އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު
ސްޓެލްކޯގެ ޓްރާންފަރަކަށް ގެއްލުންދީ ވައްކަންކުރަން އުޅުނު މީހުންގެ ތެރެއިން މީހަކު މިރޭ ސްޓެލްކޯގެ މުވައްޒިފަކަށް ދިން ޙަމަލާއަކީ އޭނާގެ ފުރާނައަށް ނުރައްކާވާފަދަ އަނިޔާއެއް ކަމަށާއި ވަގުން ކުރަމުން އެގެންދާ ކަންކަމަކީ އެތައް ސަތޭކަ ރައްޔިތުންގެ ފުރާނައަށް ނުރައްކާވާފަދަ ބޮޑު ޖަރީމާއެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ވިދާޅުވީ ވައްކަންކުރަން އުޅުނު މީހާ ހޫރާލި ބޮޑު ރެންޗް އޭނާގެ ބޮލުގައި ޖެހުނު ނަމަ ކޮންމެ ފަދަ ޙާލަތެއްވެސް ކުރިމަތިވެދާނެ ކަމަށެވެ. "މީގަ އޮތް އެންމެ ބޮޑު އެއް ނުރައްކަލަކީ ވައްކަންކުރަން އުޅުމުގެ ތެރޭގައި ނުބައި ސްވިޗަކަށް ޖެއްސިއްޖެނަމަ ބާރުގަދަ ކަރަންޓް ޑިސްޓރިބިޔުޓްވެ ގޭބިސީތަކަށް ފޯރުމުން އެތައް ސަތޭކަ ބައެއްގެ ފުރާނައަށްވެސް ނުރައްކާވެދާނެ" ކަމަށެވެ. އަދި އެއިރުން އެކަން ވެގެންދާނީ އެތައް ބައިވަރު ގޭބިސީތަކަށް ބޮޑެތި ގެއްލުންތައް ލިބުމުގެ އިތުރުން އެތައް ސަތޭކަ ބައެއްގެ ފުރާނައަށް ނުރައްކާވާފަދަ ކަމަކަށް ކަމަށެވެ.
އަޅުގަނޑުމެންގެ ސްޓާފް މެމްބަރަށް މިރޭ ދިން އަނިޔާވެރި ހަމަލާދޭން ބޮޑު ރެންޗެއް އެއްލައި ދިން ޙަމަލާގައި އޭނާގެ ބޮލުގައި ޖަހާފައިވާއިރު އެކަމަކީ އަނިޔާވި މުވައްޒިފަށް ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެ ފަދަ ޙަމަލާއެއް ކަމަށެވެ. އަދި މިޙަލާގައި ފުރާނަ ސަލާމަތްވެފައިއެވަނީވެސް ވަރަށް ހަނި ގޮތަކަށް ކަމަށެވެ. "އެހެންވެ އެ ހަމަލާ އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރިކުރަން!"
މިރޭ އަނިޔާލިބުނު މުވައްޒަފު ދެއްކި ހިތްވަރު ދެނެގަނެވޭނެ ކަމަށާއި، އަޅުގަނޑުމެންގެ ޓީމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް އަޅުގަނޑުމެން އެންމެ ސީރިއަސްކަމާއި އަޒުމާއެކު ހައްލުކުރާނެ ކަމުގެ ޔަޤީންކަން ސްޓެލްކޯގެ ހުރިހާ މުވައްޒިފުންނަށް ދެއްވާ ކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.
ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ތަންތަނަށް ދާދިފަހުން ދީފައިވާ 3 ގެއްލުމުގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ އަގު 3 މިލިއަން ރުފިޔާއަށްވުރެ މަތިވާނެ ކަމަށް އަންދާޒާކުރައްވާ ކަމަށެވެ. އަދި މިގެއްލުމަކީ ހަމަ ރައްޔިތުންނަށް ލިބޭ ގެއްލުމެއްކަންވެސް ފާހަގަކުރައްވާ ކަމަށެވެ.
Advertisement
14 ޖެނުއަރީ 2025