އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސީރިޔަސް ޙާލަތެއް ކުރިމަތިވެފައިވާ ޢުމުރުން 14 އަހަރުގެ މަރިޔަމް ޝާނީންގެ ބޭސްފަރުވާއަށް ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދި....

ސީރިޔަސް ޙާލަތެއް ކުރިމަތިވެފައިވާ ޢުމުރުން 14 އަހަރުގެ މަރިޔަމް ޝާނީންގެ ބޭސްފަރުވާއަށް ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދި....


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 45 ސިކުންތު

ގދ.ތިނަދޫ ނޫރަލިއާގެ މަރިޔަމް ޝަނީން މުހައްމަދު އަކީ ކުޑައިރުއްސުރެ ގިނަ އަދަދެއްގެ ކާއެއްޗެއްސާއި ބޭހަށް އެލާޖިކްވާ ކުއްޖެކެވެ. ތަދުކަނޑުވާ ބޭސް ހިމެނޭހެން ގިނަ ވައްތަރެއްގެ ބޭސް ބޭނުން ނުކުރެވޭތީ އެލާޖިކްވާ ހާލަތްތަކުގައި ދޭނެ ފަރުވާއެއް ނޭނގޭ ހާލަތުވެސް އާދެއެވެ. ކާންދިނުމުގައި ވެސް ވަރަށް ފަރުވާތެރިވާން ޖެހޭ ކަމަށާއި އެލާޖިކްވާ ގިނަ އެއްޗެހި ނޭގޭތީ ވަރަށް އުދަގޫ ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.

ޝަނީންގެ މަންނަ މަރިޔަމް މަނިކެ ބުނާގޮތުގައި އެންމެ ކުޑައިރުއްސުރެ ޝަނީން ބަލިވެ ހާލު ދެރަވެއެވެ. ބޮޑުވާ ވަރަކަށް ބަލި ބޮޑުވެ ކޮންމެ ފަހަރަކު އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހެއެވެ. ކުރިން އަބަދު ބަލިވެގެން ޑޮކްޓަރަށް ދެއްކިޔަސް އައިސީޔޫގައި ބާއްވަން ނުޖެހޭ ނަމަވެސް މިހާރަކަށް އައިސް ކުއްލިއަކަށް ހުރެފައި މުޅި މީހާ ދުޅަވެ ދެލޯވެސް ނުފެންނަ ވަރަށް މޫނުވެސް ދުޅަވެއެވެ. ނޭވާ ހާސްވެ ނޭވާ ނުލެވިގެން އައިސީޔޫގައި އެތައް ފަހަރަކު ވަނީ ފަރުވާދީފައެވެ. އެގޮތުން މަހެއްގެ މައްޗަށް އެތައް ފަހަރެއްގެ މަތިން އެލާޖިކްވެގެން ހާލު ސީރިޔަސްވެ އައިސީޔޫގައި ފަރުވާދޭންޖެހޭ ހާލަތުވެސް އާދެއެވެ. މީހާގެ މޫނުމަތި ދުޅަވެ ސިފަ ގެއްލޭ ހިސާބަށް މިހާރުވަނީ ގޮސްފައެވެ. އެހެންކަމުން ކިޔެވުމަށްވެސް އޭގެ އަސަރުކުރެއެވެ. 

"ކުއްލިއަކަށް ހުރެފައި މީހާ ދުޅަވާތަން ފެންނާނީ. ދުޅަވަމުންގޮސް ދެލޯވެސް ނުފެންނަ ވަރަށް ދުޅަވޭ އެ ކުޑަކުޑަ ކުއްޖާ. ވަރަށް ދެރަވޭ މަންޒަރު ފެނުނަސް. އިރުކޮޅަކުން ހާލުދެރަވެ ހޮސްޕިޓަލަށް ގެންދަން ޖެހޭ، ވަގުތުން އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ. ދެ ދުވަސް ތިން ދުވަސް އެގޮތަށް ހޮސްޕިޓަލުގައި އުޅެންޖެހުމުން ކުއްޖާގެ ކިޔެވުމަށްވެސް އަސަރުކުރޭ. ސްކޫލަށް ނުދެވި ފިލާވަޅު ނުލިބޭ." ޝަނީންގެ މަންމަ ބުންޏެވެ. 

ގިނަ ދުވަހު ބަލިވެގެން ސްކޫލަށް ނުދެވުމާއި ސްކޫލުގައި އިންދާ ހާލުދެރަވެ ހޮސްޕިޓަލަށް ގެންދަންޖެހޭ ދުވަސްތައް ދެއެވެ. ޑޮކްޓަރުން ބުނަނީ އެލާޖިކެއް ކަމަށެވެ. ބަޑުގައި ރިއްސުމާއި ބޮލުގައި ރިއްސުމުގެ އިތުރުން ނޭވާ ހާސްވެ ނޭވާ ނުލެވުމާއި މީހާ ދުޅަވުން އެއީ ޝަނީންއަށް އާންމު ކަމެކެވެ. ތަދުކަނޑުވާ ބޭސް ނުދެވޭތީ ޑޮކްޓަރުންވެސް ތިބެނީ ކަންބޮޑުވެފައެވެ.

"ތަދު ކަނޑުވާ ބޭހެއް ދެވެނީކީ ނޫން، ކޮންމެ ކޮންމެ އެއްޗެއް ކާން ދެވެނީކީ ނޫން. އާންމުކޮށް ކައިބޮއި އުޅޭ ގިނަ އެއްޗެއްސަށް އެލާޖިކުވޭ. ވަރަށް އުދަގޫވޭ އެހެންވާތީ. ކާންދޭންވީ އެއްޗެއްވެސް ނޭގެ. އަބަދުހެން ބަޑަށް ނޫނީ ބޮލަށް ނޫނީ ހަށިގަނޑުގެ އެހެން ގުނަވަނަކަށް ތަދުވާތީ އުޅޭ އެކަމަކު ކީއްކުރާނީ ތަދުކަނޑުވާން ކުރެވޭ އެއްވެސް ކަމެއްނެތް" މަރިޔަމް މަނިކެ ކިޔައިދިނެވެ. 

އާންމުކޮށް ކައި އުޅޭ ގިނަ ކކާއެއްޗިއްސަށް އެލާޖިކް ވާތީ ޝަނީންގެ ކެއިންބުއިން ބަހައްޓަންވީ ގޮތާމެދު އާއިލާއިން ކަންބޮޑުވެއެވެ. މި ބަލީގެ ސަބަބުން ކުއްޖާ ހެދިބޮޑުވުމަށް އަސަރުކޮށް ސިއްހީ ހާލަތުވެސް ރަނގަޅެއް ނޫނެވެ. މަހެއްގެ މައްޗަށް މަދުވެގެން ފަސް ފަހަރު ހާލު ދެރަވެގެން އެޑްމިޓްކުރަން ޖެހެއެވެ.

އެ އާއިލާއަކީ އެހާ ތަނަވަސް އާއިލާއަކަށް ނުވާތީ ކޮންމެ ފަހަރަކުވެސް ތިނަދޫ ހޮސްޕިޓަލުން ވަގުތީ ފަރުވާއެއް ހޯދަނީއެވެ. ދާއިމީ ފަރުވާއެއް ހޯދުމަށްޓަކައި ރާއްޖެއިން ބޭރަށް ދިޔުމަށް ޑޮކްޓަރުން ވަނީ އަންގާފައެވެ. އެހެންނަމަވެސް މާލީ ހާލަތު ދަށް ކަމުން އަދި ރާއްޖެއިން ބޭރަށް ދެވޭ ގޮތެއް ނުވެއެވެ.

ޝަމީންގެ މަންމަ ކިޔައިދިން ގޮތުގައި މީގެ ކުރިން ވެސް ބޭރަށް ދިއުމަށް ތައްޔާރުވިތަނާ ޝަނީން ވަރަށް ބޮޑަށް ބަލިވެ އޭޑިކޭގައި އެޑްމިޓްކޮށްގެން ފަރުވާދިނެވެ. އެހެންކަމުން އެ ފަހަރު ބޭރަށް ދިއުމަށް އެއްކުރި ފައިސާ ހަރަދުވީ އެ ހޮސްޕިޓަލަށް ކަމަށް ބުންޏެވެ.

މިހާ ގިނަ ދުވަސްވެގެންދިޔައިރުވެސް މި ބައްޔަށް އެއްވެސް ފަރުވާއެއް ލިބިފައިނުވެއެވެ. ރާއްޖެއިން ބޭރަށް ދިޔުމަށްޓަކައި އާސަންދަ ހަމަޖެހިވީ ނަމަވެސް އެހެން ހަރަދުތަކަށް ފައިސާ ދާނެތީ ޝަނީންގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދީލައި އެހީއެއް ބޭނުންވާ ކަމަށް މަރިޔަމް މަނިކެ ފާހަގަކުރިއެވެ.

ޝަނީންގެ ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:

ރުފިޔާ އެކައުންޓު ނަންބަރ: 7710413695101 މަރިޔަމް މަނިކެ (ޝަނީންގެ މަންމަ)

ޑޮލަރު އެކައުންޓް ނަންމަބަރު: 7730000558825 މަރިޔަމް މަނިކެ (ޝަނީންގެ މަންމަ)

އިތުރު މައުލޫމާތު ހޯދުމަށް ޝަނީންގެ މަންމަ މަރިޔަމް މަނިކެ 9781353 އަށް ގުޅުއްވާލެއްވުމަށްފަހު ދީލަތި އެހީއެއް ވެދެއްވާ!

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު