އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ.ޝަހީމް ސަޢީދު ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވައިފި

ޑރ.ޝަހީމް ސަޢީދު ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވައިފިއެވެ.

ޑރ ޝަހީމް ސަޢޫދީ އަށް ވަޑައިގެންނެވީ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ ތައުފީޤު ރަބީޢާގެ ދަޢުވަތަކަށެވެ.

މި ޒިޔާރަތުގެ ތެރޭގައި ރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު ކޮންމެ އަހަރަކުވެސް ޤާއިމު ކުރާ ޙައްޖު އެގްރީމެންޓްގައި ސޮއިކުރެއްވުމުގެ އިތުރުން ޙައްޖު މިނިސްޓަރ ޑރ ތައުފީޤު ރަބީޢާއާ ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން 1446 ވަނަ އަހަރު ޙައްޖު މިނިސްޓްރީއިން ބާއްވާ ޙައްޖު މައުރަޒުގައި ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. 

ޙައްޖުގެ އިންތިޒާމްތަށް ހަރުދަނާކުރުމަށްޓަކައި އިސްލާމީ ޤައުމުތަކާ ގުޅިގެން ސަޢޫދީ ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު