އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު
ޖަމާޢަތުގައި ނަމާދުކުރާއިރު މައުމޫމުގެ މަޤާމުގައި ހުންނަންވާނީ އިމާމް މީހާއަށް ކަމެއް މެދުވެރިވެއްޖެ ޙާލަތެއްގައި އިމާމްވެ ނަމާދުކުރެވޭނެ މީހެކެވެ. ވީމާ ގޮނޑީގައި އިނދެ ނަމާދުކުރާ މީހަކު އެ މަޤާމުގައި އިނދެގެންނުވާނެއެވެ. (އިމާމްގެ މަޤާމަށް ދާންޖެހިއްޖެނަމަ) ގޮނޑީގައި އިނދެ ނަމާދުކުރާ މީހެއްގެ ފަހަތުގައި ކޮޅަށް ތިބެ ނަމާދެއް ނުކުރެވޭނެއެވެ!
– ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މައުމޫމްގެ މަޤާމުގެ އިތުރުން މައުމޫންގެ ދެފަރާތުގައި (ޖެހިގެން) ތިބޭ ދެމީހުންނަކީވެސް ގޮނޑީގައި ނަމާދުކުރާ ބައަކަށް ނުވުމަށް ބައެއް ޢިލްމްވެރިން އިލްތިމާސް ކުރައްވައެވެ. ސަބަބެއް ކަމަށް ވިދާޅުވަނީ ކަންކަން މެދުވެރިވާ ގޮތަކުން އެދެމީހުންކުރެ މީހަކަށްވެސް އިމާމާގެ މަޤާމަށްދާންޖެހިދާނެ ކަމެވެ.
މައުމޫމުގެ މަޤާމަކީ ވަރަށް ޚާއްޞަ މަޤާމެކެވެ! އެމަޤާމުގައި ހުރެ ނަމާދުކުރާމީހާއަކީ އިމާމް މީހާއަށް ކުށެއްކުރެވިއްޖެނަމަ އެކަން އަންގައިދެވޭނެ މީހަކަށްވެސް ވާންޖެހޭނެއެވެ. އެހެންކަމުން އެ މަޤާމުގައި ހުންނަން ޖެހޭނީ ނަމާދުގެ ކަންކަން ވަރަށް ރަނގަޅަށް ދަންނަ އަދި ވަރަށް ފަރުވާތެރިކަމާއިއެކު ނަމާދުކުރާ މީހެކެވެ.
މިކަންކަމަށް ނުބަލައި މައުމޫމުގެ މަޤާމުގައި ހުރެގެން ނުވާނެއެވެ! ނަމާދަކީ ވަރަށް ބޮޑު ޒިންމާއެކެވެ. ޖަމާޢަތުގައި ނަމާދުކުރާ އެންމެންގެ ޙައްޤު ޙިމާޔަތްކުރުމަކީ އިމާމް އަށާއި މައުމޫމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
Advertisement
18 ޑިސެމްބަރ 2024