އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު
އެއީ ވަރަށް ވަރަށް ތަނަވަސް މީހެކެވެ. ދިރިއުޅެމުން އައީ އަނބިމީހާ އާއިއެކުގައެވެ. ކައިވެނިކޮށްގެން 2 އަހަރުވީފަހުން އަނބިމީހާއަށް ފިރިމީހާ އާއިމެދު ޝައްކުތަކެއް ކުރެވެން ފެށިއެވެ. ނަމަވެސް ޙަޤީޤަތް ހޯދަން ކުރެވޭނެ ކަމެއް ނެތުމުން ކެތްތެރިވެލައިގެން އިނީއެވެ.
އެއް ދުވަހެކެވެ. އަނބިމީހާގެ ދެބެއިންގެ ދެދަރި އަންހެން ކޮއްކޮއަކަށް ޒިޔާރަތްކޮށްލަން ދިއަ ދުވަހެކެވެ. އެއީ ކޮއްކޮއެއްގެ އިތުރުން އެންމެ ގާތް އެކުވެރިޔާވެސްމެއެވެ. ގެއަށް ދިއުމުން މަރުޙަބާ ކިޔެވެ. ބައްދައި އޮޅުލައިވެސް ހެދިއެވެ.
އެއިރު އެގޭގައި ފިރިމީހާ ހުރުމުން އަނބިމިހާއަށް ލިބުނު ޙައިރާންކަމުގައި ދެމީހުން ރައްޓެހިތޯ އާއި ކިހައި ދުވަހެއް ވެއްޖެތޯ ސުވާލުކުރިއެވެ. ކޮއްކޮ ބުނީ އެއީ އޭނާގެ ލޯބިވެރިޔާ ކަމަށާއި ގުޅިގެން އުޅޭތާ 2 އަހަރުވެއްޖެ ކަމަށެވެ. އަނބިމީހާއަށް ބުނެވުނެވެ. "އެހެންވީމާ އަހަރެންގެ ފިރިމީހާ އަހަރެމެން ދެބައިން ދެކެވެސް ލޯބިވަނީތާއެވެ!"
ކޮއްކޮ ދިއައީ ސިއްސައިގެންނެވެ. އެއީ ގުޅިގެން މިއުޅެވެނީ މީހެއްގެ ފިރިއަކާއިކަން ނުއެނގި އޮތުމުންނެވެ. އެހިސާބުން ފިރިމީހާ މަސައްކަތްކުރީ އޭނާ ލޯބިވަނީ އަނބިމީހާ ދެކެ ނޫން ކަމަށާއި ލޯބިވަނީ އަނބިމީހާގެ ކޮއްކޮ ދެކެކަން ހާމަކޮށްދޭށެވެ.
ކޮއްކޮގެ ޖަވާބު އެނގޭ ހެއްޔެވެ؟ "2 އަހަރުވަންދެން ދޮގާއި މަކަރު ހަދަމުން ތިއައައީ އަހަރެންދެކެ ލޯބިވާވަރުންހެއްޔެވެ؟ ތިއަވަރަށް ބޮޑަށް ލޯބިވާކަށް ނުވާނެއެވެ. އަހަރެން ޢުމުރަށް ސަލާމެވެ."
އެއީ ތަނަވަސްކަންހުރި އަންހެން ކުއްޖެއްވެސް ނޫނެވެ. ތަނަވަސް މީހާ މިލިއަނުން ޚަރަދުކުރަން ތައްޔާރަށް ހުރިކަން ހާމަކުރުމުންވެސް ދިނީ ހަމަ އެއް ޖަވާބެކެވެ. ފައިސާ ބަންޑެލިތައް ގެނެސް އޮއްސުމުންވެސް ދިނީ ހަމަ އެއް ޖަވާބެކެވެ. އެންމެ ފަހުން އޭނާއަށް ޖެހުނީ މަސްތުވާ ތަކެތީގެ އަޅަކަށްވެ އެންމެ ނިކަމެތި ޙާލުގައި އުޅެ ނިމިދާށެވެ.
މިޙާދިސާއިން ލިބޭ އެއް ފިލާވަޅަކީ ކިތަންމެ ތަނަވަސް މީހަކަށްވެސް ލޯބި ފައިސާއިން ގަނެ ނުލެވޭނެ ކަމެވެ. އަދި މަކަރާ ޙީލަތް ހަދާނަމަ ފަޅާއަރާނެ ދުވަހެއް އަންނާނެކަމާއި އެކަމަށް ކުރިމަތިލާންޖެހޭނެ ކަމެވެ. ހަމަ އެއާއިއެކު ބުއްދިވެރި އަންހެނުންނަކީ ކިތަންމެ ފަޤީރު ނަމަވެސް ބޭވަފާތެރިވާ މަކަރުވެރިންނަށް ފުރުޞަތުދޭން ބޭނުންވާނެ ބައެއް ނޫން ކަމެވެ.
މިއީ އަހުރެންގެ ކްލައިންޓަކަށް ކަންކަން ދިމާވި ގޮތުގެ ވާހަކައެވެ. މިލިއަނަރުންގެ ފެންވަރުގެ ތަނަވަސްކަން ހުރި އެކްލައިންޓް މަރުވީ އޯވަރޑޯޒްވެގެންނެވެ. ވީމާ އެބޮޑު ތަނަވަސްކަން ދޫކޮށްލައި އެންމެ ހިތްދަތި ގޮތުގައި ދުނިޔެއިން ވަކިވާން އޭނާއަށް އެޖެހުނީ ކޮންފަދަ ނިކަމެތި ޙާލެއްގައި ހެއްޔެވެ؟
ލޯބީގައިވެސް އަދި ދިރިއުޅުމުގައިވެސް ތެދުވެރިވާން އަބަދުވެސް ނަޞޭޙަތް މިދެނީ މިފަދަ ކަންކަން ތަކުރާރުކޮށް ތަޖުރިބާކުރެވެމުން އަންނާތީއެވެ!
- ޢިލްމްވެރިއެއްގެ ނަޞޭޙަތެއް
- ޢިބްރަތްތެރި ވާހަކަ
Advertisement
13 ޖެނުއަރީ 2025