އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިލޭ ސާބަހަށް ޤުރުއާން ކުލާސް ހިންގުމަށް "މިސްކިތު ޤާރީ ކިލާސް" ފަށައިފި

ހިލޭ ސާބަހަށް ޤުރުއާން ކުލާސް ހިންގުމަށް "މިސްކިތު ޤާރީ ކިލާސް" ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން ހިންގާ ހިލޭ ސާބަހަށް ޤުރުއާން ކުލާސް ހިންގުމުގެ މަޝްރޫޢު ''މިސްކިތު ޤާރީ ކިލާސް''ގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ހިލޭ ސާބަހަށް ''މިސްކިތު ޤާރީ ކިލާސް'' ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި މިއީ މިސްކިތްތަކުގެ ދައުރު ފުޅާކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެއްކަމަށް އެމަނިކުފާނު ފާހަގަކުރެކުރެއްވިއެވެ.

"މި މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ. އަދި މިސްކިތްތަކުގެ ދޮރުތައް އަބަދުވެސް ހުންނާނީ މިފަދަ މަތިވެރި މަސައްކަތްތަކަށް ހުޅުވިފައި،" ވަޒީރު ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން، ކިޔަވަން އަންނަ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ރިވެތި ގޮތުގައި އެކުދިންނާ މުޢާމަލާތް ކުރުމަށް ވަޒީރު އެދިވަޑައިގަތެވެ.

"އެތަނަށް ކިޔަވަން އަންނަ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް މުދައްރިސުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ. އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދޭންވާނެ. އޯގާތެރިކަމާއެކު މުޢާމަލާތް ކުރަންވާނެ. ޖިސްމާނީ ނޫނީ ޖިންސީގޮތުން އަނިޔާ ލިބޭނެ އެއްވެސް މަގެއް ހުޅުވިގެން ނުވާނެ،" ވަޒީރު ޝަހީމް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރުއާން ކުލާސްތައް ހިންގުމަށް ވަނީ ރޭވިފައެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޤުރުއާން ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އަމާޒުކޮށްގެން ހިންގޭ މަޝްރޫޢެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު