.  

މިފަހަރު އައިފަހުންވެސް މަހަކަށްވުރެން ގިނަވެއްޖެއެވެ. އެމް.އާރް.އައި ހަދައިގެން ރިޕޯރޓް ބުނީ ޓިއުމަރ ވަށައިގެން ހެދޭ ވަޅުގަނޑަކަށް ފެން އެޅިގެން ލައްވާފަ އިން ހޮޅިން އެފެން ބޭރުނުވާތީ އޮޕަރޭޝަންއަކަށް ގޮސް ޖެހޭނީ ފެން ނަގަން ކަމަށެވެ. އަނެއްކާވެސް ސޮޑިއަމް އިތުރު ކޮށްގެން މިވަގުތު ވަނީ އޮޕަރޭޝަން ކުރެވިފައެވެ.

 

މިވަގުތު ދަރިފުޅު އަޒްޔާންގެ ހާލު އެހާ ރަނގަޅެއް ނޫނެވެ. ފަރުވާ ދެމުން ދަނީ އައި.ސީ.ޔޫ ގައެވެ. ބޮލުގަ މިގޮތަށް ފެން ގިނަވުމުގެ ސަބަބުން އަޒްޔާންގެ ކަނައަތު ފަޔާއި އަތް ހަރަކާތެއް ނުކުރެއެވެ. ނުވެސް ހިނގެއެވެ. ކޮޅަށްވެސް ނުހުރެވެއެވެ. ސޯޑިއަމް އިތުރަށް އެޅީމަ އަޒްޔާންގެ އެތެރެ ހަށި ހޫނުވެފަ މުޅި ހަޑިގަނޑު ބޭރަށްވެސް ހޫނު ހުރެއެވެ. އެކަމުގެ ސަބަބުން ނުވެސް ނިދި އޮންނަނީވެސް ރުޅިގަދަވެފައެވެ.  

ފަރުވާކުރަމުން މިއަންނަނީ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލުންނެވެ. އާސަންދަ ލިބެއެވެ. ނަމަވެސް ތިބުމާއި ކެއުންބުއިމާއި އެހެންވެސް ޚަރަދުތަކުގެ އިތުރުން އައިސީޔޫގައި ބޭނުންކުރާ ބައެއް ތަކެތިވެސް ގަންނަން ޖެހެނީ އަމިއްލައަށެވެ. ދަރިފުޅަށް ފަރުވާ ލިބި ރާއްޖެ ދެވޭނެ ދުވަހެއްވެސް އަދި ނޭނގެއެވެ. 

އަޅުގަނޑުމެން އައީ އެކިމީހުންގެ އެހީތެރިކަމާއިއެކު ލިބުނު 1000 ވަރަކަށް ޑޮލަރު ހިފައިގެންނެވެ. މިހާރުވެސް އެފައިށާކޮޅު ވަނީ ހުސްވެފައެވެ. އެހެންކަމުން އުޅެމުން މިގެންދަނީ ވަރަށް ދަތިޙާލުގައެވެ.  

އަޅުގަނޑުގެ އާދޭހަކީ ﷲ އަށްޓަކައި އަޅުގަނޑުގެ ކުޑަ ދަރިފުޅުގެ ފަރުވާއަށް އެބޭފުޅަކަށް ވެދެއްވެން އެހީއެއް ވެދެއްވުމެވެ.  

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ: ޢާއިޝަތު ސުޒާނާ (މަންމަ) ފޯން: 7853916 

އެކައުންޓް ނަމަބްރު:

7706462415101 Aishath suzaana

7730000000463   Aishath suzaana dollar

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް