އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑުފޮޅުދޫ ރައްޔިތުންގެ ކަންބޮޑުވުތަކާގުޅޭގޮތުން ރައީސް ޑރ.މުޢިއްޒު އާއި މަޝްވަރާކުރައްވައިފި

ބޮޑުފޮޅުދޫ ރައްޔިތުންގެ ކަންބޮޑުވުތަކާގުޅޭގޮތުން ރައީސް ޑރ.މުޢިއްޒު އާއި މަޝްވަރާކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލާއި ބައްދަލުކުރައްވައި ރަށުގެ ރައްޔިތުން ބޭނުންވާ އެންމެ މުހިންމުކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ އއ މަތިވެރި ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ބޮޑުފޮޅުދޫގެ ރައްޔިތުންނަށް ގެދޮރުގެ ދަތިކަން ހުރިކަން ފާހަގަކުރައްވާފައެވެ. އަދި ރަށުގެ ބަނދަރު ތަރައްޤީކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ސުކޫލުގެ ދަރިވަރުންގެ އަޚްލާޤު ރަނގަޅުކުރުމަށް ޓީޗަރުންނާއި ގުޅިގެން ކަންކަން ކުރެއްވުމަށް ބޭނުންވާކަމުގައި ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ބޮޑުފޮޅުދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ބައްލަވާނެކަމުގައެވެ. އަދި ހައުސިންގ މަޝްރޫޢުތަކަކީ މިއަންނަ އަހަރުގެ ބަޖެޓުގައި ވަރަށް އިސްކަމެއް ދެއްވާނެކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު