އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޑރ. މުޢިއްޒު ހުރަވީ ދުވަހު ރައްޔިތުންނަށް ދެއްވީ މުހިންމު މެސެޖެއް!

ރައީސް ޑރ. މުޢިއްޒު ހުރަވީ ދުވަހު ރައްޔިތުންނަށް ދެއްވީ މުހިންމު މެސެޖެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

ހުރަވީ ދުވަހަކީ ޤައުމަށް އަމާނާތްތެރިވުމާއި ޤައުމަށް ޚިޔާނާތްތެރިވުމުގެ މިސާލު ފެންނަ ދުވަހެއްކަމަށާއި ހުރަވީ ދުވަހުގެ ބަޠަލް ދޮންބަންޑާރައިންގެ މަތިވެރި ޖިހާދާއި ރީތި އަޚްލާޤަކީ މިއަދު ލިބިގަންނަވި އެންމެ އަގުހުރި ފިލާވަޅުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ހުރަވީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްޕޯސްޓްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ދޮންބަންޑާރައިންނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގައި ނަމޫނާ ބަޠޮލެކެވެ. ރައްޔިތުން ތަކުރާރުކޮށް އެދުމުންވެސް ރަސްކަން ޤަބޫލުފުޅު ނުކުރައްވައި އެތައް އަހަރެއް ހޭދަކުރެއްވި ބަޠޮލެކެވެ. ރައްޔިތުންނަށްޓަކައި ހެޔޮވެރިކަމެއް ކޮށްދެއްވެމުގައި ނަމޫނާ ދެއްކެވި ބަޠޮލެކެވެ. ޤައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި ދުނިޔެ ސިހިގެންދާފަދަ ފިޔަވަޅުތައް އެޅުއްވެވި ބަޠޮލެކެވެ. 

ދެން އޮތީ ހުރަވީ ދަވަސް އަންނަން ޖެހުނު ސަބަބެވެ. އެއީ ޙަސަން ތާޖުއްދީންގެ ދެދަރިން ދިވެހި ޤައުމަށް ޣައްދާރުވެ އިންޑިއާގެ ބައަކަށް ރާއްޖެ ހިފުމަށް ދިން ދަޢުވަތެވެ. ހޮޅީން ހޮޡޅީން ރާއްޖެ ހިފަން އައީ އެ 2 ޣައްދާރުން ދިން ދަޢުވަތަށެވެ. އެކަމުގެ ނަތީޖާއަކަށްވީ ރާއްޖެއަޅުވެތިވުމެވެ. ރައްޔިތުން ނިކަމެތިވުމެވެ. 

ހިތާމައަކީ މިއަދުވެސް ހަމަ އެދަޢުވަތު އެގޮތަށް ދެވެމުން އަންނަ ކަމެވެ. ތަފާތީ އެދަޢުވަތަށް ކިޔާނަމެވެ. ކޮންމެ ނަމެއް ކިޔައިގެންވެސް ކުރަނީ އެއްކަމެވެ. މިއަދުވެސް އެކަން ކުރަނީ ހަމަ ޣައްދާރުންނެވެ. ﷲ ތަޢާލާއަށް ބިރުވެތި ކަމެއް ނެތް ޤައުމާއި ރައްޔިތުންގެ މައްޗަށް ރަޙުމެއް ހަމްދަރުޑީއެއް ނެތް އަމިއްލަ އެދުމުން ފުރިގެންތިބި މީހުންނެވެ. 

ޔާ ﷲ! ދޮންބަންޑާރައިން ފަދަ ޤައުމަށް ވަފާތެރި ރައްޔިތުން ދެކެ ލޯބިވާ ބައަކު ކަމުގައި އަޅަމެންގެ ވެރިން ލައްވަވާނދޭވެ! އެންމެހައި ޣައްދާރުންގެ ކިބައިން ދިވެހި ޤައުމާއި ރައްޔިތުން ދާއިމަށް ސަލާމަތްކޮށް ދެއްވަވާނދޭވެ! އާމީން

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު