އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވަފުދު މެލޭޝިޔާގައި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވަފުދު މެލޭޝިޔާގައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ދިވެހިރާއްޖޭގެ ޒަކާތުހައުސްގެ ވަފުދު މެލޭޝިޔާއަށް ކުރާ ދަތުރަކީ މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާބެހޭ އިދާރާގެ ވަޒީރު ޕްރޮފެސަރ ޑރ މުޙައްމަދު ނަޢީމް މުޚްތާރުގެ ދަޢުވަތަކަށް، އެއިދާރާގެ މެހްމާންދާރީގައި ކުރާ ދަތުރެކެވެ. 

މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ، ރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އުސްތާޛު ޢިއްޒައްދީން ޢަދުނާންއާ ބައްދަލުކުރައްވާފައެވެ. 

ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމުގެ އިތުރުން، ޒަކާތު ހައުސްގެ މުވައްޒަފުން ތަމްރީނުކުރުމަށް ވެސް އެހީތެރިވެ ދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. 

މެލޭޝިޔާއަކީ ޒަކާތުގެ އިދާރީ އެންމެ ހަރުދަނާ ނިޒާމު އޮންނަ އިސްލާމީ އެއް ޤައުމެވެ. އަދި ރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެެއް ޤާއިމުކުރުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއްކަމުގައި މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ އިދާރާއިން ދެކެއެވެ. ރާއްޖޭގެ ޒަކާތު ހައުސްގެ ވަފުދުން ވަނީ މެލޭޝިޔާގެ ޒަކާތު އޮފީސްތަކަށް ވަޑައިގެން ތަމްރީނު ހޯއްދަވާފައެވެ. ދިވެހިރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެއް ޤާއިމު ކޮށްދެއްވީ ރައީސުލް ޖުމުހޫރިއްޔާ ޑރ މުޢިއްޒު އެވެ. ޒަކާތު ހައުސް އިފްތިތާޙު ކޮށްދެއްވީ 18 ޑިސެންބަރު 2023 ގައެވެ.

- ޚަބަރު: އިސްލާމިކް މިނިސްޓްރީ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު